ފުރަތަމަ ލެގުގައި ބަޔާނުން ޕީއެސްޖީ ބަލިކުރިއިރު، ޓޮޓެންހަމް އަތުން މިލާނަށް މޮޅެއް

Feb 14, 2023, 10:10 PM
ޕީއެސްޖީގެ މެސީ (ކ) އަތުން ބޯޅަ ހޯދަން ބަޔާންގެ ކޯމަން މަސައްކަތް ކުރަނީ.

ޕީއެސްޖީގެ މެސީ (ކ) އަތުން ބޯޅަ ހޯދަން ބަޔާންގެ ކޯމަން މަސައްކަތް ކުރަނީ.

ޕެރިސް (ފެބްރުއަރީ 15) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކުން ރަށުންބޭރުގައި 1-0 އިން ޕީއެސްޖީ ބަލިކުރިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އަތުން އަމިއްލަ ދަނޑުގައި ކުޅުނު އޭސީ މިލާނުން 1-0 އިން މޮޅުވެއްޖެ އެވެ.

މި ނަތީޖާތަކާ އެކު، ޕީއެސްޖީ އާއި މިލާނަށް ކުއާޓާގެ އުންމީދު އޮތީ ބޮޑުކޮށެވެ. އަންނަ މަހު އަށް ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ބަޔާނާއި މިލާނަށް ގަދަ އަށް ޓީމުގެ ތެރެއިން ފުރުސަތު ލިބޭނެ އެވެ. ޕީއެސްޖީ އާއި ޓޮޓެންހަމް އިން ޖެހޭނީ ނަތީޖާ އަނބުރާލަން މޮޅެއް ހޯދާށެވެ.

ޕީއެސްޖީ ދަނޑުގައި މިރޭ ކުޅުނު މެޗަށް އެ ޓީމުން ނެރުނު ފުރަތަމަ އެގާރައިގައި ވަނީ ލިއޮނަލް މެސީ އާއި ނޭމާ ހިމަނައިފަ އެވެ. ޕީއެސްޖީން ފެށީ ކީލިއަން އެމްބާޕޭ ބެންޗުގައި ބައިންދައިގެންނެވެ. މެޗު ފަށައިގެން ބަޔާން އިން ބޯޅަ ހިފަަހައްޓައިގެން ކުޅެވޭތޯ ބެލިއިރު، އެ ޓީމުގެ ކެޕްޓަން، ޔޯސުއާ ކިމިކް ޖެހި ބޯޅައެއް ޕީއެސްޖީ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

Advertisement

މެޗުގައި ބަޔާނުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 53 ވަނަ މިނިޓްގައި ކިންގްސްލީ ކޯމަން އެވެ. މިއީ އަލްފަންސޯ ޑޭވިސް ނެގި ހުރަހަކުން އޭރިއާތެރެއިން ކޯމަން އެއް ފަހަރުން ގޯލަށް ފޮނުވާލައިގެން ޖެހި ގޯލެެކެވެ. ކުރިން ޕީއެސްޖީ އަށް ކުޅުނު ކޯމަން މި ލަނޑު ޖެހުމަށް ފަހު އުފާފާޅެއް ނުކުރެ އެވެ. މީގެ ދެ އަހަރު ކުރިން، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ބަލިކުރަން ވެސް ބަޔާނުގެ ގޯލު ޖެހީ ކޯމަން އެވެ.

ލީޑުފުޅާކުރަން ބަޔާނަށް ލިބުނު ފުރުސަތުތައް އެ ޓީމުން ނަގާލިއިރު، ބެންޗުން އަރައި އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ލަނޑެއް ޖަހައިދީފަ އެވެ. ޕީއެސްޖީގެ ފުލްބެކް، ނޫނޯ މެންޑޭޒް ނަގައިިދިން ހުރަހަކުން އެމްބާޕޭ ޖެހި މި ގޯލު ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، އޮފްސަައިޑްވުމުންނެވެ. އޭގެ ފަހުން، މެންޑޭޒް ނެގި ހުރަހަކުން މެސީ ޖެހި ބޯޅައެއް ބަޔާންގެ ޑިފެންޑަރު، ބެންޖަމިން ޕަވާޑް ވަނީ ބްލޮކްކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި މެސީ އަށް ކުރި ފައުލަކަށް ޕަވާޑަށް ދެ ވަނަ ރީނދޫ ކާޑާ އެކު ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

މިލާންގެ ސަންސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ ހަތް ވަނަ މިނިޓްގައި ޒުވާން މިޑްފީލްޑަރު، ބްރާހިމް ޑިއާޒް އެވެ. ޓޮޓެންހަމް އޭރިއާތެެރެއިން ޑިއާޒް ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ފްރޭޒާ ފޮސްޓާ އަތުގައި ޖެހިފައި ގޯލު ރޮނގުމައްޗަށް އައި ވަގުތު ޑިއާޒް ވަނީ ބޮލުން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ޓޮޓެންހަމުން މި މެޗުގައި މިލާންގެ ޑިފެންސް ފޫއަޅުވާލައި، ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. ލީޑުފުޅާކުރެވޭ ވަރަށް މިލާނުން ވެސް ފުރުސަތު ހޯދި އެވެ. އެކަމަކު، ނަސީބުގެ އެހީ ވެސް ނުލިބި ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox