ޗައިނާއިން ކޮވިޑްގެ ސައްހަ ޑޭޓާ ދިނުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައިފި

ޗައިނާގައި ކޭސްތަކުގެ އަދަދު ދަނީ އިތުރުވަމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޗައިނާގައި ކޭސްތަކުގެ އަދަދު ދަނީ އިތުރުވަމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޗައިނާއިން ކޮވިޑާ ގުޅޭ ރިއަލް ޓައިމް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި އެވެ.

ކޮވިޑާ ގުޅިގެން އެޅި ގިނަ ފިޔަވަޅުތައް ޗައިނާގައި އުވާލުމާ އެކު، ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލުން ބުނީ ޗައިނާގައި ކޮވިޑް ޖެހޭ މީހުން އެޑްމިޓު ކުރުމާއި އައިސީޔޫގައި ފަރުވާ ދޭން ޖެހުމާއި މަރުވާ އަދަދުތަކާ ގުޅޭ އިތުރު ޑޭޓާ ބޭނުންވާ ކަމަށެވެ.

އޭގެ އިތުރުން ޗައިނާގައި ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހާފައިވާ މިންވަރާ ގުޅޭ ތަފާސްހިސާބު ވެސް މުހިއްމު ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ޖެނުއަރީ އަށް ވަނަ ދުވަހު ޗައިނާގެ ބޯޑަރު ހުޅުވާލަން ނިންމާފައިވާ އިރު، އެމެރިކާ، ސްޕެއިން، ފްރާންސް، ދެކުނު ކޮރެއާ، އިންޑިއާ، އިޓަލީ، ޖަޕާން އަދި ޓައިވާނުން ބުނީ ޗައިނާއިން ދަތުރުކުރާ މީހުން ކޮވިޑަށް ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮވިޑް ވައިރަސް ބަދަލުވަަމުންދާ ގޮތާ ގުޅޭ ޑަބްލިއުއެޗްއޯގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ބައްދަލުވުމެއް އަންގާރަ ދުވަހު އޮންނާނެ އެވެ. އެ ބައްދަލުވުމުގައި ޗައިނާގެ ސައިންސްވެރިން ބައިވެރިވެ ވައިރަލް ސީކުއެންސިންއާ ގުޅޭ ތަފްސީލް ހުށަހެޅުމަށް ދައުވަތު ދީފައިވެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ޗައިނާއިން ދަތުރު ކުރާ މީހުންނާ މެދު ގައުމުތަކުން ސަމާލުވެ ފިޔަވަޅުތައް އަޅަމުންދާ ސަބަބު ބަލައިގަންނަ ކަމަށެވެ.

ޗައިނާއިން ކުއްލިއަކަށް ފިޔަވަޅުތަކަށް ލުއިދިނީ މުޒާހަރާތައް އިތުރުވުމުން ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ޗައިނާއިން ތަންފީޒު ކުރި ޒީރޯ ކޮވިޑް ސިޔާސަތުގައި އެތައް މިލިއަން ބަޔަކު ގަވާއިދުން ލޮކްޑައުން ކުރަމުން ދިޔަ އެވެ.

ކުއްލިއަކަށް ލުއިދިނުމުން ކޭސްތައް އިތުރުވަމުންދާ އިރު، ޗައިނާ ސަރުކާރުން ބުނީ ދުވާލަކު 5000 ކޭސް ރިޕޯޓު ކުރާ ކަމަށެވެ. އެކަމަކު އެނެލިސްޓުން ބުނީ ހަގީގަތުގައި ދުވާލަކު އެއް މިލިއަން ކޭސް ފެނުން އެކަށީގެންވާ ކަމަށެވެ.

ރަސްމީ ތަފާސްހިސާބަށް ބަލާއިރު، މުޅި ޑިސެމްބަރު މަހު ޗައިނާގައި ކޮވިޑް ޖެހިގެން މަރުވީ 13 މީހުންނެވެ. އެހެން ނަމަވެސް، އިނގިރޭސިވިލާތުގެ ސިއްހީ ތަފާސްހިސާބު އެއްކުރާ އެއާފިނިޓީ ކުންފުނިން ބުނީ ދުވާލަކު 9000 މީހުން މަރުވަމުން ދިޔުން އެކަށީގެންވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox