ފުރަތަމަ އަޑުއެހުމަށްފަހު ދެ އަހަރު، ނިހާންގެ ޝަރީއަތް ފެށޭ ގޮތެއް އަދިވެސް ނުވޭ

ކުރީގެ މެންބަރު ނިހާން ޝަރީއަތުގެ މަޖިލީހުގައި؛ ނިހާނަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ މަރުހަލާ މިއަދު ވެސް ފެށޭ ގޮތެއް ނުވި

ކުރީގެ މެންބަރު ނިހާން ޝަރީއަތުގެ މަޖިލީހުގައި؛ ނިހާނަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ މަރުހަލާ މިއަދު ވެސް ފެށޭ ގޮތެއް ނުވި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ މަރުހަލާ ފެށުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ޝަރީއަތެއް ފެށޭ ގޮތެއް ނުވި އެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އިބްތިދާއީ މަރުހަލާގެ ފުރަތަމަ އަޑުއެހުން ބޭއްވީ މީގެ ދެ އަހަރު ކުރިން ފެބްރުއަރީ 11، 2021 ގަ އެވެ.

އިބްތިދާއީ މަރުހަލާއަކީ ޝަރީއަތް ފެށުމުގެ ކުރިން ކުރިއަށްދާ މަރުހަލާއެކެވެ. އެ މަރުހަލާގައި އޮންނާނީ ދައުވާ އިއްވުމާއި، ދައުވާއަށް ޖަވާބުދާރީވުމާއި، ހެކި ހާމަކުރުމާއި، ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅުމެއް އޮތް ނަމަ އެ ހުށަހެޅުންތަކަށް ފުރުސަތު ދިނުމެވެ.

Advertisement

އެ މަރުހަލާ ނިމިގެން މިއަދު ތާވަލުކުރީ އިފްތިތާހީ ބަޔާން އިއްވުމުގެ އަޑުއެހުމެކެވެ. އިފްތިތާހީ ބަޔާން ނުވަތަ އޯޕެނިން ސްޓޭޓްމަންޓަކީ، ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ހަސްމުން އިއްވާ ބަޔާނެކެވެ. މައިގަނޑު ގޮތެއްގައި ފާހަގަކުރާނީ ކޮންމެ ބަޔަކު ވެސް ޝަރީއަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްޓްރެޓެޖީ އެވެ.

ނަމަވެސް ހެއްކާ ބެހޭ އާ ގާނޫނަށް މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާތީ އާއި އެ ގާނޫނުގައި ހެކި ބަލައިގަތުމާ ގުޅޭ މާއްދާތަކެއް ހިމެނޭތީ، ނިހާންގެ ވަކީލު ހުސްނީ މުބާރަކު އެދިވަޑައިގަތީ ދައުލަތާއި ދިފާއުގެ ހެކި ލިސްޓު މުރާޖައާ ކުރުމަށް ފުރުސަތެއް ދިނުމަށެވެ.

ހެކި ލިސްޓު މުރާޖައާ ކުރުމަށް، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ފުރުސަތެއް ނުދެއްވި އެވެ. ގާޒީ ވިދާޅުވި ގޮތުގައި، އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކްރިމިނަލް ކޯޓުގައި އަމަލުކުރާ އިޖުރާއަތަކީ މައްސަލައެއް ކުރިއަށް އޮތް ހިސާބުން ކުރިއަށް ގޮސް، ފަހުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާއިރު އެ ގާނޫނަށް ރިއާޔަތްކޮށް ވާހަކަ ދައްކަން ކޮންމެ ހަސްމަކަށް ވެސް ފުރުސަތު ދިނުމެވެ.

ނިހާންގެ ވަކީލު ހުސްނީ ދެން އެދިވަޑައިގަތީ އިފްތިތާހީ ބަޔާނުގައި އެ ނުކުތާތައް ފާހަގަ ކުރެއްވުމުގެ ބޭނުމުގައި، އިފްތިތާހީ ބަޔާނަށް ތައްޔާރުވުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. އެ ކަމަށް ދައުލަތުގެ ފަރާތުން ވެސް އިއުތިރާޒު ނުކުރުން ގާޒީ ވަނީ ދިފާއަށް ހަތް ދުވަހުގެ އިތުރު ފުރުސަތެއް ދެއްވައިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތުގެ ފަށާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

ނިހާންގެ މައްޗަށް ދައުވާ އުފުލައި، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދި، ރިޝްވަތު ގަބޫލުކޮށްފައިވެ އެވެ.

އަދި، ނިހާނަށް ލިބިފައިވާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

އެ ދައުވާގައި ބުނަނީ އެމްއެމްޕީއާރްސީގެ ތެރޭ އަމިއްލަ ކުންފުނިތަކާއެކު ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓްގެ މައްސަލަ މާލިއްޔަތު ކޮމިޓީގައި އެޖެންޑާ ނުކޮށް ނިހާން ބޭއްވި ކަމަށެވެ. އެގޮތަށް ކަން ކޮށްފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މުގުލުގައި ހުރި އަހުމަދު އަދީބު އަންގައިގެން ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

އޭގެ ބަދަލުގައި ނިހާން ވަނީ އަދީބުގެ އަތުން އެއްލައްކަ ފަންސާސް ހާސް ޑޮލަރު ހޯދާފައި ކަމަށް ދައުވާގައި ވެ އެވެ. އެކަމާ ގުޅިގެން އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

އެ ފައިސާ, އެސްއޯއެފްގެ އެކައުންޓަކުން ޖަމާކޮށްފައިވަނީ ނިހާންގެ ބޭބެއެއް ކަމަށްވާ މުހައްމަދު އިނާން, ސިލޯން ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އަދި, އޭގެފަހުން އެ އެކައުންޓުން ޖޭ ހޮޓެލްސްގެ ނަމުގައި ހަބީބު ބޭންކްގައި އޮތް އެކައުންޓަކަށް އެ ފައިސާ ފޮނުވުމަށްފަހު, ޕްލެޓިނަމް އެޕާޓްމެންޓަށް ފައިސާ ދެއްކުމުގެ ގޮތުން އެ އެކައުންޓުން އެއް މިލިއަން ނުވަލައްކަ ރުފިޔާ ނިހާން ހަރަދުކޮށްފައި ވެ އެވެ.

މިކަމާ ގުޅިގެން ނިހާންގެ އެ އަމަލަކީ ފައިސާގެ އަސްލު އޮޅުވާލައި, ކަޅު ފައިސާ ދޮވުން ކަމަށް ތުހުމަތުކޮށް ކޮށްފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ރިޝްވަތަށް އެދުމުގެ ދައުވާގައި ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ހޮވުމުގެ ވޯޓާ ދިމާކޮށް ރޮލެކްސް ގަޑިއެއް ބޭނުންވާ ކަމަށް އަދީބު ގާތު ނިހާން ބުނެފައިވާ ކަމަށެވެ.

ފަހު ދެ ދައުވާ ކަމަށްވާ ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ނިހާންގެ މައްޗަށް އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދީބު އަތުން ނެގި ކަމަށް ބުނާ ހަ ލައްކަ ރުފިޔާއާ ގުޅޭ ގޮތުންނެވެ.

މި ދައުވާތަކަށް ނިހާން އިންކާރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެކަށް އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox