އިންޑިއާ ކޭމްޕަށް ފުރާ ގައުމީ އެތުލެޓިކްސް ޓީމަށް ހާއްސަ އިވެންޓެއް

Jan 13, 2023, 7:17 PM
އިންޑިއާގެ ޓްރެއިނިން ކޭމްޕަށް ފުރާ އެތުލީޓުންނަށް މިރޭ ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: އިންޑިއާ އެމްބަސީ

އިންޑިއާގެ ޓްރެއިނިން ކޭމްޕަށް ފުރާ އެތުލީޓުންނަށް މިރޭ ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: އިންޑިއާ އެމްބަސީ

މި އަހަރު ފަހުކޮޅު މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް އަށް ޓާގެޓްކޮށްގެން، ގައުމީ އެތުލެޓިކްސް ޓީމު، އިންޑިއާގައި ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ކޭމްޕަށް ފުރުމުގެ ކުރިން، އެތުލީޓުންނަށް ހާއްސަ އިވެންޓެއް މިރޭ ބާއްވައިފި އެވެ.

ރާއްޖޭގެ ރިލޭ ޓީމަށް ބޮޑަށް ފޯކަސްކޮށް، ދެ ބަޔަކަށް ބަހާލައިގެން، ހަ މަހެއްހާ ދުވަހުގެ މުއްދަތަށް އިންޑިއާގައި ކުރިއަށްގެންދާ ޓްރެއިިިނިން ކޭމްޕުގައި ބައިވެރިވާ އެތުލީޓުންނަށް ބޭއްވި އިވެންޓް ކުރިއަށްދިޔައީ، މިރޭ މާލޭގެ އެކުވެނި އެއް ނަމްބަރު ދަނޑުގަ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ ނެތާޖީ ސުބާޝް ސްޕޯޓްސް އޮތޯރިޓީގައި ކުރިއަށްދާ ޓްރެއިނިން ކޭމްޕްގައި ޖުމްލަ އެކު، ގައުމީ އެތުލެޓިކްސް ޓީމުގެ ސިލެކްޝަނެއްގެ ތެރެއިން، 10 އެތުލީޓުން ބައިވެރިވާއިރު، މި ކޭމްޕްގައި ތިން ކޯޗުން ހަރަކާތްތެރިވާނެ އެވެ.

ކޭމްޕްގެ ބައިވެރިންނަށް ހާއްސަކޮށްގެން މިރޭ އެކުވެނި ދަނޑުގައި ބޭއްވި އިވެންޓްގައި، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް، އިންޑިއާގެ ހައި ކޮމިޝަނަރު، މުނޫ މަހާވަރު ބައިވެރިވެވަޑައިގަންނަވައި ވާހަކަ ދެއްކެވި އެވެ.

މީގެ އިތުރުން، މި އިވެންޓްގައި ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އާއި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) އާއި އެ ކޮމިޓީގެ ނައިބު ރައީސް، އަހުމަދު އިސްމާއިލްގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އަޒީލް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާގެ ބެންގަލޫރުގައި މި މަހުގެ 16 އިން ފެށިގެން މާޗު މަހުގެ 15 އާ ހަމައަށް ކުރިއަށްގެންދާ ތަމްރީންތަކުގައި ރާއްޖޭގެ ދިހަ އެތުލީޓެއް ވާދަކުރާއިރު، މިއީ ފުރަތަމަ ބައެވެ. މާޗު މަހު ޓީމް އެނބުރި މާލެ އަންނާނީ ރޯދަ މަހަށް ތަމްރީންތައް މެދު ކަނޑާލުމަށެވެ. އޭގެ ފަހުން، އައިއޯއައިޖީ އަށް ހޮވޭ ފައިނަލް ސްކޮޑާ އެކު ގައުމީ އެތުލެޓިކްސް ޓިމް މެއި މަހުގެ 1 އިން އޮގަސްޓް 15 އަށް އިންޑިއާގައި ތަމްރީން ހަދާ ގޮތަށް ވަނީ ނިންމައިފަ އެވެ.

އައިއޯއައިޖީ އަށް ތައްޔާރުވުމަށް ނަގާ ފައިނަލް ސްކޮޑު އެކުލަވާލާނީ އަންނަ މާޗު މަހު އޮންނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށް ފަހުގަ އެވެ.

އިންޑިއާގެ ޓްރެއިނިން ކޭމްޕަށް ފުރާ އެތުލީޓުންނަށް މިރޭ ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: އިންޑިއާ އެމްބަސީ

ކުރިއަށް އޮތް ދެ މަހަށް އިންޑިއާގެ ތަމްރީންތަކަށް ދާ އަންހެން އެތުލީޓުންނަކީ ޒިވާ މޫސާ ޝަފީއު، ރިފާ މުހައްމަދު، މަރިޔަމް އަލްހާ ހުސައިން، އައިޝަތު ޝަބާ ސަލީމް އަދި އާމިނަތު ޖާއިޝާ ޖުނީޒު އެވެ. ކޭމްޕްގައި ބައިވެރިވާ، ފިރިހެން ޓީމްގައި ހިމެނެނީ ހަސަން ސާއިދު، ހުސައިން ރިޒާ (ކުޑަރިޒާ)، އަހުމަދު ނަޖުދާން އަބްދުﷲ، ހުސައިން ޒީކް ސުއާދު އަދި އަބްދުލް ރަޝީދު އިސްމާއިލް އެވެ.

ކޭމްޕްގައި ޓީމުގެ އޮފިޝަލުންގެ ގޮތުގައި މަފާޒާ މުސްތަފާ އަދި ޝިފާޒް ރާޝިދު ބައިވެރިވާއިރު، ޓީމްގެ ކޯޗަކީ އަހުމަދު ފާއިލް އެވެ.

މިއީ އެތުލެޓިކްސް އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީގެ އެދުމުގެ މަތިން އިންޑިއާ ހައިކޮމިޝަނުން ހަމަޖައްސައިދިން ފުރުސަތެކެވެ. މިއީ އިންޑިއާގެ އެހީގައި 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެތުލެޓިކްސް ޓީމުން ފުރިހަމަކުރާ ފަސް ވަނަ ކޭމްޕް ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން މައުލޫމާތު ދެ އެވެ.

ކޭމްޕްގައި ބައިވެރިވާ އެތުލީޓުންނަށް ހާއްސަކޮށް މިރޭ ބޭއްވި އިވެންޓްގައި ވާހަކަ ދައްކަަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އިންޑިއާގެ ފަރާތުން ރާއްޖޭގެ ކުޅިވަރުގެ ތަރައްގީ އަށް ގިނަ ގޮތްގޮތުން ފައިދާ ކުރަމުން އަންނަ ކަމަށެެވެ. އަދި އިންޑިއާ އިން ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން ހަމަޖައްސައިދީފައިވާ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ ސަފީރު، މުނޫ މަހާވަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމުގެ ފައިދާ ހުރިހާ ދާއިރާ އަކުން ކުރުމަށް އެދޭ ކަމަށާއި ރާއްޖޭގެ ކުޅިވަރުގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ އޮންނާނެ ކަމުގެ ޔަގީންކަން މުނޫ މަހާވަރު ދެއްވި އެވެ.

މީގެ އިތުރުން އިންޑިއާގައި މި ފަހަރު ކޭމްޕް ކުރާ އެތުލެޓިކްސް ޓީމަށް މި ފަހަރުގެ އައިއޯއައިޖީ އާއި އެ ނޫން ވެސް މުބާރާތްތަކުގައި ކާމިޔާބަށް އެދޭ ކަމަށް މުނޫ މަހާވަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox