ޔުނައިޓެޑާއި ނިއުކާސަލް ލީގު ކަޕްގެ ސެމީ އަށް

Jan 11, 2023, 4:11 AM
ޔުނައިޓެޑްގެ ރަޝްފޯޑް (ވ) ޗާލްޓަންގެ ގޯލަށް ބޯޅަ ފޮނުވާލަނީ.

ޔުނައިޓެޑްގެ ރަޝްފޯޑް (ވ) ޗާލްޓަންގެ ގޯލަށް ބޯޅަ ފޮނުވާލަނީ.

މެންޗެސްޓާ (ޖެނުއަރީ 11) - އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ފުރަތަމަ ދެ މެޗުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތަށް ކަށަވަރުކޮށްފި އެވެ.

ޔުނައިޓެޑުން ވަނީ ރޭ އަމިއްލަ ދަނޑުގައި، ތިން ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ، ޗާލްޓަން އެތުލެޓިކް އަތުން 3-0 އިން މޮޅުވެފަ އެވެ. ދާދި ފަހުން އެފްއޭ ކަޕް ތިން ވަނަ ބުރުން ކެޓި، ނިއުކާސަލުން ވަނީ ރޭ ލެސްޓާ އަތުން 2-0 އިން މޮޅުވެ، ލީގު ކަޕް ސެމީ އަށް ދަތުރުކޮށްފަ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ 21 ވަނަ މިނިޓްގައި އެންޓޮނީ އެވެ. މިއީ އޭރިއާ ބޭރުން ލިބުނު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުުރު ކަނަށް ފޮނުވާލައިގެން އެންޓޮނީ ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ހިލޭ ޖެހުމަކުން ފްރެޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޗާލްޓަން އިން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ. ޔުނައިޓެޑުން އަނެއް ދެ ގޯލު ވެސް ޖެހީ މެޗުގެ ފަހުކޮޅުގަ އެެވެ. ޔުނައިޓެޑްގެ ފަހު ދެ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި މާކަސް ރަޝްފޯޑް އެވެ. މެޗުގެ 90 ވަނަ މިނިޓްގައި، ރަޝްފޯޑް ޖެހި ފުރަތަމަ ލަނޑަކީ، ފަކުންޑޯ ޕެލެސްޓްރީ ދިން ބޯޅައަކުން އޭރިއާތެރެއިން ޖެހި ގޯލެކެވެ. އޭގެ ހަތަރު މިނިޓް ފަހުން ރަޝްފޯޑް އަނެއް ލަނޑު ޖެހީ ކަސެމީރޯ ދިން ބޯޅައަކަށް ހުސްކޮށްއަރަ އެވެ.

މިއީ 2017 ވަނަ އަހަރުގެ ފަހުން، ލީގު ކަޕް ސެމީގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ ފަހަރެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ނިއުކާސަލުން ލެސްޓާ ކޮޅަށް ދެ ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ނިއުކާސަލްގެ ފުރަތަމަ ލަނޑު ޖެހީ 60 ވަނަ މިނިޓްގައި ޖޮއޮލިންޓަން ދިން ބޯޅައަކަށް އޭރިއާތެރެއަށް ވަނުމަށް ފަހު ޑެން ބާން އެވެ. ބާން ވެއްޓިގެންފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. މިއީ ކުރިން ބްރައިޓަން އަށް ކުޅުނު ބާން، ނިއުކާސަލަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗުގެ 72 ވަަނަ މިނިޓްގައި ނިއުކާސަލުން ދެ ވަނަ ލަނޑު ޖެހިއިރު، މި ގޯލު ކާމިޔާބުކުރީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޖޮއެލިންޓަން އެވެ. ނިއުކާސަލްގެ މިގޭލް އަލްމިރޯން ބޯޅަ ހުސްކޮށްލާފައި އޭރިއާތެރެއަށް ދިނުމުން، ޖޮއެލިންޓަން ވަނީ ރަނގަޅު ވަގުތު ކުރިއަށް އަރައި، ތިރިތިިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލީގު ކަޕްގެ ކުއާޓާ ފައިނަލް އަނެއް ދެ މެޗު މިރޭ އޮންނާނެ އެވެ. އެއް މެޗުގައި ނޮޓިންހަމް ފޮރެސްޓް ކުޅޭނީ ވުލްވްސްއާ އެވެ. އަނެއް މެޗުގައި، މެންޗެސްޓާ ސިޓީ އާއި ސައުތެމްޓަން ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox