ދިގު ވާހަކަ: ކެތް ކުރާނަން

ދިގު ވާހަކަ: ކެތް ކުރާނަން

21 ވަނަ ބަޔާ ގުޅޭ

ދެ ފަހަރަކު އެސްފިޔަ ޖަހައިލީމެވެ. ހީވީ ފުލެޝް ލައިޓެއްގެ އަލި އެޅުނު ހެންނެވެ. އެއާއެކު މަންޒަރު ބަދަލުވި އެވެ. ދެން ފެނުނީ ފިރިހެނެއްގެ ފައިތިލަ އެވެ. ބޮޑުވައި އިނގިލީގައި ހުރީ ލޭގެ އަސަރެވެ. ތިކިތަކެއްގެ ގޮތުގައި ހުރި ލެޔެވެ. އެކިވަރުގެ ލޭ ތިއްކެވެ. އެ ތިކިތައް ހުރީ ކަށިމައްޗާ ދިމާއަށް އަރައިފަ އެވެ. ކަށިމަތީގައި ހުރި އިސްތަށިތަކުގައި ލޭ ހުރީ ތަތްވެފަ އެވެ. ހިކިފަ އެވެ. ހީވަނީ ފިލްމެއްގެ މަންޒަރު ފެންނަ ހެންނެވެ. އިރުކޮޅަކުން ފެނުނީ އޭނާގެ ހާމަކަން ބޮޑު ތަނަވަސް އޮމާން މޭ މައްޗެވެ. މުޅި މޭގައި ހުރީ ވެސް ލެޔެވެ. ކަޅުކަން ގަދަ ގަނޑު ލެޔެވެ. އޭނާގެ ކަރު ދަށުގައި ވެސް ހުރީ ލެޔެވެ. ދަތްދޮޅީގައި ވެސް ލެޔެވެ.

އަނެއްކާ އެއީ މިނި ލޭ ބޯ މީހަކީ ހެއްޔެވެ؟ އޭނާގެ ގައިގައި ލޭ ހުންނާންވީ ކީއްވެ ހެއްޔެވެ؟ ނިވާކަމެއް ނެތި އޭނާ ހުންނާންވީ ކީއްވެ ހެއްޔެވެ؟ ހައްތަހާ ވެސް ސުވާލެވެ. ސުވާލަކަށްފަހު އުފެދެނީ ވެސް ސުވާލެވެ. ޖަވާބު ނުލިބޭ ސުވާލެވެ.

މަޑުމަޑުން އެސްފިޔަ ޖަހައިލެވޭތޯ ބެލީމެވެ. ފަސޭހަކަމާއެކު އެކަން ވެއްޖެ އެވެ. މި ފަހަރު ފެނުނު މަންޒަރު ސާފެވެ. ކުރިން ފެނުނު މަންޒަރުތަކަށް ވުރެ މާ ބޮޑަށް ވެސް ސާފެވެ.

ލޯ މަރައިލުމުން އެ ފެންނާންފެށީ ކޮން މަންޒަރެއް ހެއްޔެވެ؟ އެއީ ފިލްމެއް ހެއްޔެވެ؟ އަހަންނަށް މި ބެލެނީ ފިލްމަކީ ހެއްޔެވެ؟ ހުރިހާ އިރު މި އޮވެވުނީ ހުވަފެނެއްގައި ހެއްޔެވެ؟ ނޫނެކެވެ. ފިލްމެއް ބަލައިގެން މި ވަރުގެ ވޭނެއް ތަހައްމަލު ކުރާކަށް ނުޖެހޭނެ އެވެ. ހުވަފެނެއް ބަލައިގެން މި ގޮތަށް ލޭކޮށިފައި އޮންނާކަށް ވެސް ނުޖެހޭނެ އެވެ.

ކަންކަން ހަނދާން ނެތުނީ ކީއްވެ ހެއްޔެވެ؟ އަހަންނަކީ ކާކު ހެއްޔެވެ؟ އަހަރެން މިއީ ކޮން ރަށެއްގެ މީހެއް ހެއްޔެވެ؟ ކުއްލިއަކަށް އެ ހުރިހާ ކަމެއް ވެސް ހަނދާން ނެތިއްޖެ އެވެ. އަހަރެންގެ އެއްވެސް މީހަކު އުޅޭނެ ހެއްޔެވެ؟ އަހަރެން މިތަނަށް ގެނައީ ކާކު ހެއްޔެވެ؟ ޕުލާސްޓަރު އަޅައިފައި ފެންނަން އެ އޮތީ އަހަރެންގެ ފައިތިލަ ހެއްޔެވެ؟ އަތުގައި މި ހުރީ ކޮން ބެންޑޭޖެއް ހެއްޔެވެ؟

މަޑުމަޑުން ކަންކަން ހަނދާންވޭތޯ މަސައްކަތް ކުރާން ފެށީމެވެ. ފެންނަނީ ހުސް މަންޒަރުތަކެކެވެ. ހުދުކުލައިގެ ކަރުދާސް ގަނޑެއް ފަދަ އެއްވެސް އެއްޗެއް ތަނެއް ނެތް މަންޒަރެކެވެ. ލޯ މަރައިލީމެވެ. ލޯ މަރައިލާ އިރަށްފެންނަނީ ރަތްކުލަ އެވެ. ލެޔެވެ. އަނެއްކާ ލޯ ހުޅުވާލީމެވެ. ލޯ މަރައިލުމުން ފެނުނު މަންޒަރު، ލޯ ހުޅުވާލުމުން ވެސް ފެނުނެވެ. ހީވީ އެ މަންޒަރު ލޮލުގައި ތަތްވެފައިވާ ހެންނެވެ. ފަތިހަށި ފުޅާ އެ ފިރިހެންވަންތަ މޭމައްޗެވެ. އެ މޭ މަތީގައި ހުރި ލެޔެވެ.

އަހަންނަށް ވިސްނައިލެވުނެވެ. ލޯ މަރައިލަން ހިތަށް އައީ އެހައި ހިސާބުންނެވެ. ލޯ މަރައިލުމުން އެ ފެންނަމުންދާ މަންޒަރުތަކުން އަހަންނަށް ކަންކަން ހަނދާންކުރެވިދާނެ ކަމަށް ހިތްބުނުމުންނެވެ. އެހެންވެ ތަންކޮޅެއް ހަމަޖެހިލައިގެން އޮވެ ލޯ މަރައިލީމެވެ.

ލޯ މަރައިލުމާއެކު އެއްކަލަ ފިލްމީ މަންޒަރުތައް ނިމުނު ހިސާބުން ފެށުނު ހެން ހީވި އެވެ. ދެ ހަފުތާ ވަރަށް ދިގުވެފައިވާ ތުނބުޅި އާ ގުޅިފައިވާ ކަނދުރާ އެވެ. ކަންފަތާ ދިމާއިން ފެވިފައިވާ ލޯބީގެ ނިޝާނެވެ. ކަންފަތާ ހަމައަށް ދިގުކޮށްލެވިފައިވާ އިސްތަށިގަނޑެވެ. ދެން ފެނުނީ އޭނާގެ ދެ ބުމަ އެވެ. ބާޒުގެ ދެ ލޮލެވެ. ދިގު ނޭފަތެވެ. ރީތި ކޯތާފެތެވެ. ފިރިހެންވަންތަ އެ ލޯބި ލޯބި މޫނެވެ.

އެއީ ކާކު ހެއްޔެވެ؟ އަހަންނާ ގުޅުން ހުރި މީހަކީ ހެއްޔެވެ؟ އެ ޚިޔާލުގައި އޮއްވާ އޭނާ ހިނިތުންވެލި މަންޒަރު ފެނުނެވެ.

"ލަބީ!"

އެއީ އަހަރެންގެ އަޑުކަން އަހަންނަށް ޔަގީންވި އެވެ. އެ މަންޒަރުގެ ތެރެއިން އަހަރެންގެ އަޑު އިވެންވީ ކީއްވެ ހެއްޔެވެ؟ ތަންކޮޅެއް ފުންކޮށް ވިސްނާން އޮތީމެވެ.

"ލަބީ! ތިހެން ނަހަދާ! އަހަންނަށް އަނިޔާ ނުކުރޭ. އާދޭސްކޮށްފަ."

އަހަންނަށް އިވުނީ ވޭނީ އަޑެކެވެ. ސަލާމަތަށް އެދި ސަލާން ޖަހަމުން ރޮމުން ގިސްލަމުން ދިޔަ އަޑެވެ.

"ކަލޭ ހީކުރީ އަހަންނަކީ ކަލޭ ކޮންމެ ކަމެއް ކުރިޔަސް އޯކޭ ވެގެން ހުންނާނެ މީހެއް ކަމަށްތަ؟"

ފިރިހެން އަޑުގައި ހުރީ ނުރުހުމެވެ. ނަފުރަތެވެ. އޭނާ ހުރީ ރުޅިވެރިކަމުގެ އިންޒާރުގެ ބަސްމަގެވެ. ހިތްހަމަ ނުޖެހުމުގެ އަސަރުތަކެއް ހިމެނޭ ބަސްމަގެވެ.

"ކަލޭ އެހެން މީހަކަށް ބޭނުން ނުކުރެވޭ ވަރުކޮށްލާނަން."

އޭނާގެ ހަމަލާ އަމާޒުވީ ވެއްޓިފައި އޮތް އަންހެން މީހާއަށެވެ. އޭނާގެ ދަށްބަނޑަށެވެ. ފައި ކުރުކޮށްފައި ދެ ފަހަރަކު އޭނާ ޖެހި އެވެ. ނިވާކަމެއް ނެތް އެ އަންހެން ކުއްޖާ ވޭނުން ފުރިގެންވާ ގޮތަކަށް ހަޅޭއްލަވާ ގަތެވެ. ގިސްލަން ފެށި އެވެ. ފިރިހެން މީހާގެ ހިތުގައި ރަހުމެއް ނެތެވެ. ހަމްދަރުދީގެ ކަންފުޅެއް ވެސް ނެތް ކަހަލަ އެވެ. އެހެން ނޫން ނަމަ އޭނާގެ ގައިގައި ހުރި ބާރެއް ލައިފައި އެ ވަރަކަށް ނުތެޅީހެވެ.

ފިރިހެން މީހާ ހުރީ ދާ ހިއްލާ ފޯވެފަ އެވެ. އޭނާގެ ގައިން އޮހެމުންދާ ދާތިކިތައް އެކި ދިމަދިމާއަށް ބުރަބުރައިގެން ދިޔަ އެވެ. އޭނާ ގުދުވެލި އެވެ. އަތަށް ހެޔޮކޮށްލީ ކުޑަވަރެއްގެ ލަކުޑި ގަނޑެކެވެ. ހޫރައިލި ލަކުޑި ގަނޑާއެކު ލޭތައް ބުރަބުރައިގެން ދިޔަ އެވެ. އަހަންނަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. ނޭވާ އަވަސްވެ މީހާ ދެ ލޯ ބޮޑުކޮށްލެވުނެވެ.

ކުއްލިއަކަށް ހަނދާނަށް އަންނަން ފެށީ އެ ވޭނީ އަޑެވެ. އެ މަންޒަރުތަކެވެ. އެއީ އަހަންނަށް އަމާޒުވި ހަމާލާތަކެއްކަން ޔަގީންވުމުން ބޮލުގައި އަތްޖައްސާލީމެވެ. ހަމަ އެތަނުގަ އެވެ. އަތް ޖެހުނީ ބެންޑޭޖުގަ އެވެ. އެހައި ހިސާބުން ޔަގީންވި އެވެ. އަހަންނަށް މަޑުމަޑުން އެ ނަން ކިޔައިލެވުނެވެ.

"ލަބީ! ލަބީ!" ތަކުރާރުކޮށް އެ ނަން ކިޔައިލެވުނެވެ.

ހަނދާންވާން ފެށި އެވެ. އެއީ ލަބީބެވެ. އެހެންވެ ދެ ފަހަރަކު އެ ނަން ކިޔައިލީމެވެ. ފެނުނު ފިރިހެން މީހާގެ ސިފައާއި ލަބީބުގެ ސިފައާއި ނަމާ ގުޅޭކަން އަހަންނަށް ފާހަގަކޮށްލެވުނެވެ.

"ލަބީބު ކީއްވެ އަނިޔާ!" އަހަންނަށް ބުނެލެވުނެވެ.

"ވަރަށް ގިނަ ސުވާލުތައް އެބަހުރި. އެކަމަކު ނިޒޫ ހަމައަކަށް އެޅުމުން އަހަރުމެން ވެސް ތި ހުރިހާ ސުވާލެއްގެ ޖަވާބު ދޭނަން." އަހަންނަށް އިވުނީ އަންހެނެއްގެ އަޑެވެ.

އެ އަޑު އިވުމާއެކު ބަލައިލެވުނީ އަޑު އައި ދިމާއަށެވެ. އެއީ ޔުނީފޯމުގައި އިން އަންހެން ފުލުހެކެވެ. އޭނާ ލުއި ގޮތަކަށް ހިނިތުންވެލި އެވެ. ކަން ވީގޮތް ކިޔައިދޭށޭ ބުނާ ކަހަލަ ގޮތަކަށް އޭނާ ބަލައިލި އެވެ.

"ކޮބާ ލަބީ؟" އަހަންނަށް އަހައިލެވުނެވެ.

"ލަބީ! ލަބީ،" އޭނާ މައުޟޫއު ބަދަލުކޮށްލި އެވެ. "ކިހިނެއްވީ ލަބީބު ތި ވަރު ކަމެއް ކޮށްލާން ޖެހުނީ؟"

"ނޭނގެ! އަހަންނަށް ގިނަ ކަންކަން ހަނދާނެއް ވެސް ނެތް. އެކަމަކު ލޯ މަރައިލުމުން ހުރިހާ ކަމެއް އެބަ ސިފަވޭ." އަހަންނަށް ބަލައިލެވުނީ އޭނާގެ ޔުނީފޯމުގައިވާ ނަމަށެވެ.

"މާޒިޔާ." އެ ނަން ކިޔައިލީމެވެ.

ބަދަލުގައި އޭނާ ހިނިތުންވެލި އެވެ. މަޑުމަޑުން ބޯ ޖަހައިލި އެވެ.

"މާޒީ." އޭނާ އަމިއްލައަށް ކުރު ނަން ވެސް ބުނެލި އެވެ.

އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.

"އެހެންވީމަ ލޯ މަރައިލައިގެން އޮވެ ކަންކަން ހިނގި ގޮތް، މަންޒަރުތައް ފެންނަ ގޮތް ކިޔައިދޭންވީނު ދޯ! އަހަރެން ތަހުގީގަށް ޓަކައި ރެކޯޑުކޮށްލަން." މާޒިޔާ ދައްކައިލީ އޭނާގެ ފޯނެވެ.

ފޯނު ފެނުމާއެކު އަހަރެންގެ ދެ ލޯބޮޑުވި އެވެ. ނޭވާ އަވަސްވި އެވެ. ފާޑަކަށް ބިރު ގަންނަ ކަހަލަ ގޮތެއް ވެސް ދިމާވި އެވެ. ހަނދާނަށް އަންނަން ފެށީ މުޅީން ތަފާތު މަންޒަރުތަކެކެވެ. އަހަރެންގެ ހަނދާނަން އަންނަމުން ދިޔަ ހަމަ ކޮންމެ މަންޒަރެއް ކޮންމެ ކަމެއް މާޒިޔާއަށް އިވޭވަރަށް ކިޔައިދެމުން ދިޔައީމެވެ.

ފޯނުން ފޭސްބުކަށް ވަދެވުނުކަމާއި ޕާސްވޯޑު ބަދަލުވިކަމާއި އެވަރުން ނުވެގެން ބާލިދީއަށް ފޯނު ކޮށްޕާލިކަން އޭނާއަށް ހިއްސާކުރީމެވެ. އެއަށްފަހު، ދެން ކަންތައްވީ ގޮތްތަކުގެ މައުލޫމާތު ވެސް ހިއްސާކުރީމެވެ. ހަނދާނަށް އަންނަމުން ދިޔަ ވަރަކަށް އެ މަންޒަރުތައް އޭނާއަށް ކިޔައިދެމުން ދިޔައީމެވެ. ލޯ މެރެންދެން ކަންކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު ހިއްސާކުރީމެވެ.

"އޯކޭ! މިހާރު ދެން ކަންކަން ވީގޮތް ސާފުވެއްޖެ!" މާޒިޔާ ބުނެލި އެވެ.

"ލަބީބު ކޮބާ؟" އަހަންނަށް އަހައިލެވުނެވެ.

"ފިރިމީހާއަށް އެއްވެސް ކަމެއް އެނގޭނެތަ؟" މާޒިޔާ އަހައިލި އެވެ.

"ފިރިމީހާ؟" އަހަންނަށް ކުރެވުނީ ސުވާލެކެވެ.

"ނިޒޫގެ ފިރިމީހާ ރިޔާޒު." މާޒިޔާ އޮޅުންފިލުވައިދިނެވެ.

"ރިޔާޒު. ރިޔާ.." އަހަންނަށް އެ ނަން ތަކުރާރުކޮށްލެވުނެވެ.

"ރިޔާ ދޯ ކިޔަނީ." މާޒިޔާ އަހައިލި އެވެ.

"އާނ! ކީއްވެ އަހަންނަށް ކަންކަން ހަނދާން ނުހުންނަނީ މި؟" އަހަރެން ސުވާލު އަމާޒުކޮށްލީ މާޒިޔާ އަށެވެ.

"ރިޔާމެން އެބަތިބި ބޭރުގަ. ވަރަށް ގިނަ އިރު ރިޔާ މި ތަނުގައި އިނދެފަ އެ ނުކުތީ." މާޒިޔާ ޖަވާބު ދިނީ އަހަރެން ކުރި ސުވާލަކަށް ނޫނެވެ.

"އަހަރެންގެ ހަނދާން ނުހުންނަނީ ކީއްވެ؟ ކީއްވެ އަހަރެން މި ތަނަނަށް ގެންނާން ޖެހުނީ؟ އަހަންނަށް މިހެން ހެދީ ކާކު؟" އަހަންނަށް ގުޑުވާ ނުލެވޭ ގޮތަށް ފައި ވެސް ހައްޔަރުކޮށްފައި އޮތްކަން އެނގުނީ ވެސް އެހައި ހިސާބުންނެވެ.

"ދެންމެ ތިޔަ ކިޔައިދިނީއެއްނު. ކަންކަން ވީގޮތް." މާޒިޔާ ބުނެލި އެވެ.

"ދެން! ހަނދާން."

"ހުރިހާ ކަމެއް ވެސް ވެގެން ދިޔައީ ލަބީބުގެ ފަރާތުން. އޭނާ އަނިޔާކުރީ. ލިބުނު އަނިޔާތަކުން މިހެން މި ދިމާވީ." މާޒިޔާ ބުނެލި އެވެ.

"މާނައަކީ؟"

"މާނައަކީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ހަނދާންނެތިފަ. ކޮންކަޝަނެއްގެ ސަބަބުން. އެކަމަކު އެބަ ވަރަށް އަވަހަށް ރިކަވަރވޭ. ޑޮކުޓަރ އިރުޝާދު ދިނީ ހަނދާންކޮށްގެން ވާހަކަތައް ކިޔައިދެވޭ ވަރަކުން ރިކަވަރ ވާލެއް އަވަސްވާނެ ކަމަށް." މާޒިޔާ ބުނެލި އެވެ.

"ދެން މިހާރު ލަބީބު ކޮބާ؟" އަހަރެން އަހައިލީމެވެ.

ތަކުރާރުކޮށް އެ ސުވާލުކުރުމުން ވެސް މާޒިޔާ އެ ސުވާލުގެ ޖަވާބު ދޭން ބޭނުން ނުވިކަން ވިސްނުނެވެ.

"ލާބީބު ދޯ؟" މާޒިޔާ ފުން ނޭވާއެއް ދޫކޮށްލި އެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox