އަލިފުށި ބަލިކޮށް އިނގުރައިދޫ އަތޮޅު ފައިނަލަށް

Feb 16, 2023, 6:41 AM
އިނގުރައިދޫ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިނގުރައިދޫ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުން ރ. އަލިފުށި އަތުން 3-0 އިން މޮޅުވެ، ރ. އިނގުރައިދޫ، އެ އަތޮޅު ފައިނަލުގެ ފުރަަތަމަ ޖާގަ ހޯދައިފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ރ. ދުވާފަރުން ވަނީ 5-1 އިން ރ. އިންނަމާދޫ ބަލިކޮށްފަ އެވެ. ލ. މާބައިދޫ އަތުން ލ. މާމެންދޫ 2-1 އިން ކުރިހޯދިއިރު، ލ. ކަލައިދޫ އަތުން ލ. އިސްދޫ ވަނީ 3-2 އިން މޮޅުވެފަ އެވެ. ހދ. ނޮޅިވަރަންފަރުން 5-0 އިން ހދ. ހިރިމަރަދޫ ބަލިކުރިއިރު، އެ ގްރޫޕްގެ އަނެއް މެޗުން ހދ. ނޭކުރެންދޫ އަތުން ނައިވާދޫ މޮޅުވީ 3-1 އިންނެވެ. ހދ. މަކުނުދޫ އަތުން 3-1 އިން މޮޅުވެ، ހދ. ކުމުންދޫން އަތޮޅު ސެމީ ފައިނަލުގެ ޖާގަ ހޯދިއިރު، ހދ. ވައިކަރަދޫ އަތުން ހދ. ފިނޭ މޮޅުވީ 5-3 އިންނެވެ.

ފަސް ޓީމު ވާދަކުރާ ރ. އަތޮޅުގެ ލީގު ބުރުގެ އެއް ވަނައިގައި އިނގުރައިދޫ އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ދުވާފަރު ހަ ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އަލިފުށްޓެވެ. އިންނަމާދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕްގައި އަދި ދުވާފަރާއި އިނގުރައިދޫގެ މެޗާއި ދުވާފަރާއި އަލިފުށި ކުޅޭ މެޗު ވެސް އެބައޮތެވެ.

ދުވާފަރު ޓީމުގެ މުހައްމަދު އިސާމް ރޭ ވަނީ އިންނަމާދޫ ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ. ދުވާފަރުގެ އަނެއް ދެ ގޯލު ޖެހީ އާދަމް އިލްޔަސައު އާއި މުހައްމަދު ނޫހު އިބްރާހިމް އެވެ. އިންނަމާދޫގެ ގޯލު ޖެހީ އިބްރާހިމް ޔާސީން އެވެ. އަލިފުށި ކޮޅަށް އިނގުރައިދޫގެ ގޯލުތައް ޖެހީ މުހައްމަދު މަމްދޫހު ދެ ގޯލާއި އަލީ ހާފިޒް (ހާއްޕެ) ގޯލެކެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް ހދ.ގެ ގްރޫޕް އެކަކުން ނޭކުރެންދޫ އާއި ނައިވާދޫ އަށް ވަނީ ސެމީން ފުރުސަތު ލިބިފަ އެެވެ. ރޭ ނައިވާދޫން ނޭކުރެންދޫ ބަލިކޮށް ގްރޫޕް ނިންމާލީ ތިން މެޗުން ވެސް މޮޅުވެގެންނެވެ. ނައިވާދޫގެ ގޯލުތައް ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ)، އިސްމާއިލް ވަހީދު އަދި މުހައްމަދު އަސްލަމް އެވެ. ނޭކުރެންދޫގެ ހަމައެކަނި ގޯލު ޖެހީ ޝިފާޒް އާދިލް (ތުއްތު) އެވެ. ނޮޅިވަރަންފަރުން ހިރިމަރަދޫ ބަލިކުރިއިރު، އެ މެޗުގައި ނޮޅިވަރަންފަރުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ މުހައްމަދު ސަމީހު ހަަސަން ފިޔާޒް އާއި އަބްދުﷲ ޝަފީއު ހާޝިމް އެވެ.

މާބައިދޫ އަތުން މޮޅުވެ، މާމެންދޫ ވަނީ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފަ އެވެ. މާމެންދޫގެ ލަނޑުތައް ޖެހީ ހުސެއިން އަޒުމަތު އެވެ. މާބައިދޫގެ ގޯލަކީ މާމެންދޫގެ އަހުމަދު ރައްޔާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox