ޗެލްސީ އަށް ހަމަޖެހުމެއް، ޔުނައިޓެޑް ގަދަ ހަތަރަކާ ދިމާލަށް

Dec 27, 2022, 10:31 PM
ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެެފްޕީ

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެެފްޕީ

ލަންޑަން (ޑިސެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުތު އަތުން 2-0 އިން މޮޅުވެ، ޗެލްސީން ހަމަޖެހުމެއް ހޯދިއިރު، ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް 3-0 އިން ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރަކާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

ޗެލްސީން މިރޭގެ މެޗަށް ނުކުތްއިރު، ލީގުގައި އެންމެ ފަހުން ކުޅުުނު ފަސް މެޗުން ވެސް މޮޅެއް ލިބިފައިނުވާއިރު، ޖެހިޖެހިގެން ތިން މެޗުން ވަނީ ބަލިވެފަ އެވެ. ޗެލްސީން ނުކުތީ 1998 ވަނަ އަހަރަަށް ފަހު ފުރަަތަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިނުވުމުގެ އަޒުމުގަ އެވެ.

ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިރޭގެ މެޗު ފަށައިގެން 16 ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ ކައި ހަވާޓްޒް އެވެ. މިއީ ރަހީމް ސްޓާލިން ނަގައިދިން ހުރަހަކަށް ހުސްކޮށް އަރައި، ހަވާޓްޒް ޖެހި ގޯލެކެވެ. މެޗުގެެ 24 ވަނަ މިނިޓްގައި ހަވާޓްޒް، ދިން ބޯޅައަކުން، ޗެލްސީގެ ލީޑުފުޅާކޮށްދިން ގޯލު ޖެހީ މޭސަން މައުންޓް އެވެ. މިއީ އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މައުންޓް ޖެހި ގޯލެކެވެ.

ޗެލްސީން މި މެޗުގައި އިތުރު ގޯލު ޖަހަން ކުރި މަސައްކަތް ހުއްޓުވީ ބޯންމައުތުގެ ކީޕަރު، މާކް ޓްރެވާސް އެވެ. ޓްރެވާސް ވަނީ ޗެލްސީގެ ރީސް ޖޭމްސް، ސްޓާލިން އަދި މައުންޓް ފޮނުވާލި ބޯޅަތައް ހުއްޓުވައިފަ އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ޖޭމްސްގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރި އެވެ. ޖޭމްސް އަށް މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނީ ވެސް ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

ބޯންމައުތަށް މުޅި މެޗުގައި ވެސް ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ހުރި ގޯލަށް ނުރައްކާތެރިކޮށް ފޮނުވާލެވުނީ މެޗުގެ ފަހު ކޮޅުގައި ޖައިޑަން އެންތަނީ ޖެހި ހިލޭ ޖެހުމެވެ. އެ ބޯޅަ ކެޕާ ވަނީ މަތަކޮށްފަ އެވެ.

ބޯންމައުތުގެ ކުކް (ވ) ކައިރިން ޗެލްސީގެ މައުންޓް ބޯޅަ ހޯދަން މަސައްކަތްކުރަނީ.

މި މޮޅާ އެކު ޗެލްސީ އޮތީ 15 މެޗުން 24 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ޕޮއިންޓް ވެސް އެވަރަށް ހޯދައިގެން ހަތް ވަނައިގައި އޮތީ ބްރައިޓަން އެވެ. ހަ ވަނައިގައި އޮތީ 15 މެޗުން 25 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ. މިރޭގެ މޮޅާ އެކު ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 15 މެޗުން 29 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމަށް 16 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.

ޔުނައިޓެޑުން މިރޭ ލީޑުނެގީ 19 ވަނަ މިނިޓްގައި މާކަސް ރަޝްފޯޑް ޖެހި ގޯލުންނެވެ. މިއީ ކޯނަރެއްގައި ކްރިސްޓިއަން އެރިކްސަން ތިރިތިރިން ނެގި ބޯޅައަކުން އެއް ފަހަރުން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ރަޝްފޯޑް ޖެހި ގޯލެކެވެ. އެ ގޯލު ޖެހިތާ ތިން މިނިޓް ފަހުން، ރަޝްފޯޑް ދިން ބޯޅައަކުން އެންތަނީ މާޝިއަލް ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖެހި އެވެ. އޭރިއާ ރޮނގުކައިރިން މާޝިއަލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނޮޓިންހަމް ފޮރެސްޓްގެ ކީޕަރު، ވޭން ހެނެސީ އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނޮޓިންހަމްގެ ވިލީ ބޮލީ ފައިގައި ޖެހިފައި ވަން ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ވަނީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.

ދެ ވަަނަ ހާފުގައި ޔުނައިޓެޑުން އިތުރު ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 87 ވަނަ މިނިޓްގަ އެވެ، މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ފްރެޑް އެވެ. މިއީ ކަސެމީރޯ ހުސްކޮށްލާފައި އޭރިއާތެރެއިން ދިން ބޯޅައަކުން ފްރެޑް ޖެހި ގޯލެކެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑުން މި ވަނީ އަހަރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން މޮޅުވެފަ އެވެ.

ލީގު ތާވަލުގެ 19 ވަނައިގައި އޮތް ނޮޓިންހަަމަށް، ލީގުގައި އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު ހަ މެޗުގައި ވެސް ގޯލެއް ނުޖެހެ އެވެ. މިއީ 1970 ވަނަ އަހަރުގެ ފަހުން، ނޮޓިންހަމަށް ރަށުންބޭރުގައި ގޯލެއް ނުޖެހި ލީގުގެ ހަ މެޗެއް ފުރިހަމަ ކުރަން ޖެހުނު ފުރަތަމަ ފަހަަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox