ހަތަރު އަހަރު ތެރޭގައި 100 އިންޖީނުގެ ގާއިމް ކުރެވިއްޖެ، މިއީ އަޖައިބެއް: ނައިބު ރައީސް

ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 73 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 73 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ސަރުކާރުން ވެރިކަމަށް އައި ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 100 އަށް ވުރެ ގިނަ އިންޖީނުގެ އަލަށް ގާއިމް ކުރެވިއްޖެ ކަމަށާއި މިއީ "އަޖައިބެއް"ގެ ގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމް ސިފަކުރައްވައިފި އެވެ.

މާލޭގައި ކަރަންޓުގެ ހިދުމަތްދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކަރަންޓުގެ ހިދުމަތާ މެދުގައި ކަމަށެވެ.

"ރައްޔިތުންގެ އެންމެ ބޮޑަށް ފާހަގަ ކުރި އެއް ކަމަކީ ރަށު މެދުގައި ހުރި އިންޖީނުގެތައް، އެ ދުވަސްވަރަށް ރަނގަޅު އެއީ 20، 30 އަހަރު ކުރިން ކޮށްފައި ހުރި ކަމެއްވާތީ، އެކަމަކު ރަށު މެދުގައި ހުރުމުގެ ސަބަބުން ސިއްހީ ގޮތުންނާއި އެކި ގޮތްގޮތުން އެ ވާ އުނދަގޫ،" ނައިބު ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މި ޝަކުވާއަށް ހައްލު ގެނެސްދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތީން ގިނަ މަސައްކަތްތަކެއް ކުރެވި، ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ސްޓެލްކޯ އާއި ފެނަކަ ދެ ކުންފުނި އެއްކޮށް ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ އާ އިންޖީނުގެ މިވަނީ ރަށުގެ އެހެން ފަރާތަކަށް ބަދަލު ކުރެވި، އޮފީސް އިމާރާތްތައް ވެސް އެޅިފައި، މިއީ ރިކޯޑު އަދަދެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

އަދި، މި ދެ ކުންފުނި މެދުވެރިކޮށް 300 އަށް ވުރެ ގިނަ އާ ޖެނެރޭޓަރު ރަށްރަށަށް ސަޕްލައި ކޮށްދެވިފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

މި އަދަދުތައް މިގޮތަށް ކިޔާލުމުން ގަބޫލުކުރަން އުނދަގޫވާނެ ކަން ފާހަގަ ކުރައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ އެއީ "ހަމަ އަޖައިބެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox