ޕާކިސްތާނުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

ކަރަންޓު ކެނޑުމުން ލާހޯރްގެ މެޓްރޯ ސްޓޭޝަންތައް ބަންދުކުރި. -- ފޮޓޯ: ރޮއިޓާޒް

ކަރަންޓު ކެނޑުމުން ލާހޯރްގެ މެޓްރޯ ސްޓޭޝަންތައް ބަންދުކުރި. -- ފޮޓޯ: ރޮއިޓާޒް

ޕާކިސްތާނުގެ ގައުމީ ކަރަންޓު ވިޔުގަ ކުއްލިއަކަށް ހުއްޓުމަކަށް އައުމުން ހޯމަ ދުވަހުގެ ހެނދުނު ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ކަަރަންޓު ކެނޑުމުގެ އަސަރު އެތައް މިލިއަން މީހުންނަށް ކުރި އެވެ. އެގޮތުން އެންމެ ބޮޑު ސިޓީ ކަރާޗީ، ވެރިރަށް އިސްލާމްއާބާދު އަދި ލާހޯރާއި ޕެޝާވަރުން ވެސް ކަރަންޓު ކެނޑުނެވެ.

ހަކަތައާ ބެހޭ މިނިސްޓަރު ހުއްރުމް ދަސްތަގިރް ވިދާޅުވީ ކަރަންޓު ވިޔުގަ ހުއްޓުމަކަށް އައީ ދެކުނު ޕާކިސްތާނުގައި "ފްރީކުއެންސީ ވޭރިއޭޝަން" ދިމާވެގެން ކަމަށެވެ.

އޭނާ ތަކުރާރުކޮށް ވިދާޅުވީ މިއީ "ބޮޑު ކާރިސާއެއް ނޫން" ކަމަށާއި ވަރަށް އަވަހަށް ކަރަންޓު ލިބޭނެ ކަމަށެވެ.

ޕާކިސްތާނަކީ އާއްމުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ ގައުމެކެވެ. އެއީ އިންފްރާސްޓްރަކްޗާއަށް އެކަށީގެންވާ މިންވަރަށް އިންވެސްޓް ނުކުރުމާއި ރަނގަޅަށް މެނޭޖް ނުކުރުމުގެ ސަބަބުންނެވެ. އެންމެ ފަހުން ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ ފަހަރު އަލުން ކަރަންޓު ދެވުނީ ގަޑިއިރުތަކެއް ފަހުންނެވެ.

ހަކަތައާ ބެހޭ މިނިސްޓަރު ވިދާޅުވީ ބައެއް ހިސާބުތަކުގެ ކަރަންޓު މިހާރު ލިބެމުންދާ ކަމަށާއި ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ލިބޭނީ ޕާކިސްތާން ގަޑިން މިރޭ 10:00 ޖަހާއިރު ކަމަށެވެ.

އިގުތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާ ޕާކިސްތާނުގައި ހަރަދު ކުޑަކުރުމަށް ކަރަންޓު ބޭނުންކުރުން މަދުކުރަން ސަރުކާރުން އެދެ އެވެ.

އެގޮތުން މި މަހުގެ ކުރީކޮޅު ހުރިހާ މޯލްތަކާއި މާކެޓުތަކަށް ސަރުކާރުން އެންގީ ރޭގަނޑުގެ 08:30 ގައި ބަންދު ކުރުމަށެވެ. ރެސްޓޯރެންޓުތައް ބަންދުކުރަން ޖެހެނީ 10:00 ގަ އެވެ.

ކެބިނެޓުން ބުނީ އެ ނިންމުމުގެ ސަަބަަބުން 270 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށެވެ. ސަރުކާރުގެ އޮފީސްތަކުން ކަރަންޓު ބޭނުންކުރާ މިންވަރު 30 ޕަސެންޓު ކުޑަ ކުރުމަށް ވެސް އަންގާފައިވެ އެވެ.

ޕާކިސްތާނަށް ބޭނުންވާ ކަރަންޓުގެ ބޮޑު ބައި އުފައްދަނީ "ފޮސިލް ފިޔުލް" ނުވަތަ އިއާދަނުކުރެވޭ ހަކަތައިގެ ބާވަތްތައް އިމްޕޯޓްކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox