ރާހުލް ގާންދީގެ ދިގު ހިނގާލުން ނިމުމަކާ ގާތަށް

އިދިކޮޅު ލީޑަރު ރާހުލް ގާންދީ ސަޕޯޓަރުންނާ އެކު. -- ފޮޓޯ: ޕީޓީއައި

އިދިކޮޅު ލީޑަރު ރާހުލް ގާންދީ ސަޕޯޓަރުންނާ އެކު. -- ފޮޓޯ: ޕީޓީއައި

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ގައުމުގެ އެއްކޮޅުން އަނެއް ކޮޅަށް ފެއްޓެވި ދިގު ހިނގާލުން ނިމެން ގާތްވެއްޖެ އެވެ.

ހިނގާލުން ފެއްޓެވިތާ 100 ދުވަސް ފަހުން ހިމާޗަލް ޕްރަދޭޝް ސްޓޭޓުގެ ރަށްފުށު ހިސާބެއްގައި އާއްމުންނާ މުހާތަބު ކުރައްވައި ރާހުލް ވިދާޅުވީ ބޭނުންވަނީ ރައްޔިތުން އެއްބައިވަންތަ ކުރަން ކަމަށެވެ.

އިންޑިއާގެ އެންމެ ދެކުނު ބިތުން ފަށައިގެން 3،570 ކިލޯމީޓަރުގެ ރާސްތާއެއް ފައިމަގުގައި ކަޑައްތުކޮށް ނިމޭނީ އިންޑިއާގެ އެންމެ އުތުރުން ފިނިގަދަ ކަޝްމީރަށެވެ.

Advertisement

މިއީ އުމުރުން 52 އަހަރުގެ ރާހުލްގެ ސިޔާސީ ހަޔާތުގައި މުހިއްމު ވަގުތުކޮޅެކެވެ. ފާއިތުވި ދެ އިންތިހާބުގައި ވެސް އެމަނިކުފާނުގެ ކޮންގްރެސް ޕާޓީއަށް ލިބުނީ ނާކާމިޔާބެވެ.

މީގެ ކުރިން އިންޑިއާގެ އެންމެ ކާމިޔާބު ޕާޓީގެ ގޮތުގައި އޮތް ނަމަވެސް ކޮންގްރެސްގެ މަގްބޫލުކަން ގެއްލެން ފެށީ ކޮރަޕްޝަންގެ ތުހުމަތާއި ލީޑަރުން ޕާޓީން ވަކިވުމާ ގުޅިގެންނެވެ.

އާއްމު އިންތިހާބަށް އެންމެ 15 މަހަށް ވެފައިވާ އިރު، ރާހުލްގެ އަމާޒަކީ ތިން ވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވައިގެން ހުންނެވި ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ވުރެ ބޮޑު ސަމާލުކަމެއް ހޯދުމެވެ،

ރާހުލް ގާންދީ ސަޕޯޓަރުންނާ އެކު.
ރާހުލް ގާންދީ ސަޕޯޓަރުންނާ އެކު.

ރާހުލް ގާންދީ ސަޕޯޓަރުންނާ އެކު.

އެގޮތުން ހިނގާލުމުގެ ތެރެއިން އެންމެ ކުދި އަދި އެންމެ ފަގީރު އަވަށްތަކަށް ވެސް ރާހުލް ޒިޔާރަތް ކުރައްވައި، އާއްމުންނާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވަ އެވެ.

"މި ހިނގާލުމުގެ އަމާޒަކީ އަނިޔާވެރިކަމާއި، ވަޒީފާ ނުލިބުމާއި، އަގުތައް އުފުލުމާއި، އާމްދަނީގެ ނަހަމަކަމާ ދެކޮޅަށް ތެދުވުން،" ރާހުލް ވިދާޅުވެ އެވެ.

ހޯމަ ދުވަހު ހިނގާލުން ނިމޭނީ ކަޝްމީރުގެ ސްރީނިގަރް ސިޓީއިންނެވެ. ހިނގާލުމުގެ ސަބަބުން ވެރިކަމުގައި އޮތް ބީޖޭޕީގެ މަގްބޫލުކަން ދަށްވެއްޖެ ކަމަށް ބައެއް އެނެލިސްޓުން ނުދެކެ އެވެ.

މޯދީގެ މަގްބޫލުކަން އަދިވެސް އުޅެނީ 60 ޕަސެންޓުގަ އެވެ. ބީޖޭޕީގެ އާމްދަނީ އިތުރުވަމުންދާ އިރު، ސިޔާސީ ގޮތުން ހުރިހާ ބާރެއް ވެސް އޮތީ އެ ޕާޓީއަށެވެ.

ރާހުލް ގާންދީ ސަޕޯޓަރުންނާ އެކު ހިނގާލުން ކުރިއަށް ގެންދަނީ.
ރާހުލް ގާންދީ ސަޕޯޓަރުންނާ އެކު ހިނގާލުން ކުރިއަށް ގެންދަނީ.

ރާހުލް ގާންދީ ސަޕޯޓަރުންނާ އެކު ހިނގާލުން ކުރިއަށް ގެންދަނީ.

އިންޑިއާގެ ޕާލަމެންޓުގެ ތިރިގޭގެ 543 ގޮނޑީގެ ތެރެއިން ކޮންގްރެސް ކޮންޓްރޯލް ކުރަނީ އެންމެ 52 ގޮނޑި އެވެ. އެއާ ހިލާފަށް ބީޖޭޕީގެ އަތުގައި 303 ގޮނޑި އެބަ އޮތެވެ.

އެހެން ނަމަވެސް، ހިނގާލުމުގެ ސަބަބުން ރާހުލްގެ މަގްބޫލުކަން އިތުރުވެފައިވާ ކަމަށް ދައްކަ އެވެ. މިދިޔަ ޖޫން މަހު 42 ޕަސެންޓު ތާއީދު އޮތް އިރު، މިހާރު އެ ނިސްބަތް އުޅެނީ 50 ޕަސެންޓުގަ އެވެ.

ހިނގާލުމުގެ އަސަަރު ބޮޑަށް ފެންނާނީ މި އަހަރުގެ ފަހުކޮޅު އެވެ. ބައެއް ސްޓޭޓުތަކުގެ އިންތިހާބު މި އަހަރުގެ ފަހުކޮޅު އޮންނަ އިރު، އާއްމު އިންތިހާބުގެ ކެމްޕެއިން ވެސް ފޯރިގަދަ ވާން ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox