އިމްރާން ހާންގެ އަމުރަށް ޕަންޖާބް ޕްރޮވިންސްގެ މަޖިލިސް އުވާލައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ އަމުރަށް، އެ ގައުމުގެ އެންމެ އާބާދީ ބޮޑު ޕަންޖާބް ޕްރޮވިންސްގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި އެވެ.

އިމްރާން ހާން މަގާމުން ދުރުކުރީ މިދިޔަ އެޕްރީލް މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އާ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ ޝެހްބާޒް ޝަރީފް އެވެ.

އޭގެ ފަހުން ސިޔާސީ ގޮތުން ހަލަބޮލިވެފައިވާ އިރު އިގުތިސާދީ ބޮޑު ކާރިސާއެއް ވެސް ވަނީ ކުރިމަތިވެފަ އެވެ. ދަރަންޏާއި އިންފްލޭޝަން އަދި ޑޮލަރު ނެތުމުގެ މައްސަލަ ބޮޑެވެ.

އިމްރާން ހާންއާ އެކު ކޯލިޝަން ހަދާފައިވާ ޕެރްވޭޒް އެލާހީގެ ސަރުކާރުގެ ބަދަލުގައި ޕަންޖާބަށް ވަގުތީ ޗީފް މިނިސްޓަރެއް އައްޔަނު ކުރަން އެ ޕްރޮވިންސުގެ ގަވަރުނަރު ބާލިގުއްރެހްމާން އެންގެވި އެވެ.

އެ ޕްރޮވިންސްގެ މަޖިލިސް އުވާލައި އިމްރާން ހާންގެ ޕާކިސްތާން ތެހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއާ އެކު އެލާހީ ވެސް ބޭނުންވަނީ އާ އިންތިހާބެކެވެ.

ޕާކިސްތާނުގެ 220 މިލިއަނެއްހާ މީހުން ދިރިއުޅޭ ޕަންޖާބްގެ އާ އިންތިހާބު ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ އެވެ.

ޕަންޖާބްގެ އިތުރުން ޕީޓީއައިގެ މަގްބޫލުކަން ބޮޑު ހައިބަރް ޕަހްތުންހްވާ ޕްރޮވިންސްގެ މަޖިލިސް އުވާލާނެ ކަމަށް ބެލެވެ އެވެ.

ޕާކިސްތާނުގެ ޕްރޮވިންސްތަކުގެ އިންތިހާބު ބާއްވަނީ އާއްމު އިންތިހާބާ އެއްކޮށެވެ. އެހެން ނަމަވެސް، ވަކިން އިންތިހާބު ބޭއްވުމަށް ގާނޫނުން މަނާ ނުކުރެ އެވެ.

އާއްމު އިންތިހާބު ތާވަލުކޮށްފައި ވަނީ އޮކްޓޯބަރު 2023 އަށެވެ. އިންތިހާބުގެ ކުރިން ޕީޓީއައިއިން ހިންގަމުންދާ ކަންކަމުގެ ސަބަބުން ޝަރީފްގެ ސަރުކާރަށް ވަނީ މާލީ ގޮތުންނާއި ލޮޖިސްޓިކްސްގެ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.

ޕީޓީއައިގެ ތަރުޖަމާނު ފަވާދު ޗައުދަރީ ބުނީ މަޖިލިސްތައް އުވާލުމަކީ "ސަރުކާރަށް ޕްރެޝަރު ކުރުމުގެ އުކުޅެއް" ކަމަށެވެ. އުމުރުން 76 އަހަރުގެ އިމްރާން ހާން ބޭނުންވަނީ އާއްމު އިންތިހާބު އަވަސް ކުރުމަށެވެ.

އެހެން ނަމަވެސް، ޝަރީފްގެ ސަރުކާރުން އެ ގޮތް ބޭނުމެއް ނުވެ އެވެ. ސަރުކާރުގެ އުއްމީދަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ އާއި އިތުރު ލޯނާ އެކު އިގުތިސާދު ހަމައަކަށް އަޅުވައި، ތާއީދު އިތުރުވުމުން އިންތިހާބު ބޭއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox