ރަން ކާމިޔާބީ ހޯދި ކުޑަކާއްޓެ އާއި އެޑަމް އަށް ފުރިހަމަ މަރުހަބާއެއް

Jan 2, 2023, 5:31 AM
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އިވެންޓްގެ ތެރެއިން ކުޑަކާއްޓެ (ކ) އާއި އެޑަމްގެ ޕެއާ ތަށި ހިފައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އިވެންޓްގެ ތެރެއިން ކުޑަކާއްޓެ (ކ) އާއި އެޑަމްގެ ޕެއާ ތަށި ހިފައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗްވޮލީބޯޅަ ޓުއާގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ހޯދި ރަން ކާމިޔާބީއާ ގުޅިގެން އެ ކުޅުންތެރިންނަށް ރޭ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ކުރިއަށްދިޔަ މުބާރާތް ނިންމާލުމަށް ފަހު، ގައުމީ ބީޗްވޮލީ ޓީމު އެނބުރި މާލެ އައީ އިއްޔެ އިރުއޮއްސުނުއިރު އެވެ.

ރޭ، 18:30 ގައި ސޯޝަލް ސެންޓަރުގައި، ގައުމީ ބީޗްވޮލީ ޓީމަށް މަރުހަބާ ކިޔުމާއި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ހޯދި ކާމިޔާބީ ފާހަގަކުރުމަށް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި ޔޫތު މިނިސްޓްރީ ގުޅިގެން، ވަނީ ހާއްސަ އިވެންޓެއް ބާއްވައިފަ އެވެ.

ރޭ ބޭއްވި އިވެންޓްގެ ތެެރެއިން ޔޫތު މިނިސްޓަރު މަހުލޫފް (ކ) ގައުމީ ބީޗްޓީމުގެ ކުޑަކާއްޓެ އަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި އިވެންޓްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރުގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ކުރައްވަމުން އަންނަ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު (ވޮލީ ހުސެން) އަދި މި ވަގުތު ވީއޭއެމްގެ ލީޑާޝިޕްގައި ތިބި އިސް ވެރިން ވެސް ބައިވެރިވި އެވެ.

ކުޑަކާއްޓެ އާއި އެޑަމް ފާހަގަކުރި ގޮތުގައި ރަން މެޑަލް ހޯދުނީ ގިނަ ބައެއްގެ މަސައްކަތުންނެވެ. އެހެންވެ، އެ ކަމަށް ހުރިހާ ފަރާތަކަށް އެ ކުޅުންތެރިން ޝުކުރު އަދާކުރެ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބީޗްވޮލީ އަށް ވެސް މިހާތަނަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން، ބީޗްވޮލީން ރާއްޖެ އަށް ރަން މެޑަލް ގެނެސްދިނުމަކީ ސަރުކާރުން ބީޗްވޮލީ އަށް ކޮށްދޭ ކަންތައްތަކުން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑި ކަމަށާއި އުންމީދަކީ ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ ކާމިޔާބީ ހޯދުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރޭގެ އިވެންޓްގައި ބައިވެރިވި އެކި ފަރާތްތަކާ އެކު ގައުމީ ބީޗް ވޮލީ ޓީމު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔޫތު މިނިސްޓްރީން ރަސްމީކޮށް އިއުލާނުކުރަން މަސައްކަތް ކުރަމުން އަންނަ، "އަރުތަ" ޕްރޮގްރާމްގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ހިމެނެ އެވެ. "އަރުތަ" ޕްރޮގްރާމަކީ ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ދުނިޔޭގެ ލެވަލްގައި ދިވެހި ކުުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަށާ ޕްރޮގްރާމެކެވެ.

ކުޑަކާއްޓެ އާއި އެޑަމްގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި އިވެންޓްގައި ގައުމީ ވޮލީ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާގެ މެމްބަރުންގެ އިތުރުން، އެހެން ކުޅިވަރުގެ ކުޅުންތެރިންނާއި އެޑްމިނިސްޓްރޭޓަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

މި ފަހަރުގެ ރަން މެޑަލަކީ ރާއްޖޭން ބީޗްވޮލީބޯޅަ ކުރިއަރުވަން ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން ހާސިލްކުރެވުނު ކާމިޔާބެކެވެ. މީގެ ކުރިން ބީޗްވޮލީބޯޅައިގައި ރާއްޖޭން ވަނީ ބައިނަލްއަގުވާމީ ލެވަލްގައި އެކި ފަންތީގެ މުބާރާތްތަކުން ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެ ގޮތުން 2019 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީމު އިވެންޓް ބައިން ރިހި މެޑަލް ހޯދިއިރު، އިންޑިިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އެޑަމްގެ ޕެއާ އިން ލޯ މެޑަލް ހޯދި އެވެ. މި ފަހަރު ރަން މެޑަލް ހޯދި ޓީމުގައި އެޑަމް ކުޅުނުއިރު، ޝިއުނާޒް އަކީ ޓީމުގެ މެނޭޖަރެވެ.

ގައުމީ ބީޗްވޮލީ ޓީމުގެ ކޯޗު ވިނީޝިއުސް މީޑިއާ އަށް އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރު، ރާއްޖޭން ބީޗްވޮލީބޯޅައިގައި ރަން ކާމިޔާބީ ހޯދިއިރު، ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރީ ގައުމީ ބީޗްވޮލީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ އަހުމަދު އަނިލް ނަސީރު އެވެ. ގައުމީ ލެވަލްގެ ބީޗްވޮލީގެ ކަންކަން ކުރިއަރުވަން ބީޗް ވޮލީ ކޮމިޝަންގެ ޗެއާމަން، އަދި ގައުމީ ޓިމުގެ ކުރީގެ ކޯޗު، އަބްދުﷲ ނަޝީދު (އަބުޅޯ) ކުރާ މަސައްކަތް ވެސް ކުުޅުންތެރިން ފާހަގަކުރެ އެވެ. ރާއްޖޭން، 2019 ވަނަ އަހަރު އައިއޯއައިޖީގައި ރިއްސާއި ލޯ މެޑަލް ހޯދިއިރު، ޓީމުގެ ކޯޗަކީ އަބުޅޯ އެވެ.

ވީއޭއެމްގެ މިހާރުގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕުން، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީއާ ގުޅިގެން ކުރި މަސައްކަތުން ރާއްޖޭގައި ބީޗްވޮލީބޯޅަ ކުރިއަރުވަން މަތީ ފެންވަރުގެ ކޯޗެއް ހަމަޖެއްސި އެވެ.

އެ ގޮތުން، ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީ، ރާއްޖޭގައި ކޯޗިން މަސައްކަތް ފެށިތާ އަހަރެއްގެ ތެރޭގައި މި ވަނީ ބީޗްވޮލީން ރާއްޖެ އަށް ރަން މެޑަލް ލިބިފަ އެވެ. ވިނީޝިއުސް، "އަދަދު" އަށް ބުނީ ރަން މެޑަލަކީ ގިނަ ބަޔަކު ކުރި މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށެވެ.

ވިނީޝިއުސްގެ ވިސްނުމަކީ ކުރިއަށް އޮތްތަނުގައި ބީޗްވޮލީބޯޅަ ކުޅޭ ކުޅުންތެރިންގެ ނިސްބަތް އިތުރުކޮށް، ބައިނަލްއަގުވާމީ ލެވަލަށް ގެންދެވޭނެ ކުޅުންތެރިން އުފެއްދުން ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox