ޒިޔަދަމްގެ މަރު: އަންނަ ހަފުތާ ވާރިސުންގެ ބަސް ނަގަން މަސައްކަތްކުރަނީ

ޒިޔަދަމްގެ މަރު: އަންނަ ހަފުތާ ވާރިސުންގެ ބަސް ނަގަން މަސައްކަތްކުރަނީ

މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމްގެ ވާރިސުން ޔަގީންކުރަން އެ ރަށު ދެ މީހެއްގެ ހެކިބަސް މިއަދު ނަގައި، އަންނަ ހަފުތާ ވާރިސުންގެ ބަސް ނެގުމަށް މަސައްކަތް ކުރުމަށް ނިންމައިފި އެވެ.

ޒިޔަދަމަށް މަސް ކަނޑާ ވަޅިއަކުން ހަމަލާ ދިން ދެ މީހުންނަކީ އެ ރަށަށް ނިސްބަތްވާ އަލީ ސިފާމް އާއި މުހައްމަދު ޝަނޫން ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ. އޭގެ ތެރެއިން ޝަނޫންގެ މައްޗަށް މަރާލުމުގެ ކުށް ސާބިތުވިއިރު، ސިފާމްގެ މައްޗަށް މަރާލުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ޒިޔަދަމްގެ ވާރިސުންނަކީ ކޮބައިކަން ޔަގީންކުރަން ދެ މީހެއްގެ ބަސް ނެގުމެވެ. ދެ މީހުން ވެސް ބުނެދިން ގޮތުގައި ޒިޔަދަމްގެ މަންމަ މިހާރު ދުނިޔެއަކު ނެތެވެ. ބައްޕަ ދުނިޔޭގައި ހުރިއިރު، އޭނާ ދިރިއުޅެނީ އެހެން މީހަކާ ކައިވެނިކޮށް ތުޅާދޫގަ އެވެ.

ޒިޔަދަމްގެ އެއްބަނޑު އެއްބަފާ ހަ މީހަކު އަދި އެއްބަފާ ދެ މީހަކު ދުނިޔޭގައި އެބަ ހުއްޓެވެ. އަދި ޒިޔަދަމްގެ ދަރިފުޅު، މުހައްމަދު އަޔުޝް ބިން ޒިޔަދަމް ވެސް ދުނިޔޭގައި އެބަހުއްޓެވެ. ދަރިފުޅުގެ މަންމައާ ޒިޔަދަމް ތިބީ ވަރިވެފަ އެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ވާރިސުން ޔަގީން ކުރެވިފައި އޮތުމުން، ވާރިސުންގެ މައުލޫމާތު ހޯދުމަށް އަދިވެސް އިދާރީ ބައެއް މަސައްކަތްތައް ކުރަން ހުރުމުން ވާރިސުންގެ ބަސް ނެގޭނެ ސީދާ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އަންނަ ހަފުތާއަށް ވާރިސުންގެ ބަސް ނެގުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ވާރިސުންގެ ބަސް ނެގުމަށް ފަހު، ދެން އޮންނާނީ އަދަބާ ގުޅޭ ގޮތުން ދައުލަތާއި ދިފާއުން ވާހަކަ ދެއްކުމެވެ. މައްސަލައިގެ ހުކުމް ކަނޑައަޅާނީ އެއަށް ފަހުގަ އެވެ.

މައްސަލަ ހިނގައި ދިޔަ ގޮތް;

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއް ބުނާ ގޮތުން ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށް ވެއެވެ. އަދި އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އެނގޭ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނާ ގޮތުން ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގެ ތެރެއިންނެވެ.

އެ ގޭގެ ބަދިގެއިން އޭނާގެ ހަށިގަނޑު ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައިރު ވެސް ހެކިވެރިޔާ ހުރި ކަމަށާއި ސިއްހީ މަރުކަޒު ކައިރިން މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށާއި އޭނާ އެތަނުގައި ވަރަށް އަޑުގަދަކުރި ކަމަށް ހެކިބަސް ދެމުން އޭނާ ކިޔައިދިނެވެ. އަދި ޝަނޫނުގެ ސޯޓުގައި އާއި އަތުގައި އެވަގުތު ލޭ ހުރިތަން ފެނުނު ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ހާދިސާ ހިނގި ކަމަށް ބުނާ ތަނުން ޒިޔަދަމްއާއި ޝަނޫންގެ ލޭ ވެސް ފެނިފައިވެ އެވެ. ޒިޔަދަމަށް ހަމަލާ ދިނީ ޝަނޫން ކަމަށާއި، ޝަނޫނަށް އެ ކަމަށް އެއްބާރުލުން ދިނުމުގައި ސިފާމް ބައިވެރިވާ ކަން ސާބިތުވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ ޝަފީއު ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox