މިއީ ޔޫރޮޕަށް ރެކޯޑް މިންވަރަށް ހޫނުވާ ފިނި މޫސުމެއް

ސްޕެއިންއަށް ވަނީ އާދަޔާ ހިލާފަށް ހޫނުގަދަވެފައި. -- ފޮޓޯ: އީޕީއޭ

ސްޕެއިންއަށް ވަނީ އާދަޔާ ހިލާފަށް ހޫނުގަދަވެފައި. -- ފޮޓޯ: އީޕީއޭ

ޔޫރޮޕްގެ ގިނަ ގައުމުތަކެއްގައި ޖެނުއަރީ މަހު އާއްމުކޮށް ހޫނު ނުވާ މިންވަރަށް މި އަހަރު ހޫނުވަމުންދާ ކަމަށް ދައްކައިފި އެވެ.

އަށް ގައުމެއްގައި އާ ރެކޯޑެއް ގާއިމްވެފައިވާ އިރު، އިތުރު ތިން ސަރަހައްދަކަށް ވެސް ރެކޯޑް މިންވަރަށް ހޫނުވަމުންދެ އެވެ.

ޕޮލޭންޑްގެ ވޯސޯގައި އާދީއްތަަ ދުވަހު ފިނިހޫނުމިން ހުރީ 18.9 ޑިގްރީ ސެލްސިއަސްގަ އެވެ. ސްޕެއިންގެ ބިލްބާއޯގައި ހުރީ 25.1 ޑިގްރީ ސެލްސިއަސްގަ އެވެ. އެއީ އާއްމުކޮށް ހުންނަ އެވްރެޖަށް ވުރެ 10 ޑިގްރީ ސެލްސިއަސް ހޫނެވެ.

ޔޫރޮޕަށް އާދަޔާާ ހިލާފަށް ހޫނުވާ އިރު، އުތުރު އެމެރިކާއަށް ދަނީ އާދަޔާ ހިލާފަށް ފިނިވަމުންނެވެ. ފިނީގެ ތޫފާނުގައި މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ބޯކޮށް ސްނޯ ފޭބުމާއި ބޯކޮށް ވާރޭ ވެހޭނެ ކަމަށް އުތުރުގެ ހިސާބުތަކަށް ލަފާކޮށްފައިވާ އިރު، ޓެކްސަސް، އޮކްލަހޯމާ، އާކަންސާ އަދި ލުއިޒިއާނާއަށް ވިދާ ގުގުރައި، ނަގޫރޯޅި އަރާނެކަމަށް ލަފާކުރެވެ އެވެ.

އެއާ ހިލާފަށް ޔޫރޮޕްގައި އާއްމުކޮށް ފިނި މޫސުމުގައި ހޫނު ނުވާ މިންވަރަށް މި އަހަރު ދަނީ ހޫނުވަމުންނެވެ. އެގޮތުން ނެދަލޭންޑްސް، ލިޗްޓެންސްޓެއިން، ލިތުއޭނިއާ، ޗެކް ރިޕަބްލިކް، ޕޮލޭންޑް، ޑެންމާކް އަދި ބެލަަރޫސްގައި ރެކޯޑް މިންވަރަށް ހޫނުވި އެވެ.

ޖަރުމަނާއި ފްރާންސާއި ޔޫކްރެއިންގެ ބައެއް ހިސާބުތަަކަށް ވެސް ރެކޯޑް މިންވަރަށް ދަނީ ހޫނުވަމުންނެވެ.

ފިނިވުމާއި ހޫނުވުމުގެ ރެކޯޑްތައް ގާއިމްވުމަކީ އާއްމު ކަމެކެވެ. އެހެން ނަމަވެސް 10 ޑިގްރީ ސެލްސިއަސްގެ ތަފާތެއް ފެންނަނީ ވަރަށް މަދުންނެވެ.

ސްޕެއިންގެ ބިލްބާއޯގެ ފިނިހޫނުމިން މިހާރު ހުރީ އާއްމުކޮށް ޖުލައި މަހުގެ ތެރޭގައި ހުންނަަ ވަރަށެވެ. ސްވިޓްޒަލޭންޑްގައި ވެސް 20 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން މަތިވެ، އެލްޕްސް ފަރުބަދަތަކުގެ ސްކީ ރިސޯޓުތަކަށް ސްނޯގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox