ނޭކުރެންދޫން 11 ގޯލު ޖެހިއިރު، ގަމާއި ނައިވާދޫ އަށް މޮޅެއް

Feb 10, 2023, 5:38 AM
ނޭކުރެންދޫ ޓީމުގެ އަބާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނޭކުރެންދޫ ޓީމުގެ އަބާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުގައި ހދ. ނޭކުރެންދޫން 11-1 އިން ހދ. ހިރިމަރަދޫ ބަލިކުރިއިރު، ލ. ގަމުން 2-1 އިން ލ. މާމެންދޫ އަތުން މޮޅުވެއްޖެ އެވެ.

އަދި ރަނގަޅު ތައްޔާރީއަކާ އެކު މި މުބާރާތަށް ނުކުތް ނުކުތް ހދ. ނައިވާދޫން ވަނީ 3-1 އިން ހދ. ނޮޅިވަރަންފަރު ބަލިކޮށްފަ އެވެ. ހދ. ގެ އަނެއް ގްރޫޕްގައި ރޭ ވައިކަރަދޫ އަތުން މަކުނުދޫ ވަނީ 2-1 އިން މޮޅުވެފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ނެއްލައިދޫ ވަނީ 2-1 އިން ކުމުންދޫ ބަލިކޮށް ދެ ވަނަ މޮޅު ހޯދައިފަ އެވެ.

ލ. އަތޮޅުގައި ރޭ މާބައިދޫ އިން ވަނީ 2-1 އިން ކަލައިދޫ އަތުން މޮޅުވެފަ އެވެ. ގދ. އަތޮޅުގެ ދެ މެޗަށް ބަލާއިރު، ވާދޫ އިން ވަނީ 3-1 އިން ގައްދޫ ބަލިކޮށްފަ އެވެ. އަދި ތިނަދޫގެ މައްޗަށް ހޯޑެއްދޫ ކުރި ހޯދީ 2-1 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ނޭކުރެންދޫން ގޯލުތައް ޖެހީ ޓީމުގެ ކެޕްޓަން، މުހައްމަދު ވިލްފް ހެޓްރިކަކާއި ޝިފާޒް އާދިލް (ތުއްތު)، މުހައްމަދު އަބާން އިބްރާހިމް، މުހައްމަދު އަބްދުލް ކަރީމް ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން އަލީ ނިޝާން އަދި މުހައްމަދު ރާއިފް ފަޒީލް އެވެ. ދެ ވަަނަ ހާފުގައި ހިރިމަރަދޫގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ހަސަން ރިސްފާހު އެވެ.

ގަމުން ރޭ ލީޑުނެގީ އަލީ ޝާމިސް (ތޮއްޕޭ) ދިން ބޯޅައަކުން އަބްދުﷲ ޖުނައިދު (ޖެންނޭ) ޖެހި ގޯލުންނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގަމު ޓީމަށް ގެއްލުނު މި މެޗުގައި އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ހުސެއިން ނާޝިދު (ނާއްޓޯ) އެވެ. މިއީ ޖެންނޭ ދިން ބޯޅައަކުން ޖެހި ގޯލެކެވެ. މެޗުގެ ފަހު ކޮޅުގައި މާމެންދޫގެ ގޯލު ޖެހީ ހުސެއިން އަޒުމަތު އެވެ. ލ. އަތޮޅުގެ އަނެއް މެޗުގައި މާބައިދޫގެ އަހުމަދު ތޯހާ އާއި މުހައްމަދު ފައިޒަމް ވަނީ ކަލައިދޫ ކޮޅަށް ލަނޑު ޖަހައިފަ އެވެ. ކަލައިދޫގެ ލަނޑު ޖެހީ މުހައްމަދު އަކުރަމް އެވެ.

ނައިވާދޫ ޓީމުގެ ކެޕްޓަން ޔާންޓެ ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނޮޅިވަރަންފަރު ކޮޅަށް ނައިވާދޫ ޓީމުގެ ގޯލުތައް ޖެހީ ޓީމުގެ ކެޕްޓަން، ޔާމީން މުހައްމަދު (ޔާންޓެ) އާއި މެޗުގެ މޮޅު ކުޅުންތެރިޔާ އަބްދުﷲ ޝާފިއު (ޝާއްޕެ) ދެ ގޯލެވެ. މެޗުގެ ފަހު ހާފުގައި ނޮޅިވަރަންފަރުގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

ފުރަތަމަ މެޗުން މޮޅުވި ވައިކަރަދޫ އަތުން މަކުނުދޫ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ ނިހާން އަހުމަދާއި ޒިދާން އަހުމަދު އެވެ. ވައިކަރަދޫގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް އަގީލް އެވެ. ނެއްލައިދޫން ކުމުންދޫ ބަލިކުރިއިރު، ނެއްލައިދޫގެ ލަނޑުތައް ޖެހީ ހުސެއިން ހާފިޒް އާއި މުހައްމަދު ވިސާމް އެވެ. ކުމުންދޫގެ ލަނޑު ޖެހީ މަންސޫރު މުހައްމަދު އެވެ.

ގދ. އަތޮޅުގައި ރޭ ފޯރިގަދަ ދެ މެޗު ފެނުނުއިރު، ވާދޫން ގައްދޫ ބަލިކުރި މެޗުގައި ވާދޫގެ ލަނޑުތައް ޖެހީ ނަޝާހު އަހުމަދު (ނައްޓު)، މުހައްމަދު އިޔާދު އަލީ އަދި މުހައްމަދު ނާއިލް އެވެ. ގައްދޫ ޓީމުގެ ލަނޑު ޖެހީ އާލިމް އަބްދުލް އަޒީޒް އެވެ. ތިނަދޫގެ މައްޗަށް އާދަމް ލަރީފް (ރޮނާ)ގެ ކެޕްޓަންކަމުގައި ކުޅުނު ހޯޑެއްދޫ ކުރިހޯދިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ އަހުމަދު ނަވާލް ޖަމީލް އާއި އަހުމަދު ސާނިއު އަބްދުލް ގަނީ އެވެ. ތިނަދޫގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް ހުސެއިން އެވެ.

މުބާރާތުގައި މިއަދު ހަވީރު ހަތަރު މެޗާއި މިރޭ އަށް މެޗު ކުޅޭނެ އެވެ.

މިއަދާއި މިރޭގެ މެޗުތަކުގެ ޝެޑިއުލް:

16:00 - ކ. ގާފަރު/ ކ. ގުރައިދޫ

16:00 - ކ. ދިއްފުށި/ ކ. ތުލުސްދޫ

17:00 - މ. ނާލާފުށި/ މ. މުލަކު

17:00 - މ. މަޑުއްވަރީ/ މ. ކޮޅުފުށި

20:00 - ކ. ހިންމަފުށި/ ކ. މާފުށި

20:00 - ތ. ތިމަރަފުށި/ ތ. ބުރުނި

21:00 - ހއ. ކެލާ/ ހއ. ތުރާކުނު

21:00 - ހއ. މާރަންދޫ/ ހއ. ބާރަށް

22:00 - ހއ. ވަށަފަރު/ ހއ. އުތީމު

22:00 - ހއ. ހޯރަފުށި/ ހއ. އިހަވަންދޫ

23:00 - ހއ ފިއްލަދޫ/ ހއ. ތަކަންދޫ

23:00 - ހއ. ދިއްދޫ/ ހއ. މުރައިދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox