ފައިސާގެ އިނާމުތަކާއެކު މިފްކޯގެ ރޯދަ ޕްރޮމޯޝަން މިރޭ ފަށައިފި އެވެ.
"ފަސްމީރު ރޯދަ ޕްރޮމޯ 1444" ނަމުގައި ފެށި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.
ޕްރޮމޯޝަންގެ މުއްދަތުގައި މިފްކޯގެ ފިހާރަތަކުން 200ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރިން ޖުމުލަ 170،000ރ. ފައިސާގެ އިނާމު ލިބޭނެ އެވެ.
އިނާމުތައް
1 ވަނަ: 100،000ރ.
2 ވަނަ: 45،000ރ.
3 ވަނަ: 25000ރ.
ޕްރޮމޯޝަން ކުރިއަށް ދާނީ މާލޭ ސަރަހައްދުގައި ހުންނަ މިފްކޯގެ ފިހާރަތަކުގެ އިތުރުން އައްޑޫ، ކޫއްޑޫ އަދި ފެލިވަރުގެ ފިހާރައިގަ އެވެ.
މިފްކޯއިން މި ފަހަރު ވެސް ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ދެވޭނެ މަސްދަޅު ޕެކްތަކެއް ވަނީ ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ހަ ދަޅުގެ ޕެކާއި، 12 ދަޅުގެ ޕެކް ހިމެނެ އެވެ. މި ޕެކޭޖުތަކުގެ އިތުރުން 24 ދަޅު އަދި 48 ދަޅުގެ ކޭސް ރޯދަ ހަދިޔާގެ ގޮތުގައި ޑެލިވަރީކޮށްދޭނެ އެވެ.
"މަސް ފިހާރަތަކަށް ގުޅާލުމުން ރޯދައިގެ ތަހުނިޔާ އާއެކު ބޭނުން ފަރާތަކަށް މިފްކޯގެ އެކި ކަހަލަ މީރު މަސްދަޅު ހަދިޔާ ކުރެވިދާނެ އެވެ،" އެ ކުންފުނިން ބުންޏެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަ ސޭލްސް އެންޑް މާކެޓިން އަހްމަދު ޒާމް ވިދާޅުވީ ރޯދަ މަހަށް މިފްކޯގެ އުފެއްދުންތަކުގެ އަގަށް ބަދަލެއް ނުގެނެސް، މިހާރު ހުރި އަގުތަކުގައި ވިއްކަމުންދާނެ ކަމަށެވެ.











