އާސެނަލް ބަލިކުރަން ޔުނައިޓެޑަށް އެނގޭނެ، ޕްލޭނެއް އެބައޮތް: ޓެން ހާގް

Jan 22, 2023, 4:35 AM
އާސެނަލް ބަލިކުރަން ޔުނައިޓެޑަށް އެނގޭނެ، ޕްލޭނެއް އެބައޮތް: ޓެން ހާގް

ލަންޑަން (ޖެނުއަރީ 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުން އާސެނަލް ދަނޑުގައި އެ ޓީމު ބަލިކުރަން މެންޗެސްޓާ ޔުނައިޓެޑަށް އެނގޭނެ ކަމަށާއި އެކަން ކުރަން ޕްލޭނެއް ވެސް އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ލީގުގެ އެއް ވަަނައިގައި އޮތް އާސެނަލާއި ހަތަރު ވަނައިގައި އޮތް ޔުނައިޓެޑްގެ ކުރިމަތިލުމަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާ ސަބަބަކީ މި މެޗަކީ ލީގު ހޯދުމުގެ ރޭހަށް ބަލާއިރު ވެސް މުހިންމު މެޗަކަށް ވާތީ އެވެ. އާސެނަލާއި ޔުނައިޓެޑާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އޮތްއިރު، އެ އަށް މި މެޗުގެ ނަތީޖާ އަށް ފަހު އެ ޓީމެއް ބޭނުންވާނެ ގޮތަށް، ބަދަލު އަންނާނެ ގޮތެއް ހެދުމަށް ދެ ޓީމުން ވެސް ސަމާލުކަން ދޭނެ އެެވެ.

ޔުނައިޓެޑުން މި މެޗާ ކުރިމަތިލާއިރު، ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެންމެ ފަހުން، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ މިޑްފީލްޑަރު، ކަސެމީރޯ ހޯދި ރީނދޫ ކާޑާ އެކު، ޑޮމެސްޓިކް ސީޒަނުގައި ޖުމްލަ ފަސް ރީނދޫ ކާޑު ހަމަވެ، އާސެނަލް މެޗަށް ސަސްޕެންޑްވުމެވެ.

ޓެން ހާގް ބުނީ ކަސެމީރޯ ނުލައި، ވެސް އާސެނަލް ބަލިކުރެވޭނެ ކަމަށެވެ.

ކުރިން އަޔަކްސް އަށް ކޯޗުކޮށްދިން، ޓެން ހާގް، މި ސީޒަނުގައި ޔުނައިޓެޑާ ހަވާލުވެ، މިހާތަނަށް ނުކުތް 29 މެޗުގެ ތެރެއިން 21 މެޗުން ވަނީ މޮޅުވެފަ އެވެ. މޮޅުވި މެޗުތަކުގެ ތެރޭގައި ސެޕްޓެމްބަރު މަހުގައި އާސެނަލް އަތުން މޮޅުވި މެޗު ވެސް ހިމެނެ އެވެ.

"އަހަރެން ބުނާނީ އާސެނަލް އެ އޮތް މަގާމުގައި އޮންނަން އެ ޓީމަށް ހައްގޭ، އެ މީހުން ވަރަށް ރަނގަޅު ސްޓްރަކްޗާއެއްގެ ތެެރެއިން ރަނގަޅު ސިސްޓަމެއްގެ ތެރެއިން ވިސްނުންތެރިކަމާ އެކު އެ މަސައްކަތް ކުރަނީ. މުޅި ޓީމުގެ ވިސްނުން ވެސް އެއްގޮތްވެފައި، ޓިމެއްގެ ގޮތުގައި އެ ކުރާ ހިތްވަރުން އެ މީހުން އެއް ވަނައިގައި އެ އޮތީ،" ޓެން ހާގް ބުންޏެވެ.

"ތެދެއް، ސެޕްޓެމްބަރު މަހު އަހަރެމެން ދެ ޓީމު ބައްދަލުކުރި މެޗާ އަޅާކިޔާއިރު، ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ، އެކަމަކު، އަހަރެން ބުނާނީ ޔުނައިޓެޑަށް އަދިވެސް އާސެނަލް ބަލިކުރަން އެނގޭނެއޭ، އަހަރެމެން އަތުގައި އެކަން ކުރެވޭނެ ޕްލޭނެއް ވެސް އެބައޮތް،"

ޔުނައިޓެޑް އެންމެ ފަހުން ކުުޅުނު 10 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އެކަމަކު، ބުދަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސްއާ އެއްވަރުވުމުން ޔުނައިޓެޑުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ވަނީ ނުވަ މެޗަށް ފަހު ނިމުން އަތުވެފަ އެވެ.

ލީގުގައި އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް އާސެނަލުން އަމިއްލަ ދަނޑުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ މޮޅުވެފަ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މިރޭގެ މެޗަށް ނުކުންނައިރު، ކުރިން ކުޅުުނު އެއްވެސް މެޗެއްގައި ކަންތައްތައް ހިނގާފައިވާ ގޮތާ މެދު ނުވިސްނާނެ ކަމަށެެވެ. އަބަދުވެސް ފޯކަސް އަކީ ކުރިއަށް އޮތް މެޗުގައި ޓީމު މޮޅުކުރެވޭނެ ހުރިހާ ކަމަކަށް ވިސްނުމަށް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox