ޓެސްލާއިން 2022 ގައި ރެކޯޑު އަދަދަށް އުޅަނދު ޑެލިވާކުރި

ޓެސްލާގެ ވެރިޔާ އެލޮން މަސްކް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޓެސްލާގެ ވެރިޔާ އެލޮން މަސްކް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުނިން 2022 ވަނަ އަހަރު ރެކޯޑު އަދަދަކަށް އުޅަނދު ޑެލިވާކުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ އަހަރު އެ ކުންފުނިން ޑެލިވާކުރީ 1.3 މިލިއަން އުޅަނދެވެ. އެއީ 2021 ވަނަ އަހަރު ޑެލިވާކުރި އުޅަނދަށް ވުރެ 40 ޕަސެންޓު އިތުރެވެ. މިދިޔަ އަހަރުގެ ފަހު ތިން މަހުގައި އެކަނިވެސް 405،000 އުޅަނދު ޑެލިވާކުރި އެވެ.

މި އަހަރު މޮޓޯ އިންޑަސްޓްރީގެ ޑިމާންޑު ދަށްވާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ އިންޓްރެސްޓް މަތިވުމާއި އިގުތިސާދު މަޑުޖެހުމުގެ ބިރު އޮތުމުންނެވެ.

އިންވެސްޓަރުންނަށް ފޮނުވި މެސެޖެއްގައި ޓެސްލާއިން ބުނީ "ކޮވިޑާއި ސަޕްލައި ޗެއިނާ ގުޅުން ހުރި ބޮޑެތި ގޮންޖެހުންތަކެއް މުޅި 2022 ވަނަ އަހަރު ކުރިމަތިވި" ކަމަށެވެ.

ޓެސްލާއިން ރެކޯޑު އަދަދަށް އުޅަނދު ޑެލިވާކޮށްފައިވާ އިރު، އަންގާރަ ދުވަހު ދެކުނު ކޮރެއާއިން ވަނީ 2.2 މިލިއަން ޑޮލަރުން އެ ކުންފުނި ޖޫރިމަނާކުރަން ނިންމައިފަ އެވެ.

އެގޮތަށް ނިންމީ މާ ބޮޑަށް ފިނިގަދަވުމުން ޓެސްލާގެ އިލެކްޓްރިކް ކާރުތަކަށް ދަތުރުކުރެވޭ ރޭންޖު ކުޑަވާކަން ކަސްޓަމަރުންނަށް އަންގާފައި ނުވާތީ އެވެ.

ކޮރެއާ ފެއާ ޓްރޭޑް ކޮމިޝަނުން ބުނީ އުޅަނދުތައް އެއް ފަހަރު ޗާޖުކޮށްގެން ދަތުރުކުރެވޭ ރޭންޖު ނުވަތަ ދުރުމިން ކަސްޓަމަރުންނަށް އޮޅުވާލާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޓެސްލާއިން ވަކި އެއްޗެއް ނުބުނެ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގެ މާލީ ހިސާބުތައް ޓެސްލާއިން އާއްމުކުރަަން ވަނީ ތައްޔާރުވެފަ އެވެ. މުޅި 2022 ވަަނަ އަހަރުގެ ހިސާބުތައް އާއްމުކުރާނީ ޖެނުއަރީ 25 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox