ދިވެހިރާއްޖެއަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެއާއެކު ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރައްވައިފި އެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް މިއަދު ރާއްޖެ ވަޑައިގެންނެވި ޑރ. ޖަޔަޝަންކަރު ރާއްޖެއާއެކު މިއަދު ސޮއި ކުރެއްވީ، ގްރާންޓު އެހީއެއްގެ ގޮތުގައި 100 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމަކާއި ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ އެއްބަސްްވުމުގައި އަދި ދެ ކަނޑު އެމްބިއުލޭންސް ހަދިޔާ ކުރުމުގެ އެއްބަސްވުމުގަ އާއި އެމްއެމްޔޫއާއެކު އޮތް ފުޅާ ކުރުމަށްވި އެއްބަސްވުމެއްގަ އެވެ.
އެއްބަސްވުމުގައިވާ ގޮތުން 100 މިލިއަން ރުފިޔާގެ ގްރާންޓުން ހަރަދު ކުރަންޖެހޭނީ ހައި އިމްޕެކްޓު ޕްރޮޖެކްޓުތަކަށް ނުވަތަ މުޖްތަމައަށް ފައިދާ ކުރާނެ ޕްރޮޖެކްޓުތަކަށެވެ. އެއްބަސްވުމުގައިވާ ގޮތުން ގައްދޫގައި އަޅާ ކޮމްޕްލެކްސްގައި ބެޑްމިންޓަން، ނެޓްބޯލް، ވޮލީވޯލް، ކެރަމް އަދި ބިލިއާޑްސް ކުޅެވެންޖެހޭނެ އެވެ.
އެމްއެންޔޫއާއެކުވި އެއްބަސްވުމުގެ ދަށުން ހަޔާ އެޑިއުކޭޝަން، ދިރާސާ އަދި ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި އިންޑިއާގެ އެހީ ލިބޭނެ ކަމަށް އެއްބަސްވުމުގައި ލިޔެފައިވެ އެވެ.












