ފީފާ އިން އެންގި ގޮތަށް ސިމާއޯ އަށް ދޭން ޖެހޭ ފައިސާ ދީފި

Jan 26, 2023, 6:25 AM
މިދިޔަ އަހަރު ބޭއްވި ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ސިމާއޯ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ އަހަރު ބޭއްވި ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ސިމާއޯ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މިދިޔަ އަހަރު މަސައްކަތް ކުރި ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަށް ދޭން ޖެހޭ ފައިސާ ދައްކަން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން އެންގި ގޮތަށް އެ ފައިސާ އަދާކޮށްފި އެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސިމާއޯ ހަމަޖެއްސީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ސިމާއޯ އަށް މިދިޔަ އަހަރު ޖެނުއަރީ މަހުން ފެށިގެން ނުލިބި ހުރި މުސާރަ އަށް ވާ ފައިސާ ހޯދަން، އޭނާގެ ފަރާތުން މައްސަލަ، ފީފާ އަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ސިމާއޯ އަށް ދޭން ޖެހޭ މުސާރަ އަށް ވާ 35،000 ޑޮލަރު (539،000 ރުފިޔާ)، ދައްކަން ފީފާ އިން ދިނީ 45 ދުވަހުގެ ތެރޭގަ އެވެ.

ސިމާއޯ، ވަނީ އޭނާ އަށް ފައިސާ ދީފައިވާކަމަށް މީޑިއާގައި ބުނެފަ އެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި ސިމާއޯ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދީފައިވަނީ ފީފާގެ އެންގުމުގައިވާ ގޮތަށެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުން ވަކިވުމަށް ފަހު ސިމާއޯ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ ފުޓްބޯޅައިގައި ހުރި މައްސަލަތައް ކަމަށް ބުނެ، ގިނަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. އެ ޕޯސްޓްތަކުގައި ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަންގެ އިދާރީ ހިންގުމާއި އެހެނިހެން ކަންކަމަށް ވެސް ފާޑުކިޔައިފައިވެ އެވެ. އެކަމަކު، ފަހުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި ހުރިހާ އެއްޗެއް ޑިލީޓްކޮށްލައިފަ އެވެ.

ގައުމީ ޓީމު އެންމެ ފަހުން، ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުުޅުނު މެޗުތަކުގައި ނަތީޖާ އާއި ކޯޗު މޮރިއޭރޯ އަށް ފާޑުކިޔުމަށް ވެސް ސިމާއޯ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ވިސްނުންތަކެއް ހިއްސާކޮށްފަ އެވެ.

މިދިޔަ ދެތިން އަހަރެއްހާ ދުވަހު ގައުމީ ޓީމުތަކަށް އިރުޝާދުދިން އެކި އޮފިޝަލުން ވަނީ މުސާރަ ނުލިބޭ މައްސަލައިގައި ފީފާ އަށް އެކަން ހުށަހަޅައިގެން ކާމިޔާބު ހޯދައިފަ އެވެ.

އެ ގޮތުން، އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މިދިޔަ އަހަރު ހުރި ސާބިއާގެ ޑޭބޯ ބާބާ އާއި ކުރިން، ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ކުރިން ހުރި މާޓިން ކޫޕްމަން އަދި އޭނާގެ އެސިސްޓަންޓް ކޯޗަކަށް ހުރި ރެނޭ ހިޑިންކް އަށް ދޭން ޖެހޭ މުސާރަ ދޭން ވެސް ފީފާ އިން އެފްއޭއެމަށް ވަނީ އަންގައިފަ އެވެ.

އެނގިފައިވާ ގޮތުގައި، އެފްއޭއެމުން ވަނީ ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ހުރި ބާބާ އަށް ދޭން ޖެހޭ 39،919.34 ޑޮލަރު (615،556 ރުފިޔާ) ދައްކައިފަ އެވެ. ރެނޭ އަށް ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދު 2.9 މިލިއަން ރުފިޔާ (187,375 ޑޮލަރު) އަށް އަރާއިރު، ކޫޕްމަން އަށް ދޭން ޖެހޭ ފައިސާގެ އަދަދުތަކެއް މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމު 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް، ޅ. ކުރެއްދޫގައި ކުޅުނު އެކްޒިބިޝަން މެޗުން މޮޅުވުމުން އެ ޓީމަށް އިނާމެއްގެ ގޮތުގައި ދިން 1.2 މިލިއަން ރުފިޔާ ކުޅުންތެރިންނަށް ލިބިފައިނުވާތީ، އެކަމާ ކުޅުންތެރިންގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox