ފްރާންސްގެ ފުޓްބޯޅަ ރައީސް، ޒިދާނަށް އިހުތިރާމް ކުޑަކުރުމުން ދިފާއުގައި ނުކުތީ އެމްބާޕޭ!

Jan 9, 2023, 8:28 AM
ފްރާންސްގެ ފުޓްބޯޅަ ރައީސް، ޒިދާނަށް އިހުތިރާމް ކުޑަކުރުމުން ދިފާއުގައި ނުކުތީ އެމްބާޕޭ!

ޕެރިސް (ޖެނުއަރީ 9) - ފްރާންސްގެ ކުރީގެ ކެޕްޓަން ޒިނެދީން ޒިދާނަށް އިހުތިރާމް ކުޑަކޮށް ފްރާންސްގެ ފުޓްބޯލް ފެޑަރޭޝަން (އެފްއެފްއެފް)ގެ ރައީސް, ނޮއެލް ލަ ގްރައެޓް ދެއްކެވި ވާހަކަތަކާ ގުޅިގެން، ފްރާންސްގެ ތަރި, ކިލިއަން އެމްބާޕޭ ހިތްހަމަނުޖެހުން ފާޅުކޮށް، ޒިދާންގެ ދިފާއުގައި ވާހަކަދައްކަައިފި އެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމަށް ޒިދާން ޝައުގުވެރިކަން ފާޅުކޮށްފައިވޭތޯ ފްރާންސްގެ ރެޑިއޯ ސްޓޭޝަނަކުން ސުވާލުކުރުމުން، އެފްއެފްއެފްގެ ރައީސް ލަ ގްރައެޓް ވިދާޅުވީ "ޒިޔާން ގުޅިޔަސް ފޯނަށް ޖަވާބު ނުދޭނެ،" ކަމަށެވެ. އަދި ޒިދާނަކީ ފްރާންސްގެ ޓީމަށް އެކަށީގެންވާ ކޯޗެއް ނޫން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"އަަހަރެން ފޯނުވެސް ނުގާނަން. އަހަރެން އޭނާ އަށް ކީއޭ ކިޔާފަ ޖަވާބު ދޭނީ؟ އަހަރެން ބުނަންވީ އަހަރަމެން ޑިޑިއޭ (ޑެޝޯމްޕްސް)ގެ ކޮންޓުރެކްޓް އާކޮށްފީމޭ ދެން ޒިދާން އެހެން ކްލަބެއް ހޯދާށޭތަ ބުނަންވީ،" ލަ ގްރައެޓް، 81، ވިދާޅުވި އެވެ.

ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި އާޖެންޓީނާ ކޮޅަށް ގޯލު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.

ލަ ގްރައެޓްގެ ވާހަަކަތަކަށް ރައްދު ދެމުން، އެމްބާޕޭ ކުރި ޓުވީޓެއްގައި އޭނާ ބުނީ "ޒިދާން ފަދަ ލެޖެންޑަކަށް އެގޮތަށް އިހުތިރާމް ކުޑަކުރާކަށް ނުވާނެ" ކަމަށެވެ.

ލަ ގްރައެޓް ވިދާޅުވީ ފްރާންސްގެ ކޯޗުކަމުން ޑެޝޯމްޕްސްގެ ބަދަލުގައި އެހެން ކޯޗެއް ހޯދުމަކީ އެފްއެފްއެފްގެ ވިސްނުމެއް ނޫން ކަމަށެވެ.

ޑެޝޯމްޕްސް ފްރާންސްގެ ޓީމާ އެކު ހަދާފައިވާ ކޮންޓުރެކްޓް މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ހަމަވިޔަސް، އެފްއެފްއެފް އިން ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އޭނާގެ ކޮންޓުރެކްޓް އާކޮށްފަ އެވެ.

ފްރާންސްގެ ކޯޗުކަމަށް ޒިދާން ގެންނަން އުޅޭ ކަމަށް މިދިޔަ ދެ އަހަރު ތެރޭ މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވުނުއިރު, އެކަމަށް ފްރާންސް ފެޑެރޭޝަން ތެރެއިން ހުރަސްއަޅާ ކަމަށް ފްރާންސްގެ ނޫސްތަކުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ. ލަ ގްރައެޓްގެ މި އިންޓަވިއުއާ އެކު، ފްރާންސް ފެޑެރޭޝަނާއި ޒިދާނާ ދެމެދު ގުޅުން ގޯސްކަން ހާމަވެގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox