ޗެމްޕިއަން ތިމަރަފުށި ތިން ޓީމުގެ ގްރޫޕަކަށް، ގާފަރު ހަތަރު ޓީމުގެ ގްރޫޕަކަށް

Jan 9, 2023, 9:18 AM
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގައި ތިމަރަފުށީގެ އަސްވަދު (ކ) އަތުން ބޯޅަ ހޯދަން ގާފަރު ޓީމުގެ ސާމިން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގައި ތިމަރަފުށީގެ އަސްވަދު (ކ) އަތުން ބޯޅަ ހޯދަން ގާފަރު ޓީމުގެ ސާމިން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށަން ނިންމާފައިވާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023" ގައި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ތިން ޓީމުގެ ގްރޫޕަކަށް ދިޔައިރު، އެންމެ ފަހުގެ ރަނަރަޕް، ކ. ގާފަރު ހަތަރު ޓީމު ވާދަކުރާ ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

ޖުމްލަ، 102 ޓީމު ވާދަކުރާ މި އަހަރުގެ މުބާރާތުގައި ކ އަތޮޅާއި ތ. އަތޮޅުން ކުރެ، ކޮންމެ އަތޮޅަކުން ވެސް ވާދަކުރަނީ ހަތް ރަށަކުންނެވެ. އެ ގޮތުން، ކޮންމެ އަތޮޅެއް ވެސް ދެ ގްރޫޕަކަށް ބަހާލިއިރު، ފުރަތަމަ ގްރޫޕްގައި ހިމެނެނީ ހަތަރު ޓީމެވެ. އަދި ދެ ވަނަ ގްރޫޕްގައި ހިމެނެނީ ތިން ޓީމެވެ.

އެ ގޮތުން، ތިމަރަފުށި ހިމެނެނީ، ތ. އަތޮޅުގެ ދެ ވަނަ ގްރޫޕްގައި ބުރުންޏާއި ކިނބިދޫއާ އެކުގަ އެވެ. ތ. އަތޮޅުގެ ފުރަތަަމަ ގްރޫޕްގައި އޮތީ ހިރިލަންދޫ އާއި ވޭމަންޑޫ، ގާދިއްފުށި އަދި އޮމަދޫ އެވެ. ކޮންމެ ގްރޫޕަކުން ވެސް ސެމީ ފައިނަލަށް ދެ ޓީމު ދަތުރުކޮށް، ޗެމްޕިއަން ކަނޑައެޅޭނީ ސެމީން މޮޅުވާ ދެ ޓީމެއް ކުޅޭ ފައިނަލުންނެވެ.

އިއްޔެ ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކ. އަތޮޅުގެ ފުރަތަމަ ގްރޫޕްގައި ހިމެނެނީ ގާފަރުގެ އިތުރުން ގުރައިދޫ އާއި ތުލުސްދޫ އަދި ދިއްފުށި އެވެ. ދެ ވަނަ ގްރޫޕްގައި އޮތީ ހިންމަފުށި، މާފުށި އަދި ކާށިދޫ އެވެ.

އެހެން އަތޮޅުތަކުގެ މެޗުތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ހއ އިން ބައިވެރިވި 12 ޓީމު ވަނީ ތިން ގްރޫޕަކަށް ބަހައިފަ އެވެ. ފުރަތަމަ ގްރޫޕްގައި އޮތީ ކެލާ، މާރަންދޫ، ތުރާކުނު އަދި ބާރަށެވެ. ދެ ވަނަ ގްރޫޕްގައި އުތީމު، ހޯރަފުށި، ވަށަފަރު އަދި އިހަވަންދޫ އެވެ. ތިން ވަނަ ގްރޫޕްގައި ހިމެނެނީ، ތަކަންދޫ، ދިއްދޫ، މުރައިދޫ އަދި ފިއްލަދޫ އެވެ. މިއީ އެންމެ ގިނަ ޓީމު ވާދަކުރާ އަތޮޅެވެ.

ހދ. އަތޮޅުގެ ނުވަ ޓީމެއް ވަނީ ދެ ގްރޫޕަށް ބަހާލައިފަ އެވެ. ފުރަތަމަ ގްރޫޕްގައި ހަތަރު ޓީމެއް ވާދަކުރާއިރު، މި ގްރޫޕްގައި ހިމެނެނީ، ނޮޅިވަރަންފަރު، ނައިވައިދޫ، ހިރިމަރަދޫ އަދި ނޭކުރެންދޫ އެވެ. ފަސް ޓީމު ހިމެނޭ ދެ ވަނަ ގްރޫޕްގައި އޮތީ، ފިނޭ، ކުމުންދޫ، މަކުނުދޫ، ނެއްލައިދޫ އަދި ވައިކަރަދޫ އެވެ.

ށ. އަތޮޅުގެ ހަތް ޓީމެއް ވަނީ ދެ ގްރޫޕަށް ބަހާލައިފަ އެވެ. ފުރަތަމަ ގްރޫޕްގައި އޮތީ، މިލަންދޫ، މަރޮށި، ކަނޑިތީމު އަދި ބިލެއްފަހި އެވެ. ދެ ވަނަ ގްރޫޕްގައި ހިމެނެނީ ފޯކައިދޫ، ފީވައް އަދި ޅައިމަގު އެވެ. ރ. އަތޮޅުން ފަސް ޓީމު ބައިވެރިވުމުން ކުޅޭނީ ލީގު ބުރެކެވެ. އެއީ ދުވާފަރު، އަލިފުށި، އިންނަމާދޫ، އިނގުރައިދޫ އަދި މީދޫގެ މެދުގައި ލީގު ބުރެއް ކުޅެފައި، އެއް ވަނަ އާއި ދެ ވަނައިގެ މެދުގައި ފައިނަލް މެޗެއް ކުޅޭ ގޮތަށެވެ.

ބ. އަތޮޅުން ހަތަރު ޓީމެއް ކުޅޭއިރު، ކުރިއަށްދާނީ ލީގު އުސޫލުން ކުޅުމަށް ފަހު، ގަދަ ދެ ޓީމެއްގެ މެދުގައި ފައިނަލް ކުޅޭ ގޮތަށެވެ. ބ. އަތޮޅުން ވާދަކުރަނީ އޭދަފުށްޓާއި ފެހެންދޫ، ކެންދޫ އަދި ތުޅާދޫ އެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޅ. އަތޮޅުން ކުޅެނީ ދެ ޓީމެކެވެ. އެހެންވެ، މި ފަހަރު ވެސް ދެ ލެގުގެ އުސޫލުން ކުރެންދޫ އާއި ހިންނަވަރާ ދެމެދު ދެ މެޗު ކުޅޭނެ އެވެ.

އއ. އަތޮޅުން ވެސް ފަސް ޓީމެއް ވާދަކުރާއިރު، މި އަތޮޅުގެ މެޗުތައް ވެސް އޮންނާނީ ލީގު އުސޫލުން ކުޅުމަށް ފަހު، ގަދަ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. އއ. އަތޮޅުން ވާދަކުރަނީ މަތިވެރި، ރަސްދޫ، ފެރިދޫ، ބޮޑުފުޅަދޫ އަދި ތޮއްޑޫ އެވެ. އދ. އަތޮޅުގެ ހަ ޓީމު ވަނީ ތިން ޓީމުގެ ދެ ގްރޫޕަށް ބަހައިފަ އެވެ. އެ ގޮތުން، ފުރަތަަމަ ގްރޫޕްގައި ހިމެނެނީ، މަހިބަދޫ، ފެންފުށި އަދި އޮމަދޫ އެވެ. ދެ ވަނަ ގްރޫޕްގައި ހިމެނެނީ ހަންޏާމީދޫ، މާމިގިލި އަދި ދަނގެތި އެވެ.

އިއްޔެ ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މ. އަތޮޅުން ވެސް ހަ ޓީމެއް ވާދަކުރާއިރު، ދެ ގްރޫޕަކަށް ވަނީ ބަހާލައިފަ އެވެ. ފުރަތަމަ ގްރޫޕްގައި ނާލާފުށްޓާއި މުލަކާއި ދިއްގަރު ވާދަކުރާއިރު، ދެ ވަނަަ ގްރޫޕްގައި އޮތީ މަޑުއްވަރީ، ކޮޅުފުށި އަދި މުލި އެވެ. ފ. އަތޮޅުގައި ކުރިއަށްދަނީ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެކެވެ. ވާދަކުރަނީ، ނިލަންދޫ، ބިލެއްދޫ، ދަރަނބޫދޫ އަދި މަގޫދޫ އެވެ. ދ. އަތޮޅުން ވާދަކުރަނީ، ބަނޑިދޫ، ކުޑަހުވަދޫ އަދި މާއެނބޫދޫ އެވެ. ލ. އަތޮޅުން ފަސް ޓީމެއް ކުޅޭއިރު، އެ ޓީމުތަކުގެ މެދުގައި ކުރިއަށްދާނީ ގަދަ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށް ލީގު ބުރެކެވެ. ލ އަތޮޅުން ބައިވެރިވީ، ކަލައިދޫ، އިސްދޫ، މާބައިދޫ، މާމެންދޫ އަދި ގަމެވެ.

ގއ. ގެ އަށް ޓީމެއް ކުޅޭއިރު، ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. އެއީ ފުރަތަމަ ގްރޫޕްގައި ގެމަނަފުށި، ދެއްވަދޫ، ވިލިނގިލި އަދި މާމެންދޫ ހިމެނޭއިރު، ދެ ވަނަ ގްރޫޕްގައި ކޮނޑޭ، ކަނޑުހުޅުދޫ، ދާންދޫ އަދި ނިލަންދޫ ކުޅޭ ގޮތަށެވެ. ގދ. ގައި ކުރިއަށްދާނީ ފަސް ޓީމުގެ މެދުގައި ލީގު ބުރެކެވެ. އެއީ ހޯޑެއްދޫ، ވާދޫ، މަޑަވެލި، ތިނަދޫ އަދި ގައްދޫގެ މެދުގަ އެވެ.

އައްޑޫ ސިޓީން ބައިވެރިވީ، މަރަދޫ ފޭދޫ އާއި ފޭދޫ އެވެ. މި ދެ ޓީމުގެ މެދުގައި ދެ ލެގު ކުޅޭނެ އެވެ. މާލޭގެ ޓީމުތައް ޒޯން އަށެއްގައި ކުޅޭއިރު، މާލޭ ސިޓީން ވާދަކުރަނީ، މައްޗަންގޯޅި، މާފަންނު، ހުޅުމާލެ އަދި ވިލިމާލެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox