މަތިވެރިން ގެއްލުނު މީހާ އަދިވެސް ނުފެނޭ، މިހާރު ބަލަނީ ފަޅުތެރެ

އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ ހަސަން އަލީ.

އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ ހަސަން އަލީ.

އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެރަށު ހަސަން އަލީ (ހަސަންފުޅު) އަދިވެސް ނުފެންނަ ކަމަށާއި، އޭނާ ހޯދުމަށް މިހާރު ބަލަމުން އަންނަނީ ފަޅުތެރެ ކަމަށް ކައުންސިލުން ބުނެފި އެވެ.

ހަސަންފުޅު ހޯދުމަށް ރަށުތެރެ އެއްކޮށް ބެލިއްޖެ ކަމަށާއި، މިހާރު ފަޅުތެރެ ބަލަމުންދާ ކަމަށް މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމު "އަދަދު" އަށް މިއަދު ވިދާޅުވި އެވެ.

"މިހާރު ރަށުތެރެ މުޅިންހެން ބަލައި ނިމިއްޖެ. މިހާރު އަޅުގަނޑުމެން މި ދަނީ ރަށުގެ ފަޅުތެރެ ބަލަމުން" އަސްލަމް ވިދާޅުވި އެވެ.

އަދި، ކައިރި ރަށްރަށާއި، ގޮސްދާނެހެން ހީވާ ރަށްރަށަށް ގުޅައިގެން އެ ރަށްރަށުގައި ވެސް އޭނާ ހޯދުމަށް އިއުލާނުކޮށްފައި ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ހަސަންފުޅަކީ އާންމުކޮށް މޫދަށްވެސް ގޮސް އުޅޭ މީހެއް ކަމަށާއި، އޭނާ ހޯދުމަށް މޫދުގެ ބޮޑު ސަރަހައްދެއްވެސް ބެލިފައިވާ ކަމަށް އަސްލަމް ވިދާޅުވީ އެވެ. ހަސަންފުޅު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

މި މައްސަލައިގާ ފުލުހުންގެ މީޑިއާ އޮފިޝަލު "އަދަދު" އަށް ވިދާޅުވީ މަތިވެރިން 73 އަހަރުގެ ފިރިހެނަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް އިއްޔެ ހެދުނު 09:37 ހާއިރު ލިބިފައިވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ވެސް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox