ހުޅުމާލޭގައި އަންހެނުންނަށް ހާއްސަކޮށް އަލިފާނުން ރައްކާތެރިވާނެ ގޮތުގެ ޓުރެއިނިންއެއް ހިންގައިފި

ހިޔާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ތަމްރީނު ޕްރޮގުރާމުގެ ތެރެއިން -- ފޮޓޯ: ވިލާ މާޓު

ހިޔާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ތަމްރީނު ޕްރޮގުރާމުގެ ތެރެއިން -- ފޮޓޯ: ވިލާ މާޓު

ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ އަންހެނުންނަށް ހާއްސަކޮށް އަލިފާނުގެ ހާދިސާއަކުން ސަލަމަތްވާނެ ގޮތުގެ ތަމުރީން ޕްރޮގުރާމެއް ހިންގައިފި އެވެ.

ހިޔާ ޕާކު ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހު އެ ޕްރޮގުރާމު ކުރިއަށް ގެންގޮސްފައި ވަނީ ވިލާ މާޓާއި ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް އަދި އެމްއެންޑީއެފް ގުޅިގެންނެވެ.

އެފަދަ ޕްރޮގުރާމެއް އަންހެނުންނަށް ހާއްސަކޮށް ކުރިއަށް ގެންގޮސްފައި ވަނީ އެ ސަރަހައްދުގައި މިފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް އާންމުވެފައި ވާތީ ކަމަށް ވިލާ މާޓުން ބުނެ އެވެ.

"އަލިފާނުގެ ހާދިސާއެއް ހިނގުމަށް މެދުވެރި ވާނެ އެއްޗެހި ދެނެގަނެ، އެފަދަ އެމަޖެންސީ ހާލަތެއް ކުރިމަތި ވެއްޖެނަމަ ކަންކުރަންވީ އެންމެ ރައްކާތެރި ގޮތް އެނގުމަކީ މީހެއްގެ ފުރާނަވެސް ސަލާމަތްކުރެވޭނެފަދަ މުހިއްމު ކަމެއް، ނަތީޖާއަކީ ދިރިއުޅޭ އާންމު މުޖަތަމައުއާއި ގެދޮރު އަދި މަސައްކަތް ކުރާ ތަންތަން އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުން،" ވިލާ މާޓުގެ އޮފިޝަލް ބުންޏެވެ.

ވިލާ މާޓުގެ އިސްނެގުމާ އެކު ކުރިއަށް ގެންދިޔަ އެ ޕްރޮގުރާމުގައި އާންމު ގޮތެއްގައި އަލިފާނުފެ ހާދިސާއެއް ހިނގަން މެދުވެރިވާ ސަބަބުތަކާއި އަލިފާން އެންމެ ފަސޭހައިން ފެތުރޭ ގޮތްތަކާއި އަލިފާން ނިއްވާނެ ގޮތްތަކާއި އަލިފާން ނިވީގެ ވައްތަރުތަކުގެ އިތުރުން އަލިފާން ނިއްވަން ބޭނުންކުރާ ރަޖާ ނުވަތަ ފޮތީގެ ވައްތަރުތައް ވަނީ ކިޔައިދީފަ އެވެ.

އެ މައުލޫމާތަކީ ކުއްލިޔަކަށް ނޭނގި ހުއްޓާ ދިމާވާ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ވިލާ މާޓުގެ އޮފިޝަލް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox