ޗެމްޕިއަން ތިމަރަފުށްޓަށް ބޮޑު މޮޅެއް، ވަށަފަރަށް ފުރިހަމަ ރެކޯޑެއް

Feb 11, 2023, 6:00 AM
ބުރުނީ ކުޅުންތެރިއަކު ކައިރިން ތިމަރަފުށީގެ ހަމްދާން (ވ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބުރުނީ ކުޅުންތެރިއަކު ކައިރިން ތިމަރަފުށީގެ ހަމްދާން (ވ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުން ދެ ފަަހަރުގެ ޗެމްޕިއަން، ތ. ތިމަރަފުށިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 8-1 އިން ތ. ބުރުނި ބަލިކޮށް ބޮޑު މޮޅެއް ހޯދިއިރު، ހއ. ވަށަފަރުން 2-1 އިން ހއ. އުތީމު ބަލިކޮށް، ގްރޫޕް ސްޓޭޖު ފުރިހަމަ ރެކޯޑަކާ އެކު ނިންމާލައިފި އެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގައި ނަތިޖާ އަށް ބަލާއިރު، ކ. މާފުށިން ވަނީ 2-1 އިން ކ. ހިންމަފުށި ބަލިކޮށްފަ އެވެ. ހއ. ކެލާ އިން 2-1 އިން ތުރާކުނު ބަލިކުރިއިރު، ހއ. މާރަންދޫން ވަނީ 3-2 އިން ހއ. ބާރަށްގެ މައްޗަށް ކުރިހޯދައިފަ އެވެ. ހއ. ހޯރަފުށްޓާއި ހއ. އިހަވަންދޫ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ހއ. ފިއްލަދޫން 3-2 އިން ހއ. ތަކަންދޫ ބަލިކުރިއިރު، ހއ. މުރައިދޫ އާއި ހއ. ދިއްދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ހއ. ގެ ތިން ގްރޫޕްގެ ކުޅުން ވަނީ ނިމިފަ އެވެ. ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމާއި ތިން ގްރޫޕްގެ ތިން ވަނަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ވެސް ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން ކުއާޓާގެ ޖާގަތައް ހޯދީ ކެލާ، މާރަންދޫ، ބާރަށް، ވަށަފަރު، އުތީމު، ދިއްދޫ، ފިއްލަދޫ އަދި މުރައިދޫ އެވެ.

ކުއާޓާގައި ކެލާ ކުޅޭނީ މުރައިދޫއާ އެވެ. ބާރަށުން ފިއްލަދޫއާ ކުޅެން ޖެހުނުއިރު، ވަށަފަރުން ނުކުންނާނީ މާރަންދޫއާ ދެކޮޅަށެވެ. އަދި ދިއްދޫ ބައްދަލުކުރަން ޖެހޭނީ އުތީމުއާ އެވެ.

ރެހެންދި ފުޓްސަލް ދެ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ތިމަރަފުށިން ބުރުނި ކޮޅަށް ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް ހަމްދާން ފަސް ލަނޑާއި އަލީ ސިފާއު (ރޮނާ) ދެ ގޯލާއި ޓީމުގެ ކެޕްޓަން އިބްރާހިމް ސިނާހު ގޯލެކެވެ. ބުރުނީގެ ހަަމައެކަނި ލަނޑު ޖެހީ މުހައްމަދު ސަލީމް އެވެ. ކ. އަތޮޅުގައި ރޭ ކުޅުނު މެޗުގައި މާފުށިން ހިންމަފުށި ކޮޅަށް ގޯލުތައް ޖެހީ ހަަސަން އިމްރާން އާއި ޒުލްކިފްލް ޒާހިރު އެވެ. ހިންމަފުށީގެ ގޯލު ޖެހީ އަހުމަދު ޖައިލަމް އެވެ.

ހއ. ކެލާގެ އައިހަމް (ވ) ކައިރިން ވަށަފަރުގެ ސާޖިދު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހއ. ކެލާއިން ތުރާކުުނު ބަލިކުރި މެޗުގައި ގޯލުތައް ޖެހީ އަހުމަދު އިނާދު އާއި އަލީ އިމާދު އެވެ. މާރަންދުން ބާރަށް ބަލިކުރި މެޗުގައި މާރަންދޫގެ ލަނޑުތައް ޖެހީ އަހުމަދު މުހައްމަދު، ސަމްހާން އަބްދުލް ރަހުމާން އަދި މުހައްމަދު ރަމީދު އެވެ. ބާރަށުގެ ލަނޑުތައް ޖެހީ ސަމްއާން އަބްދުލް ޝުކޫރު އަދި އަހުމަދު ފައިޒާން އެވެ.

ރޭ ވަށަފަރުން އުތީމު ކޮޅަށް އިބްރާހިމް ސަނޫން އާއި އަބްދުﷲ ސިނާން ގޯލުޖެހިއިރު، އުތީމުގެ ލަނޑު ޖެހީ އާދަމް އިޔާޒް އެވެ. މި ފަހަރުގެ މުބާރާތުން އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ކެޓީ މޮޅެއް ވެސް ނުލިބި އެވެ. ރޭގެ މެޗުގައި އިހަވަންދޫން ހޯރަފުށްޓާ އެއްވަރުވިއިރު، މި މެޗުގައި އިހަވަންދޫގެ ކެޕްޓަން، އިބްރާހިމް ހާމިދު ދެ ގޯލު ޖެހި އެވެ. ހޯރަފުށީގެ ލަނޑުތައް ޖެހީ އެ ޓީމުގެ ކެޕްޓަން، އަބްދުﷲ ޔާމީން (ޔާނު) އެވެ.

ފިއްލަދޫން 3-2 އިން ތަކަންދޫ ބަލިކުރިއިރު، މި މެޗުގައި ފިއްލަދޫގެ ލަނޑުތައް ޖަހައި އަލީ ކާމިލް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ތަކަންދޫގެ ގޯލުތައް ޖެހީ މުހައްމަދު ހަސަން އަހުމަދު އާއި މުހައްމަދު ސިމްހާން އެވެ. ދިއްދޫ އާއި މުރައިދޫ އެއްވަރުވިއިރު، ދިއްދޫގެ ގޯލުތައް ޖެހީ ހައިޝަމް ރަޝީދު އާއި އާދަމް ނަސީމް އެވެ. މުރައިދޫން ގޯލު ޖެހީ އިޔާން އަހުމަދު ރަޝީދު އާއި ހުސެއިން އިރުފާން އަލީ އެވެ.

މުބާރާތުގައި މިއަދު ހަވީރު ހަތަރު މެޗާއި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ.

މިއަދާއި މިރޭގެ މެޗުތަކުގެ ޝެޑިއުލް:

16:00 - ށ. މަރޮށި/ ށ. ކަނޑިތީމު

16:00 - އއ. ބޮނޑުފުޅަދޫ/ އއ. މަތިވެރި

17:00 - އއ. ރަސްދޫ/ އއ. ތޮއްޑޫ

17:00 - ށ. ބިލެތްފަހި/ ށ. މިލަންދޫ

20:00 - އދ. ފެންފުށި/ އދ. މަހިބަދޫ

20:00 - އދ. ދަނގެތި/ އދ. ހަންޏާމީދޫ

21:00 - ގއ. ދެއްވަދޫ/ ގއ. ވިލިނގިލި

21:00 - ގއ. ކޮނޑޭ/ ގއ. ދާންދޫ

22:00 - ގއ. މާމެންދޫ/ ގއ. ގެމަނަފުށި

22:00 - ގއ. ކަނޑުހުޅުދޫ/ ގއ.ނިލަންދޫ

23:00 - ރ. އަލިފުށި/ ރ. އިންނަމާދޫ

23:00 - ރ. އިނގުރައިދޫ/ ރ. މީދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox