ރޮނާލްޑޯ، ފަހު ވަގުތު ޕެނަލްޓީ އަކުން އަލްނަސްރު ސަލާމަތްކޮށްދީފި

Feb 3, 2023, 6:52 PM
އަލް ފަތޭހާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަލް ނަސްރުގެ ރޮނާލްޑޯ: މި މެޗުގައި ރޮނާލްޑޯ ވަނީ އަލް ނަސްރަށް ޖަހައިދިން ފުރަތަމަ ގޯލު ކާމިޔާބުކޮށްފައި.

އަލް ފަތޭހާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަލް ނަސްރުގެ ރޮނާލްޑޯ: މި މެޗުގައި ރޮނާލްޑޯ ވަނީ އަލް ނަސްރަށް ޖަހައިދިން ފުރަތަމަ ގޯލު ކާމިޔާބުކޮށްފައި.

ރިޔާދު، ސައުދީ އަރަބިއްޔާ (ފެބްރުއަރީ 3) - ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ ކުޅުނު މެޗުން، އަލް ނަސްރުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ މެޗުގެ އިތުރު ވަގުތުގައި ވައްދާލި ޕެނަލްޓީން 2-2 އިން އެއްވަރުކޮށް، އަލް ފަތޭހް އަތުން ބަލިނުވެ، އަލް ނަސްރު ސަލާމަތްވެއްޖެ އެވެ.

މިއީ، ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އަލް ނަސްރަށް ބަދަލުވުމަށް ފަހު، އެ ޓީމުގެ ޖޯޒީގައި ރޮނާލްޑޯ، 37، ކުޅުނު ތިން މެޗުގެ ތެރެއިން ޖެހި ފުރަތަމަ ގޯލެވެ.

އަލް ފަތޭހު އެފްސީގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ކްރިސްޓިއަން ޓެލޯ އެވެ. ބާސެލޯނާ އަށް ކުރިން ކުޅުނު ޓެލޯ މި ގޯލު ޖެހީ އޭރިއާ ބޭރުން ވޮލީ އަކުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

އޭގެ ފަހުން، ރޮނާލްޑޯ، ފުރަތަމަ ހާފުގައި ޖެހި އެއް ގޯލު އޮފްސައިޑް ކަމަށް ނިންމިއިރު، ރީބައުންސް ބޯޅަ އަކުން ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 42 ވަނަ މިނިޓްގައި އަލް ނަސްރަށް އެއްވަރުކޮށްދިނީ ބްރެޒިލްގެ އެންޑަސަން ޓަލިސްކާ އެވެ. އޭރިއާތެރެއިން ޓަލިސްކާ އަށް ލިބުނު ފުރުސަތުން ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

އަލް ނަސްރަށް މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ ޖަހައިދިނުމަށް ފަހު ރޮނާލްޑޯ ބޯޅަ ހިފައިގެންދަނީ.

އަލް ފަތޭހުން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 58 ވަނަ މިނިޓްގައި ސޯފިއަން ބަންޑޭޭބްކާ ޖެހި ގޯލުންނެވެ. މިއީ އޭރިއާތެެރެއަށް ހުރަސްވި ބޯޅައަކުން އެއް ފަހަރުން ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން ބަންޑޭބްކާ ޖެހި ގޯލެކެވެ.

އަލް ނަސްރު ބަލިވާން ދަނިކޮށް، އިތުރު ވަގުުތުގެ ދެ ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ރޮނާލްޑޯ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެެވެ. މިއީ ރޮނާލްޑޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އަލް ނަސްރުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ޓަލިސްކާ ކުރި ނުރައްކާތެރި ފައުލަކަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ނިންމީ ރަތެއް ކަމަށެވެ.

ސައުދީ ސުޕަ ކަޕްގެ ސެމީން އަލް ނަސްރު ކެޓި ނަމަވެސް، ޕްރޮފެޝަނަލް ލީގުގެ އެއް ވަނައިގައި އޮތީ އަލް ނަސްރު އެވެ. ސޯޅަ ޓީމު ވާދަކުރާ ލީގުގެ އެންމެ ކުރީގައި އަލް ނަސްރު އޮތީ 15 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އަލް ޝަބާބަށް ވެސް ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، އެއީ 16 މެޗު ކުޅެގެންނެވެ. ތިން ވަނައިގައި އަލް ހިލާލް އޮތީ 15 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox