ޔުނައިޓެޑުން ކަސެމީރޯގެ ރަތް ކާޑު އެޕީލް ނުކުރީ ކީއްވެ؟

Feb 8, 2023, 3:47 AM
ޔުނައިޓެޑުން ކަސެމީރޯގެ ރަތް ކާޑު އެޕީލް ނުކުރީ ކީއްވެ؟

މެންޗެސްޓާ (ފެބްރުއަރީ 8) - މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުގެ ބްރެޒިލްގެ މިޑްފީލްޑަރު، ކަސެމީރޯ އަށް ދެއްކި ސީދާ ރަތް ކާޑާ އެކު އޭނާ އަށް އައިސްފައިވާ ތިން މެޗުގެ ސަސްޕެންޝަން އެޕީލް ނުކުރަން ޔުނައިޓެޑުން ނިންމާފައިވާ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް 2-1 އިން މޮޅުވި މެޗުގެ 70 ވަނަ މިނިޓްގައި ކަސެމީރޯ އަށް ރަތް ކާޑު ދެއްކީ ކްރިސްޓަލް ޕެލަސްގެ ވިލް ހިއުސް ކަރުގައި ހިފުމުންނެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ކަސެމީރޯ އަށް ދެއްކި ރަތް ކާޑެކެވެ. ކަސެމީރޯ އަށް މި ދެއްކި ރަތް ކާޑާ އެކު އޭނާ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އަންނާނެ އެވެ.

ޔުނައިޓެޑުން ބޭނުންނަމަ ކަސެމީރޯގެ ރަތް ކާޑު އެޕީލް ކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ޓެން ހާގް ބުނީ އެޕީލް ނުކުރަން ނިންމުމަކީ މުޅި ކްލަބްގެ ވިސްނުން ކަމަށެވެ.

"އަހަރެންގެ އަމިއްލަ ވިސްނުމުގައި ބުނާނަމަ މިއީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށް ބުނެވިދާނެ. އެކަމަކު، ލީގަލީ (ގާނޫނީ ގޮތުން) ބަލާއިރު މީގެ އަހަރެމެންނަށް ނެތް ފަސޭހަ ގޮތެއް،" ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޓެން ހާގް ބުންޏެވެ.

ކަސެމީރޯ ޕެލަސްގެ ހިއުސް ކަރުގައި ހިފައިގެން: މިއީ ކްލަބް ކެރިއަރުގައި ކަސެމީރޯ އަށް ދެއްކި ތިން ވަނަ ރަތް ކާޑު.

ޓެން ހާގް ބުނީ އޭނާ އަށް ކަސެމީރޯ އަށް ދެއްކި ރަތް ކާޑުގެ މައްސަލަ އަކީ ހުރިހާ މެޗެއްގައި އެ ކަހަލަ ކަންކަން ދާއިރު ވަކި ކުޅުންތެރިންތަކަކަށް ކާޑު ނުދައްކައި ދޫކޮށްލާތީ އެވެ.

ސަސްޕެންޝަންގެ ސަބަބުން ކަސެމީރޯ އަށް ގެއްލެނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ މެޗާއި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ސަސްޕެންޝަނުން ސަލާމަތްވެ، ކަސެމީރޯ އެނބުރި އަންނާނީ މި މަހު 26 ވަނަ ދުވަހު ޔުނައިޓެޑުން ނިއުކާސަލާ ދެކޮޅަށް ކުޅޭ ލީގު ކަޕް ފައިނަލް މެޗަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ކަސެމީރޯގެ ރަތް ކާޑު އެޕީލް ނުކުރަން ނިންމީ، އެ ޓީމު ކޮޅަށް މައްސަލަ ކާމިޔާބުނުވެއްޖެނަމަ ކަސެމީރޯގެ ސަސްޕެންޝަނަށް މެޗެއް އިތުރުވެ، އޭނާ އަށް ލީގު ކަޕް ފައިނަލް ގެއްލިދާނެތީ އެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން، ޓެން ހާގް ސީދާ ޖަވާބެއް ދޭން ބޭނުމެއް ނުވި އެވެ.

"އަހަރެން އަބަދުވެސް ކުޅެން ޖެހޭނީ އެ ވަގުތެއްގައި ކުޅެވޭ ހާލަތެއްގައި ތިބި ކުޅުންތެރިން ލައިގެން. އެހެންވެ، އަހަރެމެން ސްކޮޑެއް މި ގެންގުޅެނީ. އަހަރެމެންގެ ސްކޮޑުގައި އެބަތިބި ފުރަތަމަ އެގާރައިގައި އެކި މަގާމުތަކަށް ކުޅެވޭނެ ކުޅުންތެރިން، މެޗެއް ނިންމާފައި އަހަންނަށް ނުބުނެވޭނެ ކަސެމީރޯ ނެތީމައޭ މިހެންވީ،" ޓެން ހާގް ބުންޏެވެ.

ދާދި ފަހުން ލީގުގައި ޔުނައިޓެޑުން އާސެނަލް އަތުން ބަލިވި މެޗަށް ވެސް ކަސެމީރޯ ހުރީ ސަސްޕެންޝަނެއްގަ އެވެ. އެއީ ލީގުގައި ފަސް ރީނދޫ ކާޑު ހަމަވުމުން އައި ސަސްޕެންޝަނެކެވެ.

ޔުނައިޓެޑުން މިރޭ ލީޑްސްއާ ދެކޮޅަށް ކުޅޭއިރު، އެ ޓީމުގައި މި ވަގުތު ހެޑް ކޯޗެއް ނެތެވެ. އެންމެ ފަހުން ލީޑްސް ކުޅުނު މެޗަށް ފަހު، އެ ޓީމާ ހަވާލުވެ ހުރި އެމެރިކާގެ ކޯޗު ޖެސީ މާޝް ވަނީ ވަކިކޮށްފަ އެވެ.

ޓެން ހާގް ބުނީ ލީޑްސް މި ވަގުތު އޮތް ހާލަތަށް ޔުނައިޓެޑުން ނުވިސްނާނެ ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox