ކުއާޓާގެ މެޗުތަކުން މޮޅުވެ ވަށަފަރާއި އުތީމާއި މުރައިދޫ އަދި ފިއްލަދޫ އަތޮޅު ސެމީ އަށް

Feb 13, 2023, 3:45 AM
އުތީމު ޓީމުގެ އައިހަމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުތީމު ޓީމުގެ އައިހަމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ހއ. އަތޮޅުގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ، ހއ. ވަށަފަރާއި އުތީމު، މުރައިދޫ އަދި ފިއްލަދޫން ސެމީ ފައިނަލްގެ ޖާގަތައް ޔަގީންކޮށްފި އެވެ.

ކުއާޓާ ފައިނަލްގައި ރޭ ކެލާ އަތުން މުރައިދޫ މޮޅުވީ ޕެނަލްޓީ ޖަހައިގެން 4-2 އިންނެވެ. ފިއްލަދޫން ވަނީ ބާރަށް އަތުން 1-0 އިން މޮޅުވެފަ އެވެ. ވަށަފަރުން މާރަންދޫ ބަލިކުރީ 4-2 އިންނެވެ. އަދި ދިއްދޫ އަތުން އުތީމު މޮޅުވީ 2-1 އިންނެވެ.

މި މަހު 17 ވަނަ ދުވަހު ކުޅޭ ހއ. އަތޮޅުގެ ސެމީގައި މުރައިދޫން ކުޅޭނީ ފިއްލަދޫއާ އެވެ. އަދި ވަށަފަރުން ނުކުންނާނީ އުތީމާ ދެކޮޅަށެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ މުރައިދޫ އާއި ކެލާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނުއިރު، މުރައިދޫން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވައްދާލައިފަ އެެވެ. ކެލާ އަށް ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުުރެވުނީ ދެ ޕެނަލްޓީ އެވެ. މުރައިދޫގެ އިޔާން އަހުމަދު ރަޝީދު، އައިރޫން އަހުމަދު ރަޝީދު، ހުސެއިން އިރުފާން އަލީ އަދި އުޝާމް އަބްދުﷲ ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް އެ ޓީމުގެ އަބްދުﷲ ސާލިމް ޖެހި ޕެނަލްޓީ ވީ ނާކާމިޔާބެވެ. ކެލާ ޓީމުގެ ކީޕަރު އަބްދުﷲ ޒިމާމާއި އަހުމަދު އިނާދުގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، އެ ޓީމުގެ އަހުމަދު އިނާދާއި އަލީ އިމާދު ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.

ވަށަފަރު ޓީމުގެ ސިނާން (ކ) މާރަންދޫ ޓީމުގެ ހަމްދޫން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބާރަށް ކައިރިން ފިއްލަދޫން ކުރިހޯދީ އެންމެ ގޯލަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ ފިއްލަދޫ ޓީމުގެ އަލީ ކާމިލް އެވެ.

ދިއްދޫން ވަނީ މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ފާއިގު އަހުމަދު ހުސްކޮށް އަރައި ޖެހި ގޯލަކުން ލީޑުނަގައިފަ އެވެ. އުތީމުން މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަަނަ ހާފުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖެހީ އަހުމަދު އައިހަމް ރަނގަޅު ވަގުތުގައި ބޯޅަ ފޮނުވާލައިގެންނެވެ. މެޗުގެ އިތުރު ވަގުތުގައި އުތީމު މޮޅުކޮށްދިން ގޯލު ޖެހީ ވެސް އައިހަމް އެވެ. އައިހަމް މި ގޯލު ޖެހީ ހިލޭ ޖެހުމަކުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވަށަފަރުން ވަނީ މިރޭ މާރަންދޫ ކައިރިން ފަހަތުން އަރައި ކާމިޔާބު ހޯދައިފަ އެވެ. މާރަންދޫގެ ސަމްހާން އަބްދުލް ރަހުމާން އާއި މުހައްމަދު ސާޖިދު ގޯލުތައް ޖެހިއިރު، ވަށަފަރު ކޮޅަށް ނަތީޖާ އެނބުރުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ އެ ޓީމުގެ ސާޖިދު ރަޝީދުގެ އެވެ. އޭނާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލު ޖެހީ އަބްދުﷲ ސިނާން އެވެ.

މުބާރާތުގައި މިރޭ ހުރި މެޗުތައް:

20:00 - ތ. ވޭމަންޑޫ - ތ. ހިރިލަންދޫ

20:00 - ގދ. މަޑަވެލި - ގދ. ހޯޑެއްދޫ

21:00 - ތ. ގާދިއްފުށި - ތ. އޮމަދޫ

21:00 - ގދ. ގައްދޫ - ގދ. ތިނަދޫ

22:00 - ލ. އިސްދޫ - ލ. މާބައިދޫ

22:00 - ލ. ގަން - ލ. ކަލައިދޫ

23:00 - އދ. ފެންފުށި - އދ. އޮމަދޫ

23:00 - އދ. ދަނގެތި - އދ. މާމިިގިލި

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox