ގާފަރާއި ދިއްފުށި އަތޮޅު ސެމީ އަށް، ނާލާފުއްޓާއި ކޮޅުފުށި މޮޅުވެއްޖެ

Feb 10, 2023, 4:46 PM
ގޯލު ޖެހުމަށް ފަހު ދިއްފުުށީގެ ޒައިން (ކ) އާއި މާޒިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގޯލު ޖެހުމަށް ފަހު ދިއްފުުށީގެ ޒައިން (ކ) އާއި މާޒިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެެލެންޖް 2023 ގައި ކ. ގާފަރާއި ކ. ދިއްފުށި ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، އެ އަތޮޅު ބުރުގެ ސެމީ ފައިނަލަށް ދިޔައިރު، މ. ނާލާފުއްޓާއި ކޮޅުފުށިން ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ފެށުން ރަނގަޅުކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ގާފަރުން ވަނީ 2-1 އިން ކ. ގުރައިދޫ ބަލިކޮށްފަ އެވެ. ދިއްފުށި އަތުން ކ. ތުލުސްދޫ ބަލިވީ 6-1 އިންނެވެ. ނާލާފުށިން 4-1 އިން މ. މުލަކު ބަލިކުރިއިރު، މ. ދިއްގަރުގެ މައްޗަށް ކޮޅުފުށިން ކުރިހޯދީ 3-2 އިންނެވެ.

ކ. އަތޮޅުގެ އެއް ވަނަ ގްރޫޕްގައި ހިމެނޭ ގާފަރާއި ދިއްފުށިން ފުރަތަމަ ދެ މެޗުން މޮޅުވެ، ދެ ޓީމު ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. މި ގްރޫޕްގައި ދެން އޮތް ދެ ޓީމު ކަމަށްވާ ތުލުސްދޫ އާއި ގުރައިދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މި ގްރޫޕްގައި ދެން އޮތީ ގާފަރާއި ދިއްފުށި ކުޅޭ މެޗާއި ތުލުސްދޫ އާއި ގުރައިދޫގެ މެޗެވެ. ގާފަރާއި ދިއްފުށި ކުޅޭ މެޗުން މި ގްރޫޕްގެ އެއް ވަަނަ ކަނޑައެޅޭނެ އެވެ.

ގާފަރު ޓީމުގެ މައްޓު (ވ) ގުރައިދޫ ކުޅުންތެރިއަކު ކައިރިން ނައްޓާފައިދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގާފަރުން މިއަދުގެ މެޗުގައި ލީޑުނެގީ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިބްރާހިމް ރިމާހު (ރިމޭ) ޖެހި ގޯލުންނެވެ. އޭރިއާބޭރުން ރިމޭ ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ގުރައިދޫން ވެސް ގޯލު ޖަހަން ފުރުސަތު ހޯދި މި މެޗުގެ ދެ ވަނަ ހާފުގައި ގާފަރަށް ލީޑުފުޅާކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ، އަލީ މާއިސް (މައްޓު) އެވެ. މިއީ ގުރައިދޫ ކުޅުންތެރިއަކު ކައިރިން ދެމިގަތުމަށް ފަހު، ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން މައްޓު ޖެހި ގޯލެކެވެ. ގާފަރުގެ ފަހަތުން ސަލާމަތްނުކުރެވި ދިޔަ ބޯޅައެއް ހޯދައި ގުރައިދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު މުސަފް އިބްރާހިމް އެވެ.

ދިއްފުށި ޓީމުން ތުލުސްދޫ ކޮޅަށް ގޯލުތައް ޖެހީ އަހުމަދު މާޒިން އާއި ރިލްވާން ރަޝީދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ޒައިން ޒަފަރު އަދި ޝައިހާން ފާއިޒް ގޯލެކެވެ. ތުލުސްދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ޝައިން ހަސަން އެވެ.

މަޑުއްވަރީ ކޮޅަށް ގޯލު ޖެހުމަށް ފަހު މުލަކުގެ ކުޅުންތެރިން އުފާފާޅުކުރަނީ: މުލަކުގެ މޫސާ (މ) ވަނީ މި މެޗުގައި ހެޓްރިކެއް ހަދައިފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މ. އަތޮޅު ގްރޫޕް އެކެއްގައި ނާލާފުށިން ވަނީ އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، މުލަކު އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ. މި މެޗުގައި ނާލާފުށީގެ ކެޕްޓަން، އަލީ އަޒުމީލް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އޭނާ ގިނަ ގޯލުތައް ޖެހި އޭރިއާބޭރުން ފޮނުވާލި ބާރު ހަމަލާތަކުންނެވެ.

މ. އަތޮޅުގެ އަނެއް ގްރޫޕްގައި މިއަދު ކުޅުނު މެޗުން ކޮޅުފުށި މޮޅުކޮށްދޭން މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެ ޓީމުގެ މޫސާ ޒާހިރު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މަޑުއްވަރީ ޓީމުގެ ލަނޑުތައް ޖެހީ އިރުފާން އާމިރު އެވެ.

މުބާރާތުގައި މިރޭ ވެސް އަށް މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox