ލ. ގަމާއި ގދ. ހޯޑެއްދޫ އަށް ދެ ވަނަ މޮޅު

Feb 14, 2023, 4:23 AM
ލ. ގަން ޓީމުގެ އޮންލީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލ. ގަން ޓީމުގެ އޮންލީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ލ. ގަމާއި ގދ. ހޯޑެއްދޫން މުބާރާތުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ.

ފަސް ޓީމު ބައިވެރިވެފައިވާތީ، ލ. އަތޮޅާއި ގދ. އަތޮޅުގައި ކުރިއަށްދަނީ ލީގު އުސޫލުން ބުރެކެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ. ލ. އަތޮޅުން ރޭ ކުުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގަމުން ވަނީ ކަލައިދޫ އަތުން 6-1 އިން މޮޅުވެފަ އެވެ. އަދި ލ. މާބައިދޫ އަތުން އިސްދޫ މޮޅުވީ 3-0 އިންނެވެ. ގދ. އަތޮޅުގައި ރޭ ހޯޑެއްދޫން ވަނީ މަޑަވެލި އަތުން 3-1 އިން މޮޅުވެފަ އެވެ. ތިނަދޫ އަތުން ގައްދޫ މޮޅުވީ 2-1 އިންނެވެ.

ލ އަތޮޅުގެ ތާވަލަށް ބަލާއިރު، ގަން އެއް ވަަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިސްދޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މާބައިދޫ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ކަލައިދޫ އާއި މާމެންދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގައްދޫ ޓީމުގެ އާލިމް ރޭގެ މެޗުގައި ތިނަދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގދ. އަތޮޅުން ހޯޑެއްދޫ ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ވާދޫ އާއި ގައްދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މަޑަވެއްޔާއި ތިނަދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުން ގަމުގެ ގޯލުތައް ޖަހައިދިނީ ހުސެއިން ނާޝިދު (ނާއްޓޯ)، އަބްދުﷲ ޖުނައިދު (ޖެންނޭ)، ހުސެއިން ޝަރީފް (އޮންލީ)، ހުސެއިން އަޒުމީ، ޒައިދާން އަބްދުﷲގެ އިތުރުން ކަލައިދޫގެ މުހައްމަދު އަކުރަމް އަތުން ބައި ގޯލެކެވެ. ކަލައިދޫގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު އައްސަދު އެވެ. އިސްދޫން މާބައިދޫ ކޮޅަށް ގޯލުތައް ޖެހީ އަލީ ހުމޭޒް ދެ ގޯލާއި ހުސެއިން އަފްހާން އެވެ.

މަޑަވެލި އަތުން ހޯޑެއްދޫ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ ޓީމުގެ ކެޕްޓަން، އާދަމް ލަރީފް (ރޮނާ)، އަހުމަދު ޝާނިއު އަބްދުލް ގަނީ އަދި ސާއިން އަސްލަމް އެވެ. މި މެޗުގައި މަޑަވެލިން ޖެހި ގޯލަކީ ހޯޑެއްދޫގެ ސާއިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ފުރަތަމަ މެޗުގައި ވާދޫ އަތުން ބަލިވި ގައްދޫން މުބާރާތުގައި ފުރަތަމަ މޮޅު ހޯދި މެޗުގައި ތިނަދޫ ކޮޅަށް ދެ ގޯލު ޖެހީ އާލިމް އަބްދުލް އަޒީޒް އެވެ. ތިނަދޫގެ ހަމައެކަނި ގޯލު ޖެހީ ހުސެއިން ރަޝީދު އެވެ.

މިރޭގެ މެޗުތަކުގެ ޝެޑިއުލް:

20:00 - ބ. ފެހެންދޫ - ބ. އޭދަފުށި

20:00 - އއ. ފެރިދޫ - އއ. މަތިވެރި

21:00 - ބ. ކެންދޫ - ބ. ތުޅާދޫ

21:00 - އއ. ތޮއްޑޫ - އއ. ބޮޑުފޮޅުދޫ

22:00 - ގއ. ގެމަނަފުށި - ގއ. ވިލިނގިލި

22:00 - ގއ. މާމެންދޫ - ގއ. ދެއްވާދޫ

23:00 - ގއ. ނިލަންދޫ - ގއ. ކޮނޑޭ

23:00 - ގއ. ކަނޑުހުޅުދޫ - ގއ. ދާންދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox