ސޯމާލިއާގައި ކާރު ބޮމެއް ގޮއްވާލައި އެއް އާއިލާއެއްގެ ނުވަ މީހުން މަރުވެއްޖެ

ސޯމާލިއާގައި ބޮމެއް ގޮއްވާލާފައި އޮތް ސަރަހައްދެއް. -- ފޮޓޯ: ބީބީސީ

ސޯމާލިއާގައި ބޮމެއް ގޮއްވާލާފައި އޮތް ސަރަހައްދެއް. -- ފޮޓޯ: ބީބީސީ

ސޯމާލިއާގެ މެދުތެރޭގައި އޮންނަ ހިރާން ޕްރޮވިންސްގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ނުވަ މީހުން މަރުވެއްޖެ އެވެ.

އެ ސަރަހައްދުގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ރޮއިޓާޒް ނޫހަަށް ވިދާޅުވީ އެ އާއިލާގެ ނުވަ މެމްބަރުންގެ އިތުރުން ވެސް 26 މީހުން މަރުވި ކަމަށެވެ.

ހަމަލާގެ ޒިންމާ އުފުލީ އަލް ގައިދާއާ ގުޅުން އޮންނަ އަލް ޝަބާބް ޓެރަރިސްޓު ގްރޫޕުންނެވެ.

މަހާސް އަވަށުގެ ޑިސްޓްރިކްޓު ކޮމިޝަނަރު ވިދާޅުވީ ހަމަލާގެ އަމާޒަކީ އޭނާގެ ގެޔާއި އެ ސަރަހައްދުގެ ޕާލަމެންޓް މެމްބަރެއްގެ ގެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގޮވުމުގެ ބާރުގަދަކަމުން ބުރައިގެން ދިޔަ ތަކެތީގެ ސަބަބުން މާ ދުރު ހިސާބުތަކުގައި އުޅުނު މީހުންނަށް ވެސް އަނިޔާވި ކަމަށެވެ.

ސޯމާލިއާގެ ރައީސް ހަސަން ޝެއިހް މުހައްމަދު ވަނީ މިދިޔަ އޯގަސްޓު މަހު އަަލް ޝަބާބްއާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރައްވައިފަ އެވެ.

އެއީ މޮގަދިޝޫގެ މަގްބޫލު ހޮޓަލަކަށް ހަމަލާ ދީ 20 މީހުން މަރާލި ހާދިސާއާ ގުޅިގެންނެވެ. އޭގެ ދެ މަސް ފަހުން މޮގަދިޝޫގައި ކާރޫބާރު ބޮޑު ހިސާބެއްގައި ކާރު ބޮން ގޮއްވާލައި 100 މީހުން މަރާލި އެވެ.

ޓެރަރިސްޓުންނާ ދެކޮޅަށް ސޯމާލިއާގެ ސިފައިންނާއި ސަރުކާރަށް ތާއީދު ކުރާ ހަތިޔާރު އެޅި ގްރޫޕުތައް ވެސް ވަނީ ނެރިފަ އެވެ. އަމާޒަކީ އަލް ޝަބާބުން ކޮންޓްރޯލް ކުރާ އަވަށްތައް އަނބުރާ ހޯދުމެވެ.

އަލް ޝަބާބްއަށް އަވަށްތަކުގެ ކޮންޓްރޯލް ގެއްލެމުން ދިޔަ ނަމަވެސް، ސޯމާލިއާގެ މެދުތެރެ އާއި ދެކުނުގައި ހަމަލާތައް ދިނުން މަދެއް ނުވެ އެވެ.

ޓެރަރިސްޓުން ހުއްޓުވަން ސޯމާލިއާ ސަރުކާރަށް އެހީވުމަށް އެމެރިކާއިން ފައިސާ ފޯރުކޮށްދޭ އިރު، އެފްރިކަން ޔޫނިއަންގެ ފައުޖުތައް ވެސް އެހީވެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox