"ދުޝްމަނުންގެ" ޑްރޯންތައް ވައްޓާނުލެވުމުން ދެކުނު ކޮރެއާއިން މައާފަށް އެދެފި

މީގެ ކުރިން ވެސް އުތުރު ކޮރެއާގެ ޑްރޯންތައް ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ވަދެފައިވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

މީގެ ކުރިން ވެސް އުތުރު ކޮރެއާގެ ޑްރޯންތައް ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ވަދެފައިވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ހޯމަ ދުވަހު ބޯޑަރު ހުރަސްކޮށް ދެކުނު ކޮރެއާގެ ސަރަހައްދަށް އެތެރެވި "ދުޝްމަނުންގެ" ޑްރޯންތައް ވައްޓާލުމުގައި ފެއިލްވުމުން، ދެކުނު ކޮރެއާގެ ސިފައިން މައާފަށް އެދެފި އެވެ.

އުތުރު ކޮރެއާގެ ފަސް ޑްރޯން ދެކުނު ކޮރެއާގެ ސަރަހައްދުގައި އުޅުނު އިރު، އޭގެ ތެރެއިން އެކަތި ވެރިރަށް ސޯލްއާ ވެސް ވަރަށް ބޮޑަށް ގާތްވި އެވެ.

ދެކުނު ކޮރެއާގެ ސިފައިން އިންޒާރު ދިނުމަށް ބަޑި ޖެހި އެވެ. އޭގެ ފަހުން ޑްރޯންތައް ވައްޓާލުމަށް ޖެޓުތަކާއި ހެލިކޮޕްޓަރުތައް ފޮނުވި އެވެ. އެކަމަކު އެއްވެސް ޑްރޯންއެއް ވެއްޓޭ ގޮތެއް ނުވި އެވެ.

Advertisement

ރިޕޯޓުތައް ބުނާ ގޮތުން ޑްރޯންތައް ވައްޓާލަން ފަސް ގަޑިއިރު ވަންދެން މަސައްކަަތް ކުރި އެވެ. އެހެން ނަމަވެސް، އެ ތަކެތި ވަނީ އެނބުރި އުތުރު ކޮރެއާއަށް ގޮސްފަ އެވެ.

ދެކުނު ކޮރެއާގެ ރައީސް ވިދާޅުވީ އެ ހާދިސާއިން އަންގައިދެނީ ގައުމުގެ ސިފައިން ތައްޔާރީ ހާލަތުގައި ތިބެން ޖެހޭ އިރު އެކަން ހާސިލްކުރުމުގައި ވަރަށް ބޮޑަށް ފެއިލްވާ މަންޒަރު ކަމަށެވެ.

އެކަމާ ގުޅިގެން ސިފައިން މައާފަށް އެދި ބުނީ ދުޝްމަނުންގެ ޑްރޯންތައް ދުރުން ދެނެގަނެ ވައްޓާލުމުގެ މަސައްކަތް ކުރެވޭ ފަދަ އާލާތްތައް ހޯދައި މަސައްކަތް ހަރުދަނާ ކުރާނެ ކަމަށެވެ.

އުތުރު ކޮރެއާގެ ޑްރޯންތަކެއް ދެކުނު ކޮރެއާގެ ސަރަހައްދަށް ވަދެފައިވާ އިރު، މި އަހަރު އުތުރު ކޮރެއާއިން ރެކޯޑު އަދަދަށް ހަތިޔާރު ޓެސްޓުކޮށް ދެ ކޮރެއާގެ މަޝްރަހު އޮތީ ވަރަށް ނުތަނަވަސްވެފަ އެވެ.

އެންމެ ފަހުން އުތުރު ކޮރެއާގެ ޑްރޯންއެއް ބޯޑަރު ހުރަސްކޮށް ދެކުނު ކޮރެއާއަށް އެތެރެވީ މީގެ ފަސް އަހަރު ކުރިން ޖޫން 2017 ގަ އެވެ.

ޑްރޯންތައް ބޭނުންކޮށްގެން ޖާސޫސްކޮށް، ހަމަލާދެވޭނެތީ ދެކުނު ކޮރެއާއިން ވަރަށް ބޮޑަަށް ކަންބޮޑުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox