އިންޑިއާގެ ސޯޝަލް މީޑިއާ އެޕެއްގައި ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް ބަހައްޓައިފި

"ސްލިކް" ގެ ސެކިއުރިޓީ އެއް ނެތް ޑޭޓާބޭސް ހޯދާފައިވަނީ ސައިބާ ސެކިއުރިޓީ ރިސާޗާ އަނުރަގް ސެން

"ސްލިކް" ގެ ސެކިއުރިޓީ އެއް ނެތް ޑޭޓާބޭސް ހޯދާފައިވަނީ ސައިބާ ސެކިއުރިޓީ ރިސާޗާ އަނުރަގް ސެން

އިންޑީއާގައި މަޝްހޫރުވަމުން އަންނަ މޯބައިލް އެޕްލިކޭޝަންއެއް ކަމަށްވާ "ސްލިކް" އިން ކުޑަކުދިން ހިމެނޭހެން، އެ އެޕް ބޭނުންކުރަމުން ދިޔަ މީހުންގެ ޒާތީ މައުލޫމާތު އާންމުކޮށް ފެންނަ ގޮތަށް ބަހައްޓައިފި އެވެ.

އެޕް ބޭނުންކުރަމުން ދިޔަ މީހުންގެ ފުރިހަމަ ނަމާއި، މޯބައިލް ނަންބަރާއި، އުފަންދުވަހުގެ އިތުރުން އެމީހުންގެ ފޮޓޯތައް ހިމެނޭ ޑޭޓާބޭސްއެއް ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް، އެޕް އުފެއްދި ފަރާތުން ވަނީ އިންޓަނެޓަށް ދޫކޮށްލައިފަ އެވެ. އެއްވެސް ސެކިއުރިޓީއެއް ނެތި މިގޮތަށް މި ޑޭޓާބޭސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހުރި ކަމަށް އިންޑީއާގެ ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ފަރާތެއް ކަމަށްވާ އާޗިޓް ނަންދާ އުފައްދާފައިވާ "ސްލިކް" ލޯންޗްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. މިއީ އެކަކު އަނެކަކަށް ތައުރީފު ކުރާ ގޮތަށް ޑިޒައިން ކުރެވިފައިވާ އެޕެކެވެ. މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކެއް ވަނީ އެމީހުންގެ ސްކޫލްގައި އުޅޭ ދަރިވަރުންނާއި ގާތް ރައްޓެހިނަށް ހިއްވަރު ދިނުމަށް އަދި ލިބިގަތުމަށް މި އެޕް ބޭނުންކުރަން ފަށާފަ އެވެ.

"ސްލިކް" ގެ ސެކިއުރިޓީ އެއް ނެތް ޑޭޓާބޭސް ހޯދާފައިވަނީ "ކްލައުޑްޑިފެންސް" ގެ ސައިބާ ސެކިއުރިޓީ ރިސާޗާ އަނުރަގް ސެން އެވެ. އޭނާ ވަނީ އެކަން އެނގުނު ހިސާބުން ޓެކްނޮލޮޖީ ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ "ޓެކް ކްރަންޗް" އަށް އެކަން ރިޕޯޓްކޮށްފަ އެވެ.

މި މައްސަލަ ފެންމަތިވި ވަގުތުގަ 153،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު "ސްލިކް" ގެ ޑޭޓާބޭސްގައި ހުރި އިރު، މީޑިއާތަކުން މި މައްސަލަ ރިޕޯޓްކުރަން ފެށި ފަހުން "ސްލިކް" އިން ވަނީ ޑޭޓާބޭސް ސެކުއާކޮށް އާންމުނަށް ނުފެންނަ ގޮތް ހަދައިފަ އެވެ.

މައްސަލަ ހޯދި ފަރާތުން ވަނީ އެކަން އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގެ ކޮމްޕިއުޓާ އެމަޖެންސީ ރެސްޕޮންސް ޓީމަށް ވެސް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox