އިންޑިއާގެ 40 ޕަސެންޓް މުއްސަނދިކަން އޮތީ އާބާދީގެ އެންމެ ޕަސެންޓަކަށް

އިންޑިއާގެ އެންމެ ބޮޑު މަހުޖަނު ގޯތަމް އަދަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ އެންމެ ބޮޑު މަހުޖަނު ގޯތަމް އަދަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ވިހި އެކާވީސް ވަނަ އަހަރު އިންޑިއާގެ މުއްސަނދިކަމުގެ 40.5 ޕަސެންޓް އޮތީ އާބާދީގެ އެންމެ ޕަސެންޓަކަށް ކަމަށް އޮކްސްފަމްއިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

ފަގީރުކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާގެ ރިޕޯޓުގައި ބުނީ 2020 ވަނަ އަހަރު އިންޑިއާގައި ތިބީ 102 ބިލިއަނަރުން ކަމަށެވެ. ވިހި ބާވީސް ވަނަ އަހަރު އިންޑިއާގެ ބިލިއަނަރުންގެ އަދަދަކީ 166 އެވެ.

ރިޕޯޓުގައި ބުނީ "ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ހޯދުމުގެ ގާބިލްކަން" އިންޑިއާގެ އެންމެ ފަގީރު މީހުންނަށް ލިބިފައި ނުވާ ކަމަށެވެ.

އެ ޖަމިއްޔާއިން އިންޑިއާގެ ފިނޭންސް މިނިސްޓަރަށް ގޮވާލީ އެންމެ ބޮޑެތި މަހުޖަނުންގެ އަތުން ޓެކްސްއެއް ނަގައިގެން ނަހަމަކަން ނައްތާލުމަށެވެ.

އޮކްސްފަމްގެ ރިޕޯޓު "ސަވައިވަލް އޮފް ދަ ރިޗަސްޓް" ނެރުނީ ސްވިޓްޒަލޭންޑްގެ ޑާވޯސްގައި ވޯލްޑް އިކޮނޮމިކް ފޯރަމް ފެށުމާ ދިމާކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނީ އިންޑިއާގެ މުއްސަނދިކަން އާބާދީގެ މެދުގައި ބެހިފައި އޮތީ ވަރަށް ނަހަމަ ގޮތެއްގައި ކަމަށާއި 2012 އިން 2021 އަށް އުފެދުނު 40 ޕަސެންޓް މުއްސަނދިކަން އޮތީ އާބާދީގެ އެންމެ ޕަސެންޓަކަށް ކަމަށެވެ.

އެންމެ ފަގީރުންގެ ގޮތުގައި ހިމެނޭ އާބާދީއަށް ލިބުނީ އެ މުއްސަނދިކަމުގެ އެންމެ ތިން ޕަސެންޓެވެ.

ވިހި ބާވީސް ވަނަ އަހަރު އިންޑިއާގެ އެންމެ ބޮޑު މަހުޖަނު ގޯތަމް އަދަނީގެ މުއްސަނދިކަން 46 ޕަސެންޓު އިތުރުވި އެވެ. އިންޑިއާގެ އެންމެ މުއްސަނދި 100 މީހުންގެ ޖުމްލަ މުއްސަނދިކަން 660 ބިލިއަން ޑޮލަރަށް އަރަ އެވެ.

މުއްސަނދިންގެ އިންޑެކްސްގައި 2022 ވަނަ އަހަރު އަދަނީ ހިމެނުނީ ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު މަހުޖަނުގެ ގޮތުގަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު އެންމެ ބޮޑު މުއްސަނދިކަމެއް ލިބުނު މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ވެސް އޮތީ އޭނާގެ ނަމެވެ.

އޮކްސްފަމްއިން ބުނީ މުއްސަނދިން މުއްސނދިވަމުން ދާއިރު، އެންމެ ފަގީރު މީހުންނާއި މެދު ފަންތީގެ މީހުންގެ އަތުން ނަގާ ޓެކްސް މުއްސަނދިންގެ އަތުން ނަގާ ޓެކްސްއަށް ވުރެ ގިނަ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީގެ 64 ޕަސެންޓު ލިބުނީ އާބާދީގެ އެންމެ ފަގީރު 50 ޕަސެންޓު މީހުންގެ އަތުންނެވެ. އެންމެ މުއްސަނދި 10 ޕަސެންޓު މީހުންގެ އަތުން ޖީއެސްޓީގެ ގޮތުގައި އެންމެ ހަތަރު ޕަސެންޓެވެ.

"އިންޑިއާގެ މިސްރާބު ހުރީ ހަމައެކަނި މުއްސަނދިންނަށް ހާއްސަ ގައުމެއްގެ ގޮތުގައި ތަރައްގީވުމަށް،" އޮކްސްފަމްގެ ސީއީއޯ އަމީތާބް ބޭހަރް ވިދާޅުވި އެވެ.

"އިންޑިއާގެ ހިންދޫއިންގެ ތެރެއިން އޮންނަ އެންމެ ދަށް ފަންތީގެ ދާލިތު މީހުންނާއި، އަދިވާސީންނާއި، މުސްލިމުންނާއި، އަންހެނުން އަދި ނުރަސްމީ މަސައްކަތްތައް ކުރާ މީހުންގެ ދިރިއުޅުން ވަރަށް ބޮޑަށް ދަތި،" އޭނާ ވިދާޅުވި އެވެ.

ރިޕޯޓުގައި ބުނީ ކޯޕޮރޭޓް ޓެކްސް ކުޑަވުމާއި، ޓެކްސް ނެގުމުގައި ހުރި ލުއިތަކާއި އެހެނިހެން އުސޫލުތަކާ ހެދި މި ވަގުތު މުއްސަނދިންނަށް ވަރަށް ފައިދާވަމުންދާ ކަމަށެވެ.

އެކަން ރަނގަޅު ކުރުމަށް އޮކްސްފަމްއިން އިންޑިއާގެ ފިނޭންސް މިނިސްޓަރަށް ގޮވާލީ މުއްސަނދިކަމުން ނަގާ ޓެކްސްއެއް ކުރިއަށް އޮތް ބަޖެޓާ އެކު ތައާރަފު ކުރުމަށެވެ.

ރިޕޯޓުގައި ބުނީ އިންޑިއާގެ ބިލިއަނަރުންގެ އަތުން ދެ ޕަސެންޓުގެ ޓެކުހެއް ނެގި ނަމަވެސް، އެ ގައުމުގެ ބަނޑަށް ޖެހިފައިވާ މީހުންނަށް ކުރިއަށް އޮތް ތިން އަހަރުގެ ކެއުން ހަމަޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox