ރޮނާލްޑޯ، އަލް ނަސްރަށް ފުރަތަމަ ހެޓްރިކާ އެކު ކެރިއަރުގައި 500 ލީގު ގޯލު ހަމަކޮށްފި

Feb 9, 2023, 9:28 PM
ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.

މައްކާ، ސައުދީ އަރަބިއްޔާ (ފެބްރުއަރީ 10) - ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ އަލް-ވަހްދާ ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހަތަރު ގޯލުން އަލް ނަސްރު 4-0 އިން މޮޅުވިއިރު، ރޮނާލްޑޯ ކެރިއަރުގައި 500 ލީގު ގޯލު ހަމަކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު، 38 ވަނަ އުފަން ދުވަސް ފާހަގަކުރި ރޮނާލްޑޯ، ރޭގެ މެޗުގައި ޖެހި ހަތަރު ގޯލު ޖެހިއިރު، ސީނިއާ ކެރިއަރުގައި އޭނާ ކުޅުނު ލީގު މެޗުތަކުގައި ޖުމްލަ އެކު ވަނީ 503 ލީގު ގޯލު ޖަހައިފަ އެވެ. އެއީ ތަފާތު ފަސް ގައުމެއްގެ ފަސް ލީގުގަ އެވެ. އެންމެ ފުރަތަމަ ޕޯޗުގީސް ލީގާގައި ސްޕޯޓިން ލިޒްބަން އަށް ތިން ގޯލާއި ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑަށް 311 ގޯލާއި އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް 103 ގޯލާއި އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް 81 ގޯލުގެ އިތުރުން ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަސްރަށް ފަސް ގޯލެވެ.

އަލް ވަހްދާ ކޮޅަށް ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ: ސައުދީ ޕްރޯ ލީގުގައި ރޮނާލްޑޯ ވަނީ ހަތަރު މެޗުން ފަސް ގޯލު ޖަހާފައި.

މީގެ އެއް މަސް ކުރިން ދުނިޔާގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އަލް ނަސްރަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ އަށް ފުރަތަމަ އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އޭނާ އަންނަނީ އެ މާހައުލަށް ހޭނި މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅުކުރަމުންނެވެ.

މެޗުގެ 21 ވަނަ މިނިޓްގައި އޭރިއާތެރެއިން ރޮނާލްޑޯ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. ފުރަތަަމަ ހާފު ނިމުމުގެ ތެރެއިން އަލް ވަހްދާ އޭރިއާތެެރެއިން ލިބުނު ބޯޅަ ރޮނާލްޑޯ ވަނީ ގޯލުގެ ކައިރީ ކަނަށް ވައްދާލައިފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ ރޮނާލްޑޯ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. މިއީ އަލް ނަސްރަށް ބަދަލުވި ފަހުން ރޮނާލްޑޯގެ ދެ ވަނަ ޕެނަލްޓީ އެވެ.

އަލް-ވަހްދާގެ ޑިފެންސްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ރޮނާލްޑޯ ވަނީ މެޗުގެ 61 ވަނަ މިނިޓްގައި އޭނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު، އަލް ނަސްރު ސައުދީ ޕްރޯ ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އަލް ޝަބާބާ އެއްވަރަށް 37 ޕޮއިންޓް ހޯދައިގެންނެވެ. ސޯޅަ ޓީމު ކުޅޭ މި ލީގުގެ އެއް ވަނައިގައި އަލް ނަސްރު އޮތީ 16 މެޗު ކުޅެގެންނެވެ. އަލް ޝަބާބް ވަނީ 17 މެޗު ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox