ވެބް އެނބުރި އިނގިރޭސި ފުޓްބޯޅަ އަށް: ބޭނުމީ ވީއޭއާރަށް ދެމެހެއްޓެނިވި ހައްލެއް

Jan 27, 2023, 4:59 AM
ވެބް އެނބުރި އިނގިރޭސި ފުޓްބޯޅަ އަށް: ބޭނުމީ ވީއޭއާރަށް ދެމެހެއްޓެނިވި ހައްލެއް

އިނގިރޭސި ފުޓްބޯޅައިގެ ރެފްރީންގެ އިސް މަގާމަކަށް ކުރީގެ އެއް ވަނަ ރެފްރީ، ހޮވާޑް ވެބް ރަަސްމީކޮށް މިދިޔަ އަހަރު ފަހުކޮޅުގައި ހަމަޖައްސާފައިވާއިރު، އެ މަގާމުގައި ހުރެ އޭނާ އެންމެ ބޮޑަށް ކުރަން ބޭނުންވާ ކަމަކީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ކަންކަން އިނގިރޭސި ފުޓްބޯޅައިގައި ހިނގާ ގޮތް ރަނގަޅުކުރުން ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އަށް އަހަރު ކުރިން، 2014 ވަނަ އަހަރު، ޕްރޮފެޝަނަލްކޮށް ރެފްރީކަން ކުރުމުން، ވެބް، ރިޓަޔާކުރިއިރު، އޭނާ އަކީ އިނގިރޭސި ފުޓްބޯޅައިގެ އިތުރުން ދުނިޔޭގެ ލެވަލަށް ބެލިޔަސް ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ރެފްރީ އެކެވެ.

އޭގެ ފަހުން، ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަން، ސާފްގެ ޑިރެކްޓާ އޮފް ރެފްރީސްގެ މަގާމު، 2017 ވަނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ފުރުމަށް ފަހު، ދެން އުޅެފައިވަނީ ފީފާގެ އެކި ޕްރޮގްރާމްތަކުގަ އެވެ.

Advertisement

ވެބް، ދެން ހަވާލުވެފައިވަނީ، އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ މެނޭޖާ އޮފް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އޮޕަރޭޝަންސްގެ މަގާމާ އެވެ. އެއީ 2017 ވަނަ އަހަރުގެ މާޗް މަހު އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ރެފްރީންގެ ކަންކަން ބަލަހައްޓާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް)ގެ ޗީފް ރެފްރީން އޮފިސަރުގެ މަގާމަށް މިދިޔަ އަހަރު، އޮގަސްޓް މަހު، ވެބް ގެނައިކަން އިއުލާނުކުރި އެވެ. އެމްއެލްއެސްގެ މަގާމު ދޫކޮށް، ރަސްމީކޮށް، ޕީޖީއެމްއޯއެލް އިން މުޅިން އަލަށް އުފެއްދި މަގާމުގެ ޒިންމާތަކާ ވެބް ވަނީ މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ހަވާލުވެފަ އެވެ.

ވެބް، 51، ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ، ވީއޭއާރްގެ ސަބަބުން ފުޓްބޯޅަ އަށް އައި ހެޔޮ ބަދަލުތައް ގިނަ ކަމަށާއި އޭގެ ގޯސްކަންކަން ފެންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ނިންމުންތައް ނުގެނެވޭތީ ކަމަށެވެ. އެމްއެލްއެސްގެ ވީއޭއާރް މެނޭޖަރަކަށް ހުރިއިރު، ވީއޭއާރްގެ ވާހަކަތައް ވަރަށް ގިނަ ގޮތްގޮތުން ދެކެވިފައިވާ ކަމަށާއި އެ ވާހަކަތައް އިނގިރޭސި ފުޓްބޯޅައިގައި ވެސް ދައްކައިގެން، ހައްލުުކުރަން ޖެހޭ ކަންކަން ބަދަލުކުރާނެ ކަމަށް ވެބް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ވެބް ވަނީ ވީއޭއާރް އިން ބަލާފައި ރެފްރީ ނިންމާ ނިންމުމުގެ ކަންކަން ދަނޑުގައި ދެއްކުމަކީ ސަޕޯޓަރުން ވެސް ބޭނުންވާނެ ކަމެއް ކަމަށް ބުނެފަ އެވެ. އިނގިރޭސި ފުޓްބޯޅައިގައި އެކަން ކުރުމުގެ ވިސްނުން ވެބްގެ އެބައޮތެވެ.

"މީގެ ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނެތް. ވީއޭއާރްގެ އެ ނިންމުން އަންނަ ގޮތް، ރެފްރީން މުއާމަަލާތުކުރާ ގޮތް، ސަޕޯޓަރުންނަށް ފެނުމަކީ ރަނގަޅު ގޮތެއް، އެކަމަކު، އެކަން އެ ގޮތަށް ކުރަން ފުރިހަމަކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ، އެންމެ މުހިންމު ކަމަކީ، ފީފާގެ ހުއްދަ ހޯދުން،" 2005 އިން 2014 އަށް ފީފާ ރެފްރީއެއްގެ ގޮތުގައި ގިނަ މުބާރާތްތަކުގައި އިންސާފުކުރި ވެބް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ވެބް: އޭނާ އަކީ އިނގިރޭސި ރެފްރީންގެ ކަންކަން އިންތިޒާމުކުރުމުގެ އިސް ޒިންމާއަކާ ހަވާލުވެ ހުރި ފަރާތެއް.

ވެބް ބުނީ މި ސީޒަނުގެ މިހާ ހިސާބަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މެޗުގެ ނަތީޖާ އަށް އަަސަރުކުރާ ފަދަ ގޯސް ހަ ނިންމުމެއް މި ފަހަރުގެ ޕްރިމިއާ ލީގުން ފެނިފައިވާ ކަމަށެވެ. އަދި މެޗުގެ ނަތީޖާ އަށް އަސަރުކުރާ 42 ނިންމުމެއް ރަނގަޅަށް އައިސްފައިވާ ކަމަށް ވެސް ވެބް ވަނީ ފާހަގަކޮށްފަ އެވެ.

"ވިއޭއާރްގެ ނިންމުން ދެފުށްފެންނަ ރަނގަޅު އުސޫލަކުން، ހުރިހާ މެޗެއްގައި އެއް ހަމައަކުން ނިންމުން އަންނަން ޖެހޭ، އޭރުން ރެފްރީންގެ މަސައްކަތަށް ފަސޭހަވާނީ، ފަހުގެ އީޖާދުތަކަށް މީހުންގެ އިތުބާރު އޮންނާނީ ވެސް،" 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލާއި ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ރެފްރީކަން ކުރި ވެބް ބުންޏެވެ.

އިނގިރޭސި ފުޓްބޯޅައިގައި ރެފްރީންނާ މެދު އޮތް އިތުބާރު ބޮޑުކުރަން މި އަހަރު ތެރޭ ގިނަ ޕްރޮގްރާމްތަކެއް ވެބް ވަނީ ރާވައިފަ އެވެ. އޭގެ ތެރެއިން އެންމެ އިސް މަސައްކަތްތަކެއްގެ ގޮތުގައި ކުރަން ނިންމާފައިވަނީ، އިނގިރޭސި އެފްއޭގައި ރަޖިސްޓްރީވެފައިވާ ކްލަބްތަކުގެ އޮފިޝަލުން ހިމެނޭ ގޮތަށް ސެމިނާތަކެއް ހިންގުމެވެ.

ވެބް ދެކޭ ގޮތުގައި އޯޕަން ފޯރަަމެއްގައި ކޮންމެ މީހަކަށް ވެސް އިނގިރޭސި ފުޓްބޯޅަ ރަނގަޅުކުރަން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ރަސްމީކޮށް ފުޓްބޯޅަ ކުޅެން ފެށި ގައުމުތަކުގެ ތެރޭގައި އިނގިރޭސިން ހިމެނޭކަން ފާހަގަކޮށް، ވެބް ބުނީ ރެފްރީންގެ ކަންކަމުގައި ތަފާތު ބަދަލުތަކެއް އިނގިރޭސި ފުޓްބޯޅައިން ފެށެން ޖެހޭ ކަމަށެވެ. މިސާލެއްގެ ގޮތުގައި ވެބް ފާހަގަކޮށްފައިވާ އެއް ކަމަކީ، ކުރިން ކުޅެފައި، މިހާރު ރިޓަޔާވެފައި ތިބި ކުޅުންތެރިންގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކުން ރެފްރީކަން ކުރުމަށް އާދެވޭ ގޮތަށް ފުރުސަތު އޮތުން ރަނގަޅުވާނެ ކަމަށެވެ.

ކުރީގެ ކޮންމެ ކުޅުންތެރިއަކީ މޮޅު ކޯޗަކަށް ނޫނީ ފުޓްބޯޅަ އެނަލިސްޓަކަށް ނުވެދާނެ ކަމަށާއި އެެ ފަދަ މީހުންގެ ތެރެއިން ފެންވަރު ރަނގަޅު ރެފްރީއެއް ފެނުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށް ވެބް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox