ގޯލްޑަން ފުޓްސަލް ޗެލެންޖް: ދުވާފަރާއި ދެއްވަދޫ ފެށީ ބޮޑު މޮޅަކުން

Feb 7, 2023, 6:05 AM
ދެއްވަދޫ ޓީމުގެ ރާހިލް (މ) ގެމަނަފުށީ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެއްވަދޫ ޓީމުގެ ރާހިލް (މ) ގެމަނަފުށީ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023" ގައި ރޭ ކުޅުނު މެޗުތަކުން ގއ. ދެއްވަދޫ އާއި ރ. ދުވާފަރުން ބޮޑު މޮޅަކާ އެކު މުބާރާތް ފަށައިފި އެވެ.

ރޭ ކުޅުނު ރ އަތޮޅުގެ ގްރޫޕް އެކެއްގެ މެޗުން މީދޫ އަތުން ދުވާފަރު ވަނީ 6-1 އިން މޮޅުވެފަ އެވެ. ދުވާފަރުން ރޭގެ މެޗުގައި ލަނޑުތައް ޖެހީ އާދަމް އިލްޔަސައު އާއި މުހައްމަދު ޖުމާން އަހުމަދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި މުހައްމަދު އިސާމް އާއި އަހުމަދު އީސާ އެވެ. މީދޫގެ ހަމައެކަނި ލަނޑު ޖެހީ ރަޝާދު އަބްދުލް މަތީން އެވެ.

ގއ. ގްރޫޕް އެކެއްްގައި ގެމަނަފުށި އަތުން ދެއްވަދޫ 5-0 އިން މޮޅުވިއިރު، މި ގްރޫޕްގެ އަނެއް މެޗުން މާމެންދޫ ވަނީ 3-0 އިން ވިލިނގިލި ބަލިކޮށްފަ އެވެ. ގއ. ގެ ގްރޫޕް ދޭއްގައި ކޮނޑޭ އަތުން ކަނޑުހުޅުދޫ 3-0 އިން މޮޅުވިއިރު، އެ ގްރޫޕްގެ އަނެއް މެޗުން ދާންދޫ އަތުން ނިލަންދޫ ވަނީ 2-1 އިން ކުރިހޯދައިފަ އެވެ. ށ. އަތޮޅުގެ ގްރޫޕް އެކެއްގައި ރޭ ކަނޑިތީމުން 4-2 އިން ބިލެތްފަހި ބަލިކުރިއިރު، މިލަންދޫ އާއި މަރޮށި ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި ށ. އަތޮޅު ދެ ވަނަ ގްރޫޕްގައި ކުޅުނު މެޗުގައި ފޯކައިދޫން ފީވަށް ބަލިކުރީ 1-0 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ މެޗުން ދެއްވަދޫ އިން މާމެންދޫ ބަލިކުރިއިރު، ގޯލުތައް ޖެހީ ޓީމުގެ ކެޕްޓަން، ނަސޫހު ސައީދު ދެ ގޯލާއި ރަޝްވާން ރަޝީދު އަދި އައިމަން ތައުފީގު އެވެ. ދެއްވަދޫ އިން ގިނަ ގޯލުތައް ޖެހީ އޭރިއާބޭރުން ފޮނުވާލި ހަމަލާތަކުންނެވެ. މާމެންދޫން ވިލިނގިލި ބަލިކުރިއިރު، ގޯލުތައް ޖެހީ ރައުހާން ރިއްފަތު ދެ ގޯލާއި އަހުސާމް ހަސަން ދީދީ އެވެ.

ކަނޑުހުޅުދޫ އާއި ކޮނޑޭ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮނޑޭ އާއި ކަނޑުހުޅުދޫ ބައްދަލުކުރި މެޗުގައި ރެފްރީގެ ނިންމުމަކާ ހެދި މެޗުގެ ދެ ވަނަ ހާފުގެ ވަކި ހިސާބަކުން މެޗު މެދުކަނޑާލި ނަމަވެސް ފަހުން މެޗު ވަނީ ފުރިހަމަކޮށްފަ އެވެ. ކަނޑުހުޅުދޫ އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ މުހައްމަދު ޒައިން ނިޔާޒާއި އަލީ އަޒްވާން އަބްދުލް އަޒީޒް އެވެ. ނިލަންދޫން ދާންދޫ ބަލިކުރިއިރު، ނިލަންދޫގެ ގޯލުތައް ޖެހީ މަމްދޫހު އިބްރާހިމް އެވެ. ދާންދޫގެ ހަމައެކަނި ލަނޑު ޖެހީ އިސްމާއިލް ނަސީރު އެވެ.

ބިލެތްފަހި އަތުން ކަނޑިތީމު މޮޅުވިއިރު، ލަނޑުތައް ޖެހީ އަހުމަދު ރިޒާން ހެޓްރިކަކާއި މުހައްމަދު ޝާން އެވެ. ބިލެތްފަހިގެ ލަނޑުތައް ކާމިޔާބުކުރީ އާދަމް އަފްރާހް އާއި އިބްރާހިމް އައިމަން އެވެ. އެ ގްރޫޕްގައި މިލަންދޫ އާއި މަރޮށި ބައްދަލުކުރި މެޗު ނިމުނީ 2-2 އެއްވަރުވެގެންނެވެ. ށ. އަތޮޅުގެ އަނެއް ގްރޫޕްގައި ފޯކައިދޫން ވަނީ މުހައްމަދު ރިސްވާން (ފުކޭ) ޖެހި ގޯލުން ފީވަށް ބަލިކޮށްފަ އެވެ.

ޖުމްލަ 102 ޓީމު ވާދަކުރާ މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަދު ވެސް އަށް މެޗެއް ކުޅޭނެ އެވެ. އެ ގޮތުން، 8 ޖަހާއިރު، ކުޅޭނީ ހއ. ތަކަންދޫ އާއި ހއ. މުރައިދޫގެ މެޗާއި ހދ. ވައިކަރަދޫ އާއި ހދ. ނެއްލައިދޫގެ މެޗެވެ. ދެން އެ އަށް ފަހު، 9 ޖަހާއިރު އޮތީ، ހއ. ދިއްދޫ އާއި ހއ. ފިއްލަދޫގެ މެޗާއި ހދ. ފިނޭ އާއި ހދ. މަކުނުދޫ ކުޅޭ މެޗެވެ. ދިހައެއް ޖަހާއިރު ކުޅޭނީ ހއ، މާރަންދޫ އާއި ތުރާކުނުގެ މެޗާއި ހއ. އުތީމާއި އިހަވަންދޫ ބައްދަލުކުރާ މެޗެވެ. މިރޭ އެންމެ ފަހުން ކުޅޭ މެޗުތައް 11 ޖަހާއިރު ފަށާއިރު، އެ ވަގުތު ކުޅޭނީ ހއ. ބާރަށާއި ކެލާގެ މެޗާއި ހއ. ހޯރަފުށްޓާއި ވަށަފަރު ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox