ގެތަކުގައި ރެނދުލުމުން އިންޑިއާގެ އަވަށަކުން މީހުން ބަދަލުކޮށްފި

އުއްތަރަހާންދް ސްޓޭޓުގެ ގެޔެއްގެ ފާރުގައި ރެނދުލާފައި.

އުއްތަރަހާންދް ސްޓޭޓުގެ ގެޔެއްގެ ފާރުގައި ރެނދުލާފައި.

އިންޑިއާގެ އުއްތަރަހާންދް ސްޓޭޓުގެ އަވަށެއްގެ ގެތަކުގައި ރެނދުލައި ފައްޅިއެއް ބިމާ ހަމަވުމުން، އެ އަވަށުގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި އެވެ.

އެއީ ހިމަލަޔާ ފަރުބަދަތައް މަތީ، 1890 މީޓަރު އުހުގަައި އޮންނަ 25،000 މީހުން ދިރިއުޅޭ އަވަށެކެވެ. އެއީ ހިމަލަޔާ ފަރުބަދައަށް އަރަންދާ މީހުންނާއި ހިންދޫ ދީނުގެ އަޅުކަންތައް ކުރުމަށް ދަތުރު ކުރާ މީހުން މަޑުކުރާ އަވަށެކެވެ.

"ޖޯޝިމަތު" އަވަށުގެ ގެތަކާއި ހޮޓެލްތަކާއި މަގުތަކުގައި ބޮޑެތި ރެނދުތައް ވަނީ އުފެދިފަ އެވެ. އަދި ހުކުރު ދުވަހު ވަނީ އެ އަވަށުގެ ފައްޅިއެއް ވެއްޓިފަ އެވެ.

Advertisement

އޮފިޝަލުން ބުނީ 600 އަށް ވުރެ ގިނަ ގޭގައި ރެނދުލާފައިވާ ކަމަށެވެ. އެ ވަށުގެ މީހުންނަށް އެ ރެނދުތައް ފާހަގަވާން ފެށީ 2021 ވަނަ އަހަރު ހިނގި ފެންބޮޑުވުމަށް ފަހުގަ އެވެ.

ފައްޅި ވެއްޓުމުން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެ ހިސާބުގައި ދިރިއުޅޭ މީހުން އޭގެ އެއް ދުވަސް ކުރިން ވަގުތީ ހިޔާތަކަށް ބަދަލުވި އެވެ.

އޮފިޝަލުން ބުނީ 60 އަށް ވުރެ ގިނަ އާއިލާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށާއި މަދުވެގެން 600 އާއިލާ ބަދަލުކުރަން ޖެހޭ ކަމަށެވެ.

އެ ސަރަހައްދުގެ ވީޑިއޯ އާއި ފޮޓޯތަކުން ފެންނަނީ މަގުމަތީގައި ވެސް ރެނދުލާފައިވާ މަންޒަރެވެ. އޮފިޝަލުން ބުނީ އެއީ ފެން ހިންދާ ނިޒާމުގެ މައްސަލައަކާ ހެދި ދިމާވަމުންދާ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

ފެން ހިންދާ ނިޒާމުގެ މައްސަލަ ދިމާވުމުން، ގެތަކުގެ އަޑިއަށް ފެން ވަދެ، ބިމުގެ ފަސްގަނޑު މާ ބޮޑަށް ތިރިވަމުންދާ ކަމަށް ޑިޒާޒްޓާ މެނޭޖްމަންޓް އޮފިޝަލުން ލަފާކުރެ އެވެ.

ޖޯޝިމަތު އަވަށުން ގެދޮރު ދޫކޮށް ނިކުންނަން ޖެހުނު މީހުންނަށް ސަރުކާރުގެ ފަރާތުން ކުރިއަަށް އޮތް ހަ މަސް ވަންދެން ކޮންމެ މަހަކު 50 ޑޮލަރު ފޯރުކޮށްދޭނެ އެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ރެނދުލާން ދިމާވެފައިވަނީ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތާ ހެދި ކަމަށް ވުން އެކަށީގެންވެ އެވެ. އެހެންވެ، އެ ހުރިހާ މަސައްކަތެއް ވަނީ ހުއްޓާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox