ބެންޗުން އަރައި ރަޝްފޯޑް ޖެހި ގޯލުން މޮޅުވެ ޔުނައިޓެޑް ހަތަރަކަށް

Dec 31, 2022, 2:39 PM
ލަނޑު ޖެހުމަށް ފަހު ރަޝްފޯޑް އުފާފާޅުކުރަނީ.--

ލަނޑު ޖެހުމަށް ފަހު ރަޝްފޯޑް އުފާފާޅުކުރަނީ.--

ލަންޑަން (ޑިސެމްބަރު 31) - ބެންޗުން އަރައި މާކަސް ރެޝްފޯޑް ޖެހި ގޯލުން 1-0 އިން ވުލްްވްސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ޔުނައިޓެޑް ހަތަރު ވަނަ އަށް ޖެހިލީ 16 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ފަސް ވަނައިގައި އޮތީ 16 މެޗުން 30 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތީ ރޭ ލެސްޓާ ސިޓީ އަތުން މޮޅުވި ލިވަޕޫލް އެވެ. ލިވަޕޫލަށް ވަނީ 16 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ.

ވުލްވްސް ދަނޑުގައި މިރޭ ކުޅުނު މެޗަށް ޔުނައިޓެޑުން ނެރުނު ފުރަތަމަ އެގާރައިގައި މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑް ނުހިމެނެ އެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ އެއީ ކްލަބުން އަޅަން ޖެހުނު އިންޓާނަލް ޑިސިޕްލިނަރީ ފިޔަވަޅެއް ކަމަށެވެ.

Advertisement

ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް އޭރިއާތެރެއިން ގޯލު ޖަހަން ލިބުނު ފުރުސަތުގައި އޭނާ އަށް ބޮލުން ބޯޅަ ފޮނުވާނުލެވި ފުރުސަތު ގެއްލުނީ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ވުލްވްސް އިން ފޮނުވާލި އެވެ. އެ ޓީމުގެ ކެޕްޓަން ރުބެން ނެވޭސް ޖެހި ހިލޭ ޖެހުން ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ބަދަލަކަށް ނުކުތް ރަޝްފޯޑް ޔުނައިޓެޑްގެ ހަަމައެކަނި ގޯލު ޖެހީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ރަޝްފޯޑް ވަނީ ވުލްވްސް ކުޅުންތެރިއަކު ކައިރިން ނައްޓާފައި ގޯލަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން، ރަޝްފޯޑް އިތުރު ގޯލެއް ޖެހި ނަމަވެސް އެ ބޯޅަ ގޯލަށް ވަނީ ރަޝްފޯޑް އަތުގައި ޖެހިފައި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމުމުން ރެފްރީ ނިންމީ ގޯލު ބަލައިނުގަންނާށެވެ.

މެޗުގެ އިތުރު ވަގުުތުގައި ވުލްވްސްގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް ބޮލުން ޖެހި ބޯޅައެއް ކީޕަރު ޑެހެއާ ވަނީ ހުއްޓުވައިފަ އެވެ.

މި މޮޅާ އެކު ޔުނައިޓެޑުން 2022 ވަނަ އަހަރު ނިންމާލާފައިމިވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox