މަހެއްގެ ތެރޭގައި ޗައިނާއިން ކޮވިޑު ޖެހިގެން 60،000 މަރު

ޗައިނާގައި ކޮވިޑް ބަލި މީހުންނަށް ހާއްސަ ފެސިލިޓީއެއް. -- ފޮޓޯ: ޝަޓާސްޓޮކް

ޗައިނާގައި ކޮވިޑް ބަލި މީހުންނަށް ހާއްސަ ފެސިލިޓީއެއް. -- ފޮޓޯ: ޝަޓާސްޓޮކް

އެއް މަސް ތެރޭގައި ޗައިނާއިން ކޮވިޑް ޖެހިގެން 60،000 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ތަފާސްހިސާބުން ދައްކައިފި އެވެ.

މިއީ "ޒީރޯ ކޮވިޑް" ސިޔާސަތު އުވާލި ފަހުން ރަސްމީކޮށް މަރުތަކުގެ އަދަދު ހާމަކުރި ފުރަތަމަ ފަހަރެވެ. ހަގީގީ ހާލަތު ފޮރުވަން ޗައިނާއިން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ހަގީގީ އަދަދުތައް ހާމަަނުކުރާ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށް، ހޮނިހިރު ދުވަހު އެ ގައުމުގެ އޮފިޝަލުން ބުނީ ޑިސެމްބަރު އަށް ވަނަ ދުވަހުން ޖެނުއަރީ 12 ވަނަ ދުވަހަށް 59،938 މީހުން މަރުވި ކަމަށެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ ސިއްހީ މައްސަލަތައް ހުރި އުމުރުން 80 އަހަރުން މަތީގެ މީހުންނެވެ.

މަރުވި މީހުންގެ ތެރެއިން ސީދާ ކޮވިޑް ވައިރަހުގެ ސަބަބުން ނޭވާލާ ނިޒާމު ފެއިލްވެ 5،503 މީހުން މަރުވި އެވެ. ބާކީ 54،435 މީހުން މަރުވީ ކޮވިޑް ޖެހިފައި ވަނިކޮށް ކުރިން ވެސް ހުރި ސިއްހީ މައްސަލަތައް ގޯސްވެގެންނެވެ.

މިދިޔަ މަހު ޗައިނާއިން ގެނައި ބަދަލުގެ ދަށުން ކޮވިޑް މަރެއްގެ ގޮތުގައި ބަލަނީ ހަމައެކަނި ނޭވާލުމުގެ މައްސަލަ ދިމާވެ މަރުވާ މީހުންނެވެ. އެއީ ޑަބްލިއުއެޗްއޯގެ ލަފައާ ހިލާފު ބަދަލެކެވެ.

ޑަބްލިއުއެޗްއޯގެ ލަފަޔަކީ "އެކްސެސް" މަރުތައް ވެސް ގުނުމެވެ. އެއީ ބަލިމަޑުކަމުގެ ކުރިން އެވްރެޖުކޮށް މީހުން މަރުވި މިންވަރަށް ވުރެ އިތުރުވާ ހުރިހާ މަރެއް ކޮވިޑް މަރެއްގެ ގޮތުގައި ބެލުމަށެވެ.

ޗައިނާ ސަރުކާރުން ބުނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް ރާޅުގެ ޕީކް ކުރިމަތިވީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ކަމަށެވެ. އެކަމަކު އަދިވެސް އަދަދުތައް ދަށެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox