ފާޑުކިޔުން އަމާޒުވެ ޖަރުމަނުގެ ޑިފެންސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ކްރިސްޓީން ލެމްބްރެކްޓް. -- ފޮޓޯ: ރޮއިޓާޒް

ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ކްރިސްޓީން ލެމްބްރެކްޓް. -- ފޮޓޯ: ރޮއިޓާޒް

ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ކްރިސްޓީން ލެމްބްރެކްޓް އިސްތިއުފާ ދެއްވައިފި އެވެ.

މިނިސްޓަރު އިސްތިއުފާ ދެއްވި އިރު، ޖަރުމަނުގައި އުފެއްދި ޓޭންކުތަކެއް ޔޫކްރެއިނަށް ފޮނުވަން ހުއްދަ ދިން މައްސަލަ ވަނީ ހޫނުވެފަ އެވެ.

އޭގެ އިތުރުން ޔޫކްރެއިނަށް 5000 އަސްކަރީ ހެލްމެޓް ފޮނުވަން ނިންމިކަން އިއުލާން ކުރެއްވުމުން ވެސް ގިނަ ބަޔެއްގެ މަލާމާތް މިނިސްޓަރަށް އަމާޒުވި އެވެ.

ޖަރުމަނުގެ އަސްކަރީ ފައުޖު މިހާރަށް ވުރެ ވަރުގަދަ ކުރުމުގައި މިނިސްޓަރު ފެއިލްވެފައިވާ ކަމަށް މީހުން ވަނީ ތުހުމަތުކޮށްފަ އެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު އަސްކަރީ ފައުޖު ވަރުގަދަ ކުރަން ދައުލަތުގެ ބަޖެޓުން 100 ބިލިއަން ޔޫރޯ ހަމަޖެއްސި އެވެ.

އޭގެ އިތުރުން އަސްކަރީ ހެލިކޮޕްޓަރެއްގައި ފިރިހެން ދަރިފުޅާ އެކު ދަތުރެއް ކުރެއްވިކަން ފަޅާއެރުމުން ވެސް އެކަމަނާއަށް ފާޑުކިޔުން އަމާޒުވި އެވެ.

އެހެން ނަމަވެސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އާ އަހަރާ ދިމާކޮށް ޕޯސްޓު ކުރި ވީޑިއޯއެއްގެ މައްސަލައިގަ އެވެ.

އެ ވީޑިއޯގައި ބާލިންގެ އުޑުމަތިން ހަވާ އަރުވާ މަންޒަރު ފެންނަ އިރު ލެމްބްރެކްޓް ވާހަކަދެއްކެވީ ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ކުރިމަތިވެވަޑައިގެންނެވި "ޕޮޒިޓިވް" ކަންކަމާ ބެހޭ ގޮތުންނެވެ.

ޗާންސެލަރު އޯލާފް ޝޯލްޒްގެ ސޯޝަލް ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާލެމްބްރެކްޓްގެ އިސްތިއުފާގެ ސިޓީގައި މީޑިއާއަށް ފާޑިވުދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox