ރަޝިއާގެ މަހުޖަނެއް އިންޑިއާގެ ހޮޓަލަކުން ވެއްޓި މަރުވެއްޖެ

ޕަވޭލް އެންޓޯވްއަކީ ރަޝިއާގެ މިލިއަނަރެއް. -- ފޮޓޯ: ޕަވޭލް އެންޓޯވް/ ވީކޭ

ޕަވޭލް އެންޓޯވްއަކީ ރަޝިއާގެ މިލިއަނަރެއް. -- ފޮޓޯ: ޕަވޭލް އެންޓޯވް/ ވީކޭ

ރަޝިއާގެ މަހުޖަނު ޕަވެލް އެންޓޯވް އުފަން ދުވަސް ފާހަގަކުރަން އިންޑިއާގެ ހޮޓަލެއްގައި އުޅެނިކޮށް ޝައްކު އުފެދޭ ގޮތަކަށް މަރުވެއްޖެ އެވެ.

އެ ދަތުރުގައި އެންޓޯވްގެ އެކުވެރިޔަކު ވެސް މީގެ ދެ ދުވަސް ކުރިން ކުއްލި ގޮތަކަށް މަރުވި އެވެ. އެ މީހުން ތިބީ އިންޑިއާގެ އިރުމަތީގެ އޮޑިއްޝާ ސްޓޭޓުގަ އެވެ.

މިލިއަނަރު އެންޓޯވްއަކީ ރަޝިއާގެ ވެރިރަށް މޮސްކޯގެ އިރުން އޮންނަ ވްލެޑިމިއާ ސިޓީގައި މަގްބޫލު މީހެކެވެ. އޭނާއަކީ ސިޔާސީ ކަންކަމުގައި ވެސް އުޅޭ މީހެކެވެ.

ރަޝިއާއިން ޔޫކްރެއިންގައި ކުރާ ހަނގުރާމައަށް އެންޓޯވް ފާޑުކިޔާ ކަމަށް، އޭނާގެ ވަޓްސްއެޕް އެކައުންޓުން މެސެޖެއް އާއްމުވުމުން، މި އަހަރުގެ ކުރީކޮޅު އޭނާ އެކަން ދޮގުކުރި އެވެ.

ފަހަކަށް އައިސް ރަޝިއާގެ ބޮޑެތި މަހުޖަނުން ކުއްލިއަކަށް ޝައްކު ކުރެވޭ ގޮތް ގޮތަށް މަރުވުން އިތުރުވެފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހަނގުރާމައަށް ފާޑުކީ މީހުންނެވެ.

ރަޝިއާގެ ނޫސްތަކުން ބުނީ އުމުރުން 65 އަހަރުގެ އެންޓޯވް މަރުވީ އާދީއްތަ ދުވަަހު ރަޔަގަޑާ ސިޓީގައި ހުންނަ ހޮޓަލުގެ ކުޑަދޮރުން ވެއްޓިގެން ކަމަށެވެ. ހުކުރު ދުވަހު ހަމަ އެ ހޮޓަލުގައި މަރުވީ އޭނާގެ ވްލެޑިމިއާ ބުޑަނޯވް ގްރޫޕުގެ އެހެން މެމްބަރެކެވެ.

އޮޑިއްޝާ ފުލުހުން ބުނީ އެންމެ ފުރަތަމަ ބުޑަނޯވް މަރުވީ ސްޓްރޯކެއް ޖެހިގެން ކަމަށާއި އެންޓޯވް މަރުވީ އެކަމުގެ ހިތާމައިގައި ޑިޕްރެސްވެގެން ކަމަށެވެ.

ކޮލްކަޓާގައި ހުންނަ ރަޝިއާގެ ކޮންސުލް އެލެކްސެއި އިޑަމްކިން ޓަސް ނިއުސް އެޖެންސީއަށް ވިދާޅުވީ އެކަމުގައި ޖިނާއީ ތުހުމަތެއް ނުކުރެވޭ ކަމަށެވެ.

ޕަވޭލް އެންޓޯވްއަކީ ސޮސެޖް އުފައްދާ "ވްލެޑިމިއާ ސްޓޭންޑާޑް" އުފެއްދި މީހާ އެވެ. ފޯބްސްއިން 2019 ވަނަ އަހަރު ބުނީ އޭނާގެ މުއްސަނދިކަމުގެ އަގު 140 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox