ގޯލްޑަން ފުޓްސަލް ޗެލެންޖް: ވަށަފަރާއި ދިއްދޫ އަށް ދެ ވަނަ މޮޅު، ވައިކަރަދޫގެ ފެށުން ރަނގަޅު

Feb 8, 2023, 6:27 AM
ދިއްދޫ ޓީމުގެ ހައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިއްދޫ ޓީމުގެ ހައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ހއ. ވަށަވަރާއި ދިއްދޫން މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުން މޮޅުވެ، އަތޮޅު ބުރުގެ ނޮކައުޓަށް ދަތުރުކުރިއިރު، ހދ. ވައިކަރަދޫން ފުރަތަމަ މެޗުގައި ހދ. ނެއްލައިދޫ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ވަށަފަރުން ރޭ ވަނީ ހޯރަފުށި އަތުން 2-1 އިން މޮޅުވެފަ އެވެ. ދިއްދޫ އިން ވަނީ ފަހަތުން އަރައި، ފިއްލަދޫގެ މައްޗަށް 2-1 އިން ކުރިހޯދައިފަ އެވެ. ހއ. ތިން ގްރޫޕް އޮންނައިރު، ކޮންމެ ގްރޫޕަކުން ގަދަ ތިން ޓީމު ނޮކައުޓަށް ކޮލިފައިވާއިރު، ދިއްދޫ އާއި ވަށަފަރު މި ވަނީ ދެ މޮޅު ހޯދައި، އަނެއް ބުރަށް ދަތުރުކޮށްފަ އެވެ.

ހއ. ގެ ގްރޫޕް އެކެެއްގައި ރޭ މާރަންދޫ އަތުން ތުރާކުނު ވަނީ 3-2 އިން މޮޅުވެފަ އެވެ. މި ގްރޫޕްގައި ބާރަށާއި ކެލާ ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެެވެ. މި ގްރޫޕުން ކެލާ އާއި ބާރަށް ވެސް ވަނީ އަނެއް ބުރަށް ގޮސްފަ އެވެ. ހއ. ގެ ދެ ވަނަ ގްރޫޕްގައި ރޭ އުތީމުން ވަނީ 2-1 އިން އިހަވަންދޫ ބަލިކޮށްފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ހޯރަފުށި އަތުން ވަށަފަރު ވަނީ މޮޅުވެފަ އެވެ. ވަށަފަރާއި އުތީމަށް ވަނީ ދެ ވަނަ ބުރުން ފުރުސަތު ލިބިފަ އެވެ. އަނެއް ޖާގަ އަށް ވާދަކުރަނީ އިހަވަންދޫ އާއި ހޯރަފުށި އެވެ.

ހއ.ގެ ތިން ވަނަ ގްރޫޕްގައި ދިއްދޫ އިން ފިއްލަދޫ ބަލިކުރިއިރު، ތަކަންދޫ އަތުން މުރައިދޫ ވަނީ 2-1 އިން މޮޅުވެފަ އެވެ.

ވައިކަރަދޫ ޓީމުގެ އަގީލް (ވ) ރޭގެ މެޗުގެ ތެރެއިން ގޯލަށް ބޯޅައެއް ފޮނުވާލަނީ---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭ ކުޅުނު ހދ. ގެ ގްރޫޕް ދޭއްގެ މެޗުން ނެއްލައިދޫ އަތުން ވައިކަރަދޫ މޮޅުވެ، ފެށުން ރަނގަޅުކުރިއިރު، ފިނޭ އިން ވަނީ 2-1 އިން މަކުނުދޫ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފަ އެވެ. ފިނޭ ވަނީ ފުރަތަމަ މެޗުން ކުމުންދޫ އަތުން ބަލިވެފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ވައިކަަރަދޫގެ ދެ ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް އަގީލް އެވެ. އަގީލް ފުރަތަމަ ލަނޑު ޖެހީ އޭރިއާބޭރުން ގޯލުގެ ތިރީ ކަަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގައި ފަސް ފައުލު ހަމަވެގެން ލިބުނު ދުރު ޕެނަލްޓީ އަކުންނެވެ. ނެއްލައިދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ސާވިން އެވެ.

ފިނޭގެ ގޯލުތައް ރޭ ޖެހީ އަހުމަދު އަފްރާހު އެވެ. މަކުނުދޫގެ ހަމައެކަނި ގޯލު ޖެހީ ޝައިހާން އަހުމަދު އެވެ.

ފޯރިގަދަ މެޗެއް ފެނުނުއިރު، ވަށަފަރުން ހޯރަފުށި ކައިރިން ލީޑުނެގީ ސާޖިދު ރަޝީދު ޖެހި ޕެނަލްޓީންނެެވެ. މިއީ އޭރިއާތެރެއިން ހޯރަފުށި ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އަކުން ސާޖިދު ޖެހި ގޯލެކެވެ. ހޯރަފުށްޓަށް އެއްވަރުކޮށްދިނީ އަލީ ޒިޔާދު މުހައްމަދު އެވެ. ހޯރަފުށީގެ ކީޕަރު ހަސަން އަލީފް ހެދި ގޯހެއްގެ ފައިދާނަގައި ވަށަފަރު މޮޅުކޮށްދިން ގޯލު ޖެހީ އަބްދުﷲ ސިނާން އެވެ. އެ ގްރޫޕްގައި ރޭ އިހަވަންދޫ ދެ ވަނަ މެޗުން ވެސް ބަލިވިއިރު، އެ ޓީމު ކޮޅަށް ރޭ އުތީމުން ގޯލުތައް ޖެހީ މުހައްމަދު މަޒީން، ރިޝްވާން އިބްރާހިމް ރަޝީދު މޫސާ އަދި އަލީ އިލްހާމް އެވެ. މި ތިން ގޯލު ވެސް ޖެހީ އޭރިއާބޭރުން ފޮނުވާލި ހަމަލާތަކުންނެވެ.

ވަށަފަރު ޓީމުގެ ސާޖިދު (ކ) ރޭގެ މެޗުގެ ތެރެއިން ހޯރަފުށީގެ ޝިމާހު ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހއ. ގެ ގްރޫޕް އެކެއްގައި މާރަންދޫ ކޮޅަށް ތުރާކުނުގެ ގޯލުތައް ޖެހީ އަހުމަދު ސިރާޖު ދެ ގޯލާއި އަހުމަދު ހުޝާމް އެވެ. މާރަންދޫގެ ލަނޑުތައް ޖެހީ އަހުމަދު މުހައްމަދާއި ހުމައިދު ހުސެއިން އެވެ. އެ ގްރޫޕްގެ އަނެއް މެޗުގައި ކެލާގެ އަލީ އިމާދު ގޯލުޖެހިއިރު، ބާރަށް ލަނޑު ޖަހައިދިނީ އަބްދުﷲ މިސްބާހު އެވެ.

ހއ.ގެ ގްރޫޕް ތިނެއްގައި ފިއްލަދޫން ވަނީ އާދަމް އަބްދުލް ރަހީމްގެ ހިލޭ ޖެހުމުން ލީޑުނަގައިފަ އެވެ. ދިއްދޫން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލީ ތައުމީން ނޫހު އޭރިއާތެރެއިން ރީބައުންސް ބޯޅައަކުން ޖެހި ގޯލުންނާއި އޭރިއާބޭރުން ދިއްދޫގެ ކެޕްޓަން، ހައިޝަމް ރަޝީދު (ހައި) ޖެހި ގޯލުންނެވެ. މި ގްރޫޕްގައި މުރައިދޫގެ ގޯލުތައް ޖަހައިދިނީ އިޔާން އަހުމަދު ރަޝީދު އާއި އަހުމަދު ނައުފަލް އެވެ. ތަކަންދޫގެ ހަމައެކަނި ގޯލު ޖެހީ ހަމްދާން އަހުމަދު ސަލީމް އެވެ.

މުބާރާތުގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ.

8:00

ކ. ތުލުސްދޫ - ކ. ގާފަރު

ތ. ގާދިއްފުށި - ތ. ވޭމަންޑޫ

9:00

ކ. ގުރައިދޫ - ކ. ދިއްފުށި

ތ. އޮމަދޫ - ތ. ހިރިލަންދޫ

10:00

ށ. ފީވަށް - ށ. ޅައިމަގު

އއ. ރަސްދޫ - އއ. ފެރިދޫ

11:00

ރ. އިނގުރައިދޫ - ރ. އިންނަމާދޫ

އއ. ތޮއްޑޫ - އއ. މަތިވެރި

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox