އައްޑޫ ހައި ސްކޫލްގެ ޝައިމް، 27 އަހަރުވީ ހައި ޖަމްޕްގެ އަންހެން ގައުމީ ރެކޯޑު މުގުރާލައިފި

Feb 7, 2023, 6:10 AM
މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ ތެރެއިން ޝައިމް.-- ފޮޓޯ: ތިނަދޫ ކައުންސިލް

މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ ތެރެއިން ޝައިމް.-- ފޮޓޯ: ތިނަދޫ ކައުންސިލް

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގެ 19 އަހަރުން ދަށުގެ އަންހެން ހައި ޖަމްޕް އިވެންޓުގައި ވާދަކޮށް، އައްޑޫ ހައި ސްކޫލްގެ އައިޝަތު ޝައިމް އަޒީޒު، ހައި ޖަމްޕްގެ އަންހެން ގައުމީ ރެކޯޑު މުގުރާލައިފި އެވެ.

އިއްޔެ ކުރިއަށްދިޔަ ހައި ޖަމްޕް އިވެންޓުގައި ވާދަކޮށް ޝައިމް ގައުމީ ރެކޯޑު މުގުރާލީ 1.50 މީޓަރ މަތިން ފުންމައިގެންނެވެ. މި ރެކޯޑު މީގެ 27 އަހަރު ކުރިން ހަދާފައި އޮތީ ރަނާ އަހުމަދު ސޯދިގު އެވެ. އޭނާ މި ރެކޯޑު ހެދީ 1996 ވަނަ އަހަރު މާލޭގައި ބޭއްވުނު ހަތަރު ވަނަ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތުގަ އެވެ.

"މުބާރާތުގައި ބައިވެރިވިއިރު ވެސް ޝައިމް ރެކޯޑު ހަދާނެކަމުގެ ޔަގީންކަން އޮތް، އެއީ ޕްރެކްޓިސްގައި ވެސް ޝައިމްގެ ޕާސަނަލް ބެސްޓަށްވުރެ މަތިން ޖެހި. ޕާސަނަލް ބެސްޓް މިއުޅެނީ ރެކޯޑަސްވުރެ ކުޑަ ތަންކޮޅެއް ތިރީގައި. އެހެންވީމަ އިތުބާރު އޮތް ރެކޯޑު ހަދާނެކަމުގެ" ޝައިމްގެ ކޯޗު ޔަސްމާން ސޯލިހު، "އަދަދު" އަށް ބުންޏެވެ.

ޝައިމް ވަނީ ހައި ޖަމްޕްގެ ގައުމީ ރެކޯޑު ހަދައި ރަން މެޑަލް ހޯދުމުގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ބައިގެ ޖެވްލިން އުކުމުން ވެސް އެއް ވަނަ ހޯދައިފަ އެވެ. ޖެވްލިން އުކުމުން އެއް ވަނަ އޭނާ ހޯދީ 22.58 މީޓަރަށް ޖެވްލިން އެއްލައިގެންނެވެ. ދެ ވަނަ އަށް ދިޔަ ހާފިޒު އަހުމަދު ސްކޫލްގެ އައިޝަތު އަދާ އަށް އެއްލުނީ 16.34 މީޓަރަށެވެ.

ފުވައްމުލަކު ސިޓީގައި މިދިޔަ އާދިއްތަ ދުވަހު ފެށި މުބާރާތުގައި 19 އަހަރުން ދަށުގެ އަންހެން ބައިގެ ލޯންގް ޖަމްޕްގައިވެސް ޝައިމް ވާދަކުރާނެ އެވެ. އޭނާގެ ކޯޗުގެ އުއްމީދަކީ މި އިވެންޓުން ވެސް ރެކޯޑަކާ އެކު ޝައިމް ރަން މެޑަލް ހޯދުމެވެ.

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި މިހާތަނަށް ނިމުނު އިވެންޓުތަކަށް ބަލާއިރު ގައުމީ ސްޕްރިންޓް ޓީމްގެ އިބްރާހިމް ނާހިލް ވަނީ ދެ ރަން މެޑަލް ހޯދައިފަ އެވެ. ޒުވާން އުމުރުގައި ބައިނަލްއަގުވާމީ ލެވަލްގައި ވެސް ވާދަކޮށް ކުރިއެރުން ހޯދަމުން އަންނަ، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ނާހިލް ވަނީ 100 މީޓަރު ދުވުމުންނާއި ލޯންގް ޖަމްޕްގެ ވެސް އެއް ވަނަ ހޯދައިފަ އެވެ.

ނާހިލް، 100 މީޓަރު ދުވުން ކާމިޔާބުކުރީ 11.69 އިން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔައީ އައްޑު ހައި ސްކޫލްގެ އަބްދުﷲ ގާލީ އެވެ. ތިން ވަނަ ހޯދީ ހާފިޒު އަހުމަދު ސްކޫލްގެ އަލީ މައުލޫފް އިބްރާހިމް އެވެ.

ލޯންގް ޖަމްޕްގެ އެއް ވަނަ ނާހިލް ހޯދީ 6.06 މީޓަރަށް ފުންމައިގެންނެވެ. ދެ ވަނަ އަށް ދިޔައީ އައްޑޫ ހައި ސްކޫލްގެ އަލީ ސާއިން ނަސީރު އެވެ. އޭނާ އަށް ފުންމުނީ 5.30 މީޓަރަށެވެ. ތިން ވަނަ އަށްދިޔަ އައްޑޫ ހައި ސްކޫލްގެ ހަސަން ނާއިލް ސައީދަށް ފުންމުނީ 4.92 މީޓަރަށެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ ހައްވާ މުޒްނާ ފާއިޒު އެވެ. 12.88 ސިކުންތުން ދުވެގެން އޭނާ ރޭސް ނިންމިއިރު، ދެ ވަނަ ހޯދީ ދާންދޫ ސްކޫލްގެ އައިމިނަތު ލަޔާނާ އެވެ. އޭނާ ރޭސް ނިންމީ 13.26 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔަ ވިލާ ކޮލެޖުގެ އާމިނަތު ނުހާއަށް ރޭސް ނިންމުނީ 14.55 ސިކުންތުންނެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގެ އިވެންޓުތައް އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. އިންޓަ ސްކޫލް އެތުލެޓިކްސް މީޓަކީ ޖޫނިއާ އެތުލީޓުންނަށް އަމާޒުކޮށް އަތޮޅުތަކުގައި ބައްވާ މުހިންމު އެއް މުބާރާތެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން އަންނަނީ ސްކޫލް އެތުލެޓިކްސް މީޓުގެ އިތުރުން އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕްގެ އަތޮޅުތަކުގައި ބާއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox