ކާނާ ވިހަވެގެން މީހަކު މަރުވުމުން ކެރަލާ ރެސްޓޯރެންޓަކާ މެދު ފިޔަވަޅު އަޅައިފި

މިދިޔަ ހަފުތާގައި ކެރަލާގެ އެކި ހިސާބުތަކުން ކާވާ ވިހަވުމުގެ މައްސަލަތައް ރިޕޯޓުކުރި. -- ފޮޓޯ: ގެޓީ އިމޭޖާޒް

މިދިޔަ ހަފުތާގައި ކެރަލާގެ އެކި ހިސާބުތަކުން ކާވާ ވިހަވުމުގެ މައްސަލަތައް ރިޕޯޓުކުރި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ ކެރަލާ ސްޓޭޓުގައި ކާނާ ވިހަވެ މީހަކު މަރުވި މައްސަލައާ ގުޅިގެން ރެސްޓޯރެންޓެއްގެ ވެރިޔާ އާއި އެންމެ އިސް ކައްކާ ހައްޔަަރުކޮށްފި އެވެ.

އެ ރެސްޓޯރެންޓަށް އޮންލައިންކޮށް އޯޑަރު ދިނީ ކޮއްތަޔަމް ޑިސްޓްރިކްޓުގައި އުޅޭ ނަރުހެކެވެ. އޭނާ މަރުވި އިރު، އިތުރު 21 މީހުން ވެސް ކާނާ ވިހަވި ކަމަށް ފުލުހުން ބުނެ އެވެ.

ރާޝްމީ ރާޖް ނަމަކަށް ކިޔާ ނަރުސް ބަލިވެގެން އެޑްމިޓް ކުރީ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ. ހާލު ދެރަވެ އޭނާ މަރުވީ ޖެނުއަރީ ދެ ވަނަ ދުވަހު އެވެ.

ކެރަލާގެ ނޫސްތަކުން ބުނާ ގޮތުގައި ޕޯސްޓް މޯޓަމް ރިޕޯޓުން ދައްކަނީ އޭނާ މަރުވީ އެތެރެހަށީގެ ގުނަވަންތަކަށް އިންފެކްޝަނެއް ދިމާވެގެން ކަމަށެވެ.

ރެސްޓޯރެންޓުގެ ވެރިޔާ އާއި ކައްކާއާ ދެކޮޅަށް މަރުގެ ދައުވާ އުފުލާފައިވާ އިރު، މިހާތަނަށް އެމީހުން ވަކި އެއްޗެއް ނުބުނެ އެވެ.

ކެރަލާ ސްޓޭޓުގައި ފަހަކަށް އައިސް ކާނާ ވިހަވުމުގެ މައްސަލަތައް އިތުރުވަމުން ދާތީ ރެސްޓޯރެންޓުތަކުން ތައްޔާރު ކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު އާއްމުން ކަންބޮޑުވެ އެވެ.

މިދިޔަ ހަފުތާގައި އެ ސްޓޭޓުގެ އެކި ހިސާބުތަކުން އެފަދަ މައްސަަލަތައް ރިޕޯޓުކުރި އެވެ. އެގޮތުން ޕަތަނަމްތިއްޓަ ޑިސްޓްރިކްޓުން ސްކޫލް ކެއުމެއްގައި ބައިވެރިވި ކުދިންނާއި ބެލެނިވެރިން ބަލިވި އެވެ.

ހަމަ އެ ސްޓޭޓުގައި ނަސާރާ ދީނުގެ ފައްޅިއެއްގައި އޮތް ކެއުމެއްގައި 100 އެއްހާ މީހުން ކާނާ ވިހަވި އެވެ. އޭގެ ފަހުން ރެގިއުލޭޓަރީ އިދާރާތަކުން ވަނީ ތަންތަން ބަލައި ފާސްކުރަން ފަށައިފަ އެވެ.

މިހާތަނަށް 48 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އޮފިޝަލުން ބުނީ ބަލައި ފާސްކުރުމުގެ އޮޕަރޭޝަން އަދިވެސް ކުރިއަށް ދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މޭ މަހު ކާނާ ވިހަވެގެން 16 އަހަރުގެ ކުއްޖަކު މަރުވެ، އިތުރު ބަޔަކު ބަލިވުމުން ވެސް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox