ކެތްކުރާނަން

ކެތްކުރާނަން

(18 ވަނަ ބައި)

އަހަންނަށް ހެދުނު ގޯސް ލަބީބަށް ކިޔައިދޭންވީ ހެއްޔެވެ؟ އަމިއްލަ ކުށަށް އަމިއްލައަށް އެއްބަސްވާންވީ ހެއްޔެވެ؟ ލަބީބު އެ ދެއްކީ ކިހައި ރީތި މިސާލެއް ހެއްޔެވެ؟ އޭނާ އަހަންނަށް ކިހައި ތެދުވެރި ހެއްޔެވެ؟ ހިތުގެ މަކާނުގައި ގަޓަރި ޖަހައިލާ ގުދަންކޮށްފައި ހުރި ސިއްރުތައް އެއްވެސް ހިފެހެއްޓުމެއް ނެތި އަހަންނަށް ހާމަކޮށްދިނީ ނޫން ހެއްޔެވެ؟

ހަގީގަތުގައި އޭނާ އަހަންނަށް ކިހައި އިތުބާރެއް ކުރާ ހެއްޔެވެ؟ އެހެން ނޫން ނަމަ އެކަހަލަ ޒާތީ ސިއްރުތައް ހާމަ ނުކުރާނެ އެވެ. އަމުދުން މައިދައިތަގެ ފަތިފުށް އޭނާ ހާމަ ނުކުރާނެ އެވެ.

ކޮންމެ ގޮތެއް ވިޔަސް މިހާރު ވަރަށް ގިނަ ކަންކަން ބަދަލުވުމުގެ މަގުތައް އެވަނީ ހުޅުވިފަ އެވެ. ކަނޑުވާއިރު، ކަނޑުވާން ޖެހޭ އެތައް ބަޔަކު ކަނޑުކޮށްލައިގެން ވިޔަސް އަހަރެން ބޭނުންވަނީ ސަލާމަތްވާށެވެ. ކެތްތެރިކަމުން ލިބުނު ދަރުސްތަކުން ކުރިއަށްދާށެވެ. އެހެންމީހުންގެ ބޮލަށް ފައިން އަރަމުން ވެސް އަހަރެން ބޭނުންވަނީ ސަލާމަތުގެ އައްސޭރިއަށް ދާށެވެ.

"ދެން!" އަހަރެން ބަލައިލީ ސީދާ ލަބީބުގެ މޫނަށެވެ.

އޭނާގެ މޫނު މަތީން ފެންނަނީ ވަރުބަލި ކަމެވެ. ނިދީގެ އަސަރެވެ. ހާސްވުމެއް ކަންބޮޑުވުމެއް ނުފެނެ އެވެ.

"އަހަންނަށް މަޢާފުކުރާތި." ބޭއިހުތިޔާރުގައި އަހަންނަށް ބުނެލެވުނެވެ.

"ނިޒޫތަ ތިހެން ތި ބުނީ؟" ލަބީބު އަހައިލި އެވެ.

"އާނ! ކިހިނެއްވީ؟" އަހަރެން ދެ ލޯ ބޮޑުވި އެވެ.

"އަހަރެންގެ މަޢާފުދޯ!" ލަބީބު ލާނެތް ގޮތަކަށް ހިނިގަނޑެއް ޖަހައިލި އެވެ.

އަހަރެން ބިރުން ރޫރޫ އަޅައިގަތެވެ. އަނެއްކާ އޭނާއަށް ހުރިހާ ކަމެއް އެނގުނީ ހެއްޔެވެ؟ ނިދިކަމަށް ހަދައިގެން އޭނާ އޮތީ ހެއްޔެވެ؟ ނޫނެކެވެ. އޭނާއަށް އެކަންކަމެއް ނޭނގޭނެ އެވެ.

"ދެން؟" އަހަންނަށް ކެތް ނުވުމުން ބުނެލެވުނެވެ.

"އަހަންނަކީ މަޢާފުދޭ ހިތްވާ ކަހަލަ މީހެއް ނޫން. އެކަމަކު ނިޒޫ ވެއްޖެ ނަމަ މަޑު ފުށްގަނޑަކަށް އަހަރެންގެ ހިތްބަދަލުވެދާނެ ހެން ހީވަނީ." ލަބީބު ލާނެތް ރާގެއްގައި ބުނެލި އެވެ.

"މާނައަކީ؟" އަހަރެން އަހައިލީމެވެ.

"އަހަރެން މިހެން ބުނާކަށް ބޭނުމެއް ނޫން. އެކަމަކު ވެސް މިހެން ބުނެވިދާނެ." ލަބީބު ހުއްޓައިލި އެވެ.

"ކީކޭ؟"

"ހިތްހަމަ ޖެހުމާއި އުފާވެރިކަން އޭގެ ކުންނާ ހަމައަށް ގެންގޮސްދެނީ ހަމައެކަނި ނިޒޫގެ ފަރާތުން. އަހަރެން ކޮންމެ ތަނެއްގައި އުޅުނަސް ނިޒޫ މަތިން ވަރަށް ހަނދާން ކުރަން. ނިޒޫގެ ކިބައިން ފެންނަ ނޭނގޭ ޖާދޫއެއްގެ ސަބަބުން އަހަރެންގެ މުޅި ހިތާއި ޖިސްމު ނިޒޫއަށް ދޭން ބޭނުންވޭ. އެކަމަކު.." ލަބީބު ހުއްޓައިލި އެވެ.

ލަބީބު އެ ބުނަނީ އަހަރެން ދެކެ ލޯބިވާ ވާހަކަ ހެއްޔެވެ؟ ނޫނީ އޭނާގެ ހިތުގެ އެދުންތަކަށް އަހަންނަށް ފަރުވާ ދެވޭ ވާހަކަ ހެއްޔެވެ؟

"އާން، ނިޒޫ! އަހަންނަށް ހަގީގަތުގައި ވެސް ނިޒޫ އެބަ ބޭނުންވޭ." ލަބީބުގެ އަޑުގައި ވަނީ ޖަޒުބާތީ އޮއިވަރެއްގެ ރާޅުބާނިތަކެކެވެ.

"ސާބަސް." އަހަންނަށް ބުނެލެވުނެވެ.

"ވަރަށް ދުވަސް ވެއްޖެ މިހެން ބުނާން އުޅޭތާ! މި ފުރުސަތު ނުލިބިގެން މަޑު މި ކުރެވުނީ."

"އެކަމަކު މިހާރު މާ ލަސްވެއްޖެއްނު." އަހަރެން ބުނެލީމެވެ.

"އެހެންވީމައޭ މި ބުނީ މަޢާފެއް ނެތޭ." ލަބީބު އަމިއްލަ ތުންފަތުގައި ދަތް އެޅި އެވެ.

"ދެން އަހަރެން ކިހިނެއް ހަދަންވީ؟" އަހަރެން އަހައިލީމެވެ.

ހަގީގަތުގައި އަހަރެން މި އުޅެނީ ކޮންމެހެން ލަބީބު ބޭނުންވެގެންނެއް ނޫނެވެ. މައިދައިތަގެ ލޮލުގައި އަނދުން އަޅުވައިގެން ނަމަވެސް އޭނާގެ އަނގަ ބަންދުކޮށްލާށެވެ. އެކަން ވާން އޮންނާނީ ހަމައެކަނި ލަބީބަށްކަން އަހަންނަށް މިހާރު ކަށަވަރު ވެއްޖެ އެވެ.

"މިހެން އުޅެންވީ؟" ލަބީބު ވިސްނައިލުމެއް ނެތި ބުނެލި އެވެ.

"އޭރުން ނޯ؟ މާދަމާ ޔަގީނުން ވެސް މައިޓް ހުންނާނެ މިރޭގެ ރިހަގަނޑަށް ހޫނުކޮށްލާން ތައްޔާރަށް." އަހަރެން ދެ މާނަ އެކުލެވޭ ގޮތަށް މި ބުނެލީ ހަމަ އެއް ވާހަކައެކެވެ.

"މައިޓް މަށަށް ދޫކޮށްލާ! އޭނާއަށް ފެންނަ ހިސާބުގަ ބޭނުމީ ނިޒޫ އާއެކު އުޅެލަން ވެސް. މިރޭ އަސްލު މަ ބޭނުން މި ކޮޓަރިން މަ ނުކުންނަ މަންޒަރު އޭނައަށް ދައްކާލަން ވެސް." ލަބީބު ބުނެލި އެވެ.

"އެ ކީއްވެ؟"

"އެއީ އަހަންނަށް މި ހާލު ޖެހުނީ އޭނާގެ ސަބަބުން. އަހަންނަށް އަހަރެން ގެއްލި މި ހާލެއްގައި އުޅެން މި ޖެހުނީ އޭނާގެ ސަބަބުން. ފަރިނުވަނީ ފިޔަތައް ރޫޅައިލަނީ ހަމައެކަނި މާބުރެއް ނޫން ދޯ. ހަމައެކަނި އިންސާފު ލިބެން ޖެހެނީ އަންހެނުންނަކަށް ނޫންދޯ! ފިރިހެނުންނަކީ ވެސް ބޭއިންސާފުން ކަންކުރީމަ ނިކަމެތިވާނެ ބަޔެއް."

އަހަންނަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ލަބީބު ދެއްކި ވާހަކައިގެ ގޮތުން އަހަންނަށް ވަރަށް އަސަރުކޮށްފި އެވެ. ހަގީގަތުގައި އޭނާގެ ކުށެއް ނެތެވެ. ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކޮންމެ މީހަކީ އަދި އިންސާފު ލިބޭ މީހެއް ވެސް ނޫނެވެ. އެހެންމެ އެންމެންގެ ސަމާލުކަމަށް އަންނަ ބަޔެއް ވެސް ނޫނެވެ. އެކި މީހުންނަށް ދިމާވަނީ ވެސް އެކި ކަންކަމެވެ. އެކި މީހުން ކެތްކުރާން ޖެހެނީ ވެސް އެކި ކަންކަމާ އެވެ.

ލަބީބު މި ހުރިހާ ދުވަހަކު ކެތްކުރީ އެވެ. އޭނާގެ ހަޔާތުގައި ހުޅު ރޯކޮށްލުމުން އެ ހުޅުކޮޅާއެކު އޭނާ ތެޅިބޭލީ އެވެ. އެ ހުޅުކޮޅު ނިވާލެވޭނެ ގޮތެއް ނުވިސްނިގެންނެވެ.

"އަސްލު އަހަރެންގެ ފުރަތަމަ ކައިވެނި ބޮއްސުންލީ ވެސް މިކަމާ ހެދި. ދެވަނަ ކައިވެނި ބޮއްސުންލީ ވެސް ހަމަ މިކަމަކާ ހެދި."

"ކީކޭ؟ ބޮއްސުންލީއޭ؟" އަހަންނަށް އަހައިލެވުނެވެ.

"އާނ! އަހަރެން މީހަކާ އިނދެގެން އެންމެ ފުރަތަމަ ގެނައީ ހަމަ މިގެއަށް. ނިޒޫ ތި ޖެހި ހުރިހާ ސަކަރާތެއް ޖަހައިފަ މިގެއަށް ގެނައި ކުއްޖާއަށް ވެސް ވީވަރަކީ އަހަރެންގެ ބޯމަތިން ކާށި ނޭއްލުނީ. އެ ހިސާބުން އެ ކުއްޖާގެ ޒިންދަގީ އޮތީ ބަރުބާދު ވެފަ."

"އަސްލު އެހެންތަ އެވަނީ؟"

"ކޮންތާކު! އެއީ މައިޓް ޖައްސާ ގޭމެއް."

"މާނައަކީ؟"

"މާނައަކީ އޭނާ ބޭނުންވަނީ އަހަރެން. އަހަރެން ބޭނުންކޮށްގެން އޭނާގެ ހުރިހާ ކަމެއް ފުރިހަމަ ކުރާން. އަހަރެން މީހަކާ އިނދެގެން އުފަލުގައި އުޅޭ ކަމަށްވާނަމަ އޭނާ އޮންނާނީ ފުލުން ގޮހެއްނު. އެހެންވީމަ."

"އަޅޭ!" އަހަންނަށް ގަބޫލުކުރާން ވެސް އުނދަގޫވި އެވެ.

"އެކަން އެނގިގެން އަހަރެން ދެވަނަ ކައިވެނި ކުރީ ސީދަ މާލޭ މަންޖެއަކާ! އެއީ މިކޮޅަށް ނުގެނެސް ވާނެއްނު."

"ހޫމް! ރަނގަޅަށް ތި ހެދީ!" އަހަންނަށް ބުނެލެވުނެވެ.

"އެކަމަކު އެނގޭތަ ހެދި ގޮތެއް. ބޮސް ވައްޓައިލީއެއްނު މާލެއަށް. އަހަންނަށް ނުވެސް އަންގާ ދިޔައީ. އެންމެފަހުން އަހަރެން ބޮލަށް އިބިލީސް ވައްދައިލައިފަ އޭނާގެ މޮޅު ރޭވުމުން އަންހެނުންނަށް ކޮޓަރިއަށް ވަދެވޭ ގޮތް ހެދީ،" ލަބީބު ބުނެލި އެވެ. "އެކަމަކު އޭނާ އުޅުނީ އެއީ އިއްތިފާގަކަށް ހަދުވަން."

"ހަމަ ފައްކާ ހަރުފައެއްދޯ؟"

"އާނ! މާ ބޮޑަށް ވެސް ހަރުފަ ވަންތަކަން ގަދަ." ލަބީބު ބުނެލި އެވެ.

"އެހެންވީމަ އަހަރެން ކީއް ކޮށްދޭންވީ؟"

އަހަރެން ބޭނުންވީ ސީދާ ލަބީބުގެ ހިތުގައި އަނދަމުންދާ ގިނި ގަދަކޮށްލަ ދޭށެވެ. އެއްގޮތަކުން ބަލާއިރު، ލަބީބަށް ފައިދާ ބޮޑީ އަހަރެން އިޚުތިޔާރުކޮށްގެންނެވެ. އަހަންނަށް ވެސް އުފަލާއި ހިތްހަމަ ޖެހުން އޮތީ މި ކަށި ކުނބުރު ގައިދުޚާނާއެއް ކަހަލަ ޤަބޫލުކުރުން ތަކުން މިނިވަން ވެގެންނެވެ. މިއީ އަހަންނަށް ހެޔޮވަރު ނުވި ހެދުމެކެވެ. ހެޔޮވަރުކުރާން ވެސް ނޭނގުނު ހެދުމެކެވެ.

"އަހަންނަށް މިކަމުގައި ވާގިވެރިވާނަންތަ؟" ލަބީބު އަހައިލި އެވެ.

"ކޮބާ އަހަންނަށް އޮތް ފައިދާއަކީ؟" ޝައުޤުވެރިކަމާއެކު ބުނެލެވުނެވެ.

"އަހަރެންގެ މީހަކަށް ހަދައިގެން ދުވަހަކު ވެސް އުއްމީދު ނުކުރާހާ އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން،" ލަބީބު ހިފައިލީ އަހަރެންގެ އަތުގަ އެވެ. "ކެތްކުރާނަމޭ ހިތަށް އަރުވައިގެން ތިހެން ހުއްޓާ މީހާގެ ދުވަސްދާނީ."

"އަހަރެން ކެތްކުރާނަން. ކެތްކުރެވޭނެ."

"ފޭސްކުރަން ތެދުވަމާ. އަހަރެން މިއައީ އެ ވަރަށް ނަފުސު ހާނުވައިގެން."

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox