ދިއްލީގައި ބިރުވެރި އެކްސިޑެންޓެއް، ގިނަ ބަޔެއްގެ ކަންބޮޑުވުން

އެކްސިޑެންޓާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ދިއްލީގައި މުޒާހަރާ ކުރި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެކްސިޑެންޓާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ދިއްލީގައި މުޒާހަރާ ކުރި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޖެނުއަރީ އެއް ވަނަ ދުވަހު ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި އުމުރުން 20 އަހަރުގެ އަންހެނަކު މަރުވި ގޮތާ މެދު ކަންބޮޑުވުން އުފެދިއްޖެ އެވެ.

ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި މަރުވީ އިވެންޓް މެނޭޖަރެއްގެ ވަޒީފާގައި އުޅޭ އަންހެނެކެވެ. އޭނާގެ ސައިކަލު ކާރެއްގައި ޖެހުނީ މަސައްކަތަށް ފަހު ގެޔަށް ދިޔަ މަގުމަތީގަ އެވެ.

ފުލުހުން ބުނީ ކާރުގައި ޑްރައިވަރުގެ އިތުރުން ހަތަރު މީހުން ތިބި ކަމަށާއި އެކްސިޑެންޓުވުމުން ކާރު ނުހުއްޓައި، އަންހެން މީހާ ފުރޮޅު ދަށުކޮށްގެން އެތައް މޭލަކަށް ދުއްވި ކަމަށެވެ.

އަންހެން މީހާ ކާރުގެ ދަށުވެފައި އޮތް މަންޒަަރު ފެންނަ ގިނަ ސީސީޓީވީ ވީޑިއޯ ވަނީ އާއްމުވެފަ އެވެ.

އިންޑިއާގައި މަގުމަތީގެ އެކްސިޑެންޓުތައް ވަރަށް އާއްމެވެ. ކޮންމެ އަހަރަކު ވެސް އެތައް ހާސް މީހުން އެކްސިޑެންޓުތަކުގައި މަރުވެ އެވެ. އެކަމަކު މި ހާދިސާއަށް މުޅި ގައުމުގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ އަންހެން މީހާ ކާރުގެ ދަށުވެފައި އޮތް އިރު، ނުހުއްޓައި އެއް ގަޑިއިރު ވަންދެން އެ ކާރު ދަތުރުކުރި ކަމަށެވެ. މަންޒަރު ދުށް މީހުން ފަސް ފަހަރު ފުލުހުންނަށް ރިޕޯޓު ކުރި އެވެ.

ހާދިސާ ހިނގީ އާ އަހަރުގެ ފުރަތަމަ ދުވަހު އެވެ. އެއީ އެތައް ހާސް ފުލުހުން ދިއްލީގެ މަގުތައް ޕެޓްރޯލް ކުރަން އުޅެމުން ދިޔަ ދުވަހެކެވެ. އެހެންވެ، އެ ކާރު ނުހުއްޓުވުމުން ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ކާރުގައި ތިބި ފަސް ފިރިހެނުން މިހާރު ތިބީ ފުލުހުންގެ ބަންދުގަ އެވެ.

އަވަސް ތަހުގީގެއް ހިންގަން ހޯމް މިނިސްޓްރީއިން ފުލުހުންނަށް އަމުރުކޮށްފަައިވާ އިރު، މަރުވި އަންހެން މީހާގެ އާއިލާއަަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ.

"އަހަރެންގެ ދަރިފުޅަކީ ވަރަށް އުފާވެރި ކުއްޖެއް. އިންސްޓަގްރާމް ރީލްތައް ހެދުމަކީ އޭނާ ވަރަށް ކުރާހިތްވި ކަމެއް،" އޭނާގެ މަންމަ ބީބީސީއަށް ބުންޏެވެ.

އެ އަަންހެން މީހާއަކީ އެ އާއިލާގައި އާމްދަނީ ލިބޭ ހަމައެކަނި މެމްބަރެވެ. މީގެ އަހަރުތަކެއް ކުރިން ބައްޕަ މަރުވެފައިވާ އިރު، ބަލި ހާލަތާ ގުޅިގެން މަންމަ މަސައްކަތް ކުރުން ހުއްޓާލަން ޖެހުނެވެ.

"ޖަނާޒާގެ ކަންކަން ކުރާނެ ފައިސާއެއް ވެސް ނެތް،" އޭނާގެ މަންމަ ބުންޏެވެ.

އަންހެން މީހާ ފެނުނު އިރު ހަށިގަނޑުގައި އެއްވެސް އަންނައުނެއް ނެތެވެ. އެހެންވެ، އާއިލާއިން ތުހުމަތު ކުރަނީ ޖިންސީ އަނިޔާކޮށްފައިވާ ކަމަށެވެ. އެކަމަކު ފުލުހުން ބުނީ ޕޯސްޓް މޯޓަމް ރިޕޯޓުން އެކަހަލަ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި އިރު ސައިކަލު ފަހަތުގައި އެހެން އަންހެނަކު ވެސް އިން ކަމަށާއި އެ މީހާ އެ ތަނުން ދުވެ ފިލީ ބިރުން ކަމަށެވެ. އޭނާ ދެނެގަނެ ތަހުގީގަށް އޭނާގެ އެއްބާރުލުން ލިބެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަންދުގައި ތިބި ފަސް ފިރިހެނުން ބުނީ އެކްސިޑެންޓުވުމުން ކާރު ނުހުއްޓައި ދިޔައީ ހާސްވެގެން ކަމަށެވެ. އަންހެން މީހާގެ ހަޅޭކުގެ އަޑު ނީވުނީ ބާރަށް ލަވަ ޖަހާފައި ހުރުމުން ކަމަށް ވެސް ބުންޏެވެ. އެކަމަކު ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ މީހުން ތިބީ މަސްތުގެ ހާލަތުގަ އެވެ.

އެ ހާދިސާއަށް ފަހު ދިއްލީގައި ވެރިކަން ކުރާ އާއްމު އާދްމީ ޕާޓީ (އޭއޭޕީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕާޓީއިން ބުނީ ގައުމުގެ ވެރިރަށުގެ ސެކިއުރިޓީ ވަރަށް ދެރަ ކަމަށެވެ.

ދިއްލީގެ ޗީފް މިނިސްޓަރަކީ އޭއޭޕީގެ މެމްބަރެއް ނަމަވެސް ފުލުހުންގެ މައްޗަށް ޕާޓީގެ ބާރެއް ނުހިނގަ އެވެ. ފުލުހުން ކޮންޓްރޯލް ކުރަނީ ސީދާ ހޯމް މިނިސްޓްރީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox