އިސްލާމިކް ބޭންކުގެ ހުޅުމާލެ ބުރާންޗު ފިތުރޯނު މަގަށް ބަދަލުކޮށްފި

ހުޅުމާލޭގައި އަލަށް ހުޅުވި އިސްލާމިކ ބޭންކުގެ ގޮފި، އެ ގޮފި ހުންނާނީ ފިތުރޯނު މަގުގައި ހުންނަ ވަން އެވެނިއު އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި -- ފޮޓޯ: އިސްލާމިކް ބޭންކު

ހުޅުމާލޭގައި އަލަށް ހުޅުވި އިސްލާމިކ ބޭންކުގެ ގޮފި، އެ ގޮފި ހުންނާނީ ފިތުރޯނު މަގުގައި ހުންނަ ވަން އެވެނިއު އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި -- ފޮޓޯ: އިސްލާމިކް ބޭންކު

އިސްލާމިކް ބޭންކުގެ ހުޅުމާލެ ގޮފި ފިތުރޯނު މަގުގައި ހުންނަ ވަން އެވެނިއު އިމާރާތަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ފިތުރޯނު މަގުގައި އަލަށް ހުޅުވި މި ގޮތްޕާ އެކު ކުރިން އެ ބޭންކުން ސެންޓުރަލް މޯލްގައި ހިދުމަތް ދެމުން އައި ތަން ވަނީ ބަންދު ކޮށްފަ އެވެ.

އިސްލާމިކް ބޭންކުން ބުނީ އާ އިމާރާތުގައި އެ ބޭންކުގެ ގޮފި ހުޅުވާފައި ވަނީ އޭޓީއެމްގެ ހިދުމަތް ވެސް އެތަނުން ލިބޭ ގޮތަށެވެ. އަދި އެ ސެންޓަރުން 24 ގަޑިއިރު ޗެކާއި ފައިސާ ޖަމާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށާއި މި ބަދަލާ އެކު އެ ބޭންކުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށް ވުރެ ފަހި މާހައުލަކުން ފަސޭހަ ކަމާ އެކު ހިދުމަތް ލިބޭނެ މަގު ތަނަވަސްވެގެން ދާނެ ކަމަށެވެ.

"ރާއްޖޭގެ އިގުތިސާދީ މައި މަރުކަޒަށް ހުޅުމާލެ ވަމުންދާއިރު، އަލަށް މި ހުޅުވުނު ގޮތްޕާއެކު އޭޓީއެމްތަކާއި ޕީއޯއެސްތަކާއި އަދި އެނޫން ވެސް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް މާލެ ސަރަހައްދުގައި މި ބޭންކުން ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ،" އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ، މުފައްޛަލް އިދުރީސް ޚުމްރީ ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު  އެ  ބޭންކުގެ އާ ގޮފި ހުޅުއްވައިދެއްވަނީ -- ފޮޓޯ: އިސްލާނިކް ބޭންކު
އެމްއެމްއޭގެ ގަވަރުނަރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އެ ބޭންކުގެ އާ ގޮފި ހުޅުއްވައިދެއްވަނީ -- ފޮޓޯ: އިސްލާނިކް ބޭންކު

އެމްއެމްއޭގެ ގަވަރުނަރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އެ ބޭންކުގެ އާ ގޮފި ހުޅުއްވައިދެއްވަނީ -- ފޮޓޯ: އިސްލާނިކް ބޭންކު

މި ބަދަލަކީ ހުޅުމާލެ ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމާ އެކު އެ އަވަށުގެ އާބާދީ ބޮޑުތަނުން އިތުރުވެފައި ވުމުގެ ސަބަބުން އެ ބޭންކުން ހުޅުމާލޭގައި ދެމުން އަންނަ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ވިސްނުމުގައި ގެނައި ބަދަލެއް ކަމަށް އެ ބޭންކުން ބުނެ އެވެ.

އަލަށް ހުޅުވި މި ސެންޓަރުގެ އިތުރުން ހުޅުމާލޭގައި އެ ބޭންކުގެ ތިން އޭޓިމްއެއް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދެމުން ދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox