އާސެނަލް ފުރުސަތު ނަގާލިއިރު، ޔުނައިޓެޑް ގަދަ ހަތަރެއްގައި އަތްގަދަކުރަނީ

Jan 4, 2023, 5:12 AM
ލަނޑު ޖެހުމަށް ފަހު ރަޝްފޯޑް އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ރަޝްފޯޑް އުފާފާޅުކުރަނީ.

ލަންޑަން (ޖެނުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަގައި އޮތް އާސެނަލް ރޭ ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ގޯލެއް ނުޖެހި 0-0 އެއްވަރުވެ، ލީގު ކުރީގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު ނަގާލިއިރު، ބޯންމައުތު އަތުން 3-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއްގައި ހަމަޖެހިލައިފި އެވެ.

ރޭގެ ނަތީޖާތަކަށް ފަހު، މިވަގުތު ލީގު ތާވަލްގެ އެއް ވަނަގައި އާސެނަލް އޮތީ 17 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަގައިގައި 16 މެޗު ކުޅެގެން 36 ޕޮއިންޓް ހޯދައިގެން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތްއިރު، ތިން ވަނައިގައި އޮތީ 18 މެޗުން 35 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލްގެ ފަހަތުން 17 މެޗުން 35 ޕޮއިންޓް ހޯދައި ފައިދާ ގޯލުގެ ތަފާތުން އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.

ނިއުކާސަލް އާއި އާސެނަލް ކުޅުނު މެޗުގައި ރަނގަޅު ހަމަލާތަކެއް އާސެނަލުން އުފެއްދި ނަމަވެސް ލީގުގެ އެންމެ ޑިފެންސް ވަރުގަދަ ޓީމްގެ ގޮތުގައި މި ވަގުތު އޮތް ނިއުކާސަލް އިން ވަނި އެ ހަމަލާތައް ހުއްޓުވައިފަ އެވެ. ނިއުކާސަލް އިން ލަސްކުޅުމެއް މި މެޗުގައި ކުޅުނުއިރު، ވަގުތު ބޭކާރު ކުރުމުގެ ގޮތުން ވެސް އެ ޓީމުގެ ކުޅުންތެރިން ގިނަ މަސައްކަތްތަކެއް ކުރި އެވެ.

މެޗުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ ދެ ވަނަ ހާފުގެ ފަހުކޮޅު ފޯވާޑް އެޑީ އެންކެޓިއާ ފޮނުވާލި ބޯޅަ އެވެ. ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ވަނީ އެ ހަމަލާ ދިފާއުކޮށްފަ އެވެ. މީގެ އިތުރުން އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް މެގަލޭސް ބޮލުން ފޮނުވާލި ބޯޅައެއް ދަނޑިކައިރިން ބޭރަށް ދިޔައިރު، ގެބްރިއެލް މާޓިނެލީ ފޮނުވާލި ހަމަލާއަކާއި ބުކާޔޯ ސަކާ ފޮނުވާލި ބޯޅައެއްވެސް އަރިމަތި ދަނޑި ކައިރިން ބޭރަށް ދިޔައެވެ.

އާސެނަލްގެ މާޓިނެލީ (ކ) އަތުން ބޯޅަ ހޯދަން ނިއުކާސަލްގެ ޓްރިޕިއޭ މަސައްކަތްކުރަނީ.

މެޗުގައި ނިއުކާސަލް އިން ފޮނުވާލި އެންމެ ނުރައްކާތެރި ބޯޅަ އަކީ ފުރަތަމަ ހާފުގެ ފަހުކޮޅު ޖޮއެލިންޓަން ފޮނުވާލި ބޯޅަ އެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ދުރު ކަނުގައި ހުސްކޮށް ހުރެ އޭނާ ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.

ރޭގެ މެޗުގައި އާސެނަލްއަށް ދެ ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށް ބުނެ ކޯޗު މިކޭލް އާޓެޓާ ވަނީ ވަރަށް ބޮޑަށް ރެފްރީއަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން މެޗުގެ އިތުރު ވަގުތުގައި ނިއުކާސަލްގެ ޖެކޮބް މާފީ އަތުގައި އޭރިއާ ތެރެއިން ޖެހުނު ބޯޅައާއި، ގެބްރިއެލް އަށް ފައުލްކޮށްގެން ޕެނަލްޓީއަށް އެޕީލް ކުރި އެވެ. ދެ ފަހަރު ވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ޕެނަލްޓީ އެއް ނޫން ކަމަށެވެ.

ބޯންމައުތު ކޮޅަށް ޔުނައިޓެޑްގެ ގޯލުތައް ޖަހައިދިނީ ކަސެމީރޯ، ލޫކް ޝޯ އަދި މާކަސް ރަޝްފޯޑް އެވެ. މިއީ ރަޝްފޯޑު ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ޖެހި ހަތަރު ވަނަ ގޯލެވެ. އަދި މިއީ އޭނާ ޔުނައިޓެޑަށް ޖެހިޖެހިގެން ހަތަރު މެޗުގައި ގޯލު ޖެހި ފުރަތަމަ ފަހަރުވެސް މެ އެވެ.

ޔުނައިޓެޑްގެ ކަސެމީރޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ކަސެމީރޯ ގޯލު ޖެހީ ކްރިސްޓިއަން އެރިކްސަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ކައުންޓަ އެޓޭކެއްގައި ލޫކް ޝޯ ވަނީ މޮޅު ގޯލެއް ޖަހައިފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެވަޓަން ވަނީ އަމިއްލަ ދަނޑުގައި 4-1ގެ ބޮޑު ތަފާތަކުން ބްރައިޓަން ހޯވް އެލްބިއަން އަތުން ބަލިވެފަ އެވެ. ބްރައިޓަން އިން މި މެޗުގައި ވަނީ އެވަޓަންގެ ދަނޑުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ކައޯރޫ މިޓޯމާ، އެވާން ފާގަސަން، ސޮލީ މާޗް އަދި ޕަސްކާލް ގްރޮސް އެވެ. އެވަޓަންގެ ހަމައެކަނި ލަނޑު ޖެހީ ޕެނަލްޓީ އަކުން ޑެމަރާއި ގްރޭ އެވެ.

މި މެޗުން ބަލިވުމާ އެކު އެވަޓަންގެ ކޯޗު ފްރެންކް ލަމްޕާޑަށް ވަޒީފާ ގެއްލުމުގެ ބިރާވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ލެސްޓާވެސް އަމިއްލަ ދަނޑުގައި ފުލަމް އަތުން 1-0 އިން ބަލިވިއިރު، މި މެޗުގައި ފުލަމްގެ ހަމައެކަނި ގޯލު ޖަހައިދިނީ އަލެކްސަންޑަ މިޓްރޮވިޗް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox